tgindex
Последний пост
12 авг.
Последнее чтение
15 авг.
Постов за неделю
1
Всего постов
23
Тип
открытый
Язык
und
Категория
Новости и СМИ (по похожим)
В каталоге с
14 авг.
Подписчики
1 363
−1 за 1 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
566
23 постов
Вовлечённость
41,5%
к подписчикам
Постов в день
0,1
всего 23
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
157
1/48двое суток
179
1/72трое суток
194

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 🚨 އީރާނުން ދީފާނެ ކަމަށް ބެލެވޭ ހަމަލާގެ އިންޒާރަކާ ގުޅިގެން، ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓް ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިއްރުން އެހެން މަތިންދާބޯޓަކަށް ބަދަލުކުރި ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފި https://t.me/Akhbaralumma

  • 🚨 ފިލިޕީންސްގެ ސިއަރުގާއޯ ގެ ކެފޭ އެއްގެ ތެރޭގަ، ސްޕެއިންގެ ފަތުރުވެރިޔަކު އިޒްރާއިލުގެ ރިޒާވް ސިފައިންގެ މީހަކު ގައިގަ ތަޅާ ރޯނާ ގަންނަވާލައިފި... الحمد لله https://t.me/Akhbaralumma

  • без подписи

  • без подписи

  • 🚨 ޣައްޒާގައި ބޭއްވުނު އެންމެބޮޑު ޖަނާޒާ، މިއީ އެއް ޢާއިލާއަށް ނިސްބަތްވާ 112 މީހުންގެ ޖަނާޒާ إنالله وإنا إليه راجعون https://t.me/Akhbaralumma

  • 🚨 ޕްރިންސެސް ލާލަ (މާފުށީ ފްލޯޓިން ބާ) މިއީ ރަލުގެ ޚިދުމަތް ދިނުމަށް ޚާއްޞަކޮށްގެން އެ ސަރަހައްދުގައި ދާއިމީކޮށް ބާއްވާފައި އޮންނަ ސަފާރީއެކެވެ. މި ހާދިސާއަކީ ފުންކޮށް ވިސްނައިފި ބަޔަކަށް އޭގެއިން އެތައް އިބްރަތްތަކެއް ހާސިލުކުރެވޭނެ ކަމެކެވެ. ﷲ ސުބްހާނަހޫ ވަތަޢާލާ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް ވިސްނާ ފިކުރު ކުރާ ކޮންމެ މީހަކައް އިބްރަތަކައް ފުދޭ !! ޔާ ﷲ އަޅަމެންނާއި އަޅަމެންގެ ގެދޮރާއި އަދި މުސްލިމް އަޚުންނާއި އުޚުތުން އިބަ އިލާހުގެ ކޯފައިން ސަލާމަތް ކުރައްވާ ރައްކާތެރި ކަންމަތީ ލަހައްޓަވާނދޭވެ !! އާމީން https://t.me/Akhbaralumma

  • 🚨 ނޭޕާލްގައިވެސް ހައްދުފަހަނައެޅި ހަރުކަށި ފިކުރުގެ ހިންދޫންއިން ނިކުމެ އެގައުމުގެ ބައިމަދު މުސްލިމުންނަށް ހަމަލާ ދޭން ފަށައިފި. އެގޮތުން އިއްޔެއާއި މިއަދު ވަނީ އެތައް މިސްކިތެއްގައި ހުޅުޖަހައި މުސްލިމުންގެ ވިޔަފާރިތަކަށް ގެއްލުންދީ މަގުމަތުން މުސްލިމުންކަން ފާހަގަވާ މީހުންނަށް ހަމަލާ ދީފައި. އިންޑިއާގެ ބީޖޭޕީ އިސްވެއޮވެ މުޅި ދުނިޔޭގެ ހިންދޫއިން ތައްޔާރުކުރަމުން ގެންދަނީ މުސްލިމުންނާ ކުރިމަތިލައި މުސްލިމުން މެރުމަށް. ހާއްސަކޮށް ހިންދޫ މެޖޯރިޓީ ގައުމުތައްކަމަށްވާ އިންޑިއާ އަދި ނޭޕާލްގައި ހިންދޫއިންގެ އަތުން މުސްލިމުންނަށް އެތަކެއް އަނިޔާތަކެއް ލިބެމުންދަނީ. https://t.me/Akhbaralumma

  • 🚨 ސީރިއާގެ މެދުތެރޭގެ ރަށެއް ކަމަށްވާ ހަމާގައި އިސްލާމީ ޝަރީޢަތް ގާއިމުކުރުމަށް ގޮވާލައި ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށައިފި https://t.me/Akhbaralumma

  • ⚠️ މާދަމާރޭ ޓިކްޓޮކްގައި shifanahmed20@ ލައިވްގައި ބައިވެރިވުން އެދެން މާދަމާ ރޭ 9:00 ގައި إن شاء الله https://www.tiktok.com/@shifanahmed20

  • https://x.com/i/status/2069441674657575230 🚨 މި ICE މީހުންގެ އަނިޔާވެރިކަމުން މުޅި އެމެރިކާގައި މިހާރުވެސް މުޒާހަރާ ކުރަމުންދާތާ 3 މަހައްވުރެން ގިނަވެއްޖެ. އެކަމު އެވަރެއް ނެތިގެން ދިވެހި ފުލުހުން އއމީހުންނާ އެކު MOU ގައި އެ ސޮއިކުރަނީ. މުސްލިމުންގެ އަދުއްވުންނާ ގާތް ގުޅުން ބާއްވާ ބައިގަނޑައް ހަލާކުހުރި! آمين https://t.me/Akhbaralumma

  • без подписи

  • без подписи

  • 🚨 އެމެރިކާ، އިރާން، ޕާކިސްތާނުގެ ވެރިން ސޮއިކުރި ސުލްހައިގެ އެއްބަސްވުން އިރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާންމުކޮއްފި 💥 އެއްބަސްވުން އާންމުކުރަމުން އޭނާ ބުނީ ދުނިޔޭގެ ސުލްހަ ގާއިމުކުރެވޭނީ އެކަކު އަނެކަކަށް ކުރާ އިހުތިރާމުގެ ތެރެއިން ކަމަށް https://t.me/Akhbaralumma

  • без подписи

  • без подписи

  • без подписи

  • без подписи

  • ⚠️ ދިވެހިން ސަމާލުވޭ⚠️ 🚨 ޔަހޫދީ ޒަޔަނިސްޓުންނަށްވެސް ދިވެހި ފަސްގަނޑުގައި އާބާދުވެވޭ ގޮތަށް ސަރުކާރާ އިދިކޮޅު ގުޅިގެން ރިޝްވަތުނަގައިގެން ސިޔާސީން ޖީބުތަކަށް ބަރުކޮށް ބަދަލުގައި ދިވެހީންގެ މިނިވަންކަން ގިރިޓީކުރާ ޚާއިނު ޕްރޮޖެކްޓެއް ރާއްޖޭގައި މިވަނީ ފަށައިފާ އާންމު ރައްޔިތުން ޣައްޒާގައި އޮހޮރެމުންދާ ލެޔަށް ރޮއެ، މުޒާހަރާކޮށް، ބޮއިކޮޓް ކުރަމުންދާއިރު، ސިޔާސީ ޠާޢޫތީ ވެރިން ސިއްރުން އެ ރާވަނީ ރާއްޖޭގެ މިނިވަން ރަށްތައް ޒަޔަނިސްޓުންނާ ގުޅުންހުރި ބިލިއަނަރުންނަށް ވިއްކާލުމަށް އެސް.އީ.ޒެޑް (SEZ) ގާނޫނާއި "ސަސްޓެއިނަބަލް ޓައުންޝިޕްސް" (ޕްރޮޖެކްޓް އައިލާ އާއި މޯލްޑިވްސް ޕާލް ރެޒިޑެންސް ފަދަ ޕްރޮޖެކްޓްތަކުގެ) ނިވަލުގައި، "ދީނީ" ސަރުކާރުން އެދަނީ ބޭރުގެ މަހުޖަނުންނަށް ދިވެހިރާއްޖޭގެ ރެޒިޑެންސީ އާއި 99 އަހަރުގެ މުއްދަތަށް ރަށްތައް އެންމެ 250،000 ޑޮލަރަށް ގަތުމުގެ ފުރުސަތު ހުޅުވާލަމުން. މި ރެޒިޑެންސީ ޕްރޮގްރާމްގެ އެންމެ އިސްކޮށް އުޅެނީ 'ހެންލީ އެންޑް ޕާޓްނާސް' ކިޔާ ކުންފުންޏެއް. އޭގެ ޗެއާމަން، ކްރިސްޓިއަން ކާލިން ވަނީ ފާޅުގައި ޒަޔަނިސްޓުންގެ މުދާވެރިކަން ރާއްޖެ ގެނައުމަށް ދައުވަތުދީ، ރެކޯޑް ކުރެވިފައިވާ ބަސްދީގަތުމެއްގައި މިހެން ބުނެފައި: "އަހަރެމެން އުންމީދުކުރަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުއްސަނދިން ރާއްޖެއިން އިތުރު ގެދޮރު ގަންނާނެ ކަމަށް، އަދި ގިނަ އިޒްރޭލް މީހުންވެސް އެގޮތަށް އަމަލުކުރާނެ ކަމަށް އަހަރެމެން އުންމީދު ކުރަން." އިޒްރޭލް ޕާސްޕޯޓު މަނާކުރާނެ ކަމަށް ބުނެ މި މުނާފިޤު ސަރުކާރުން ރައްޔިތުންނަށް ދަޅަދައްކަމުން ދާއިރު، ސިއްރުން މިވަނީ ވީ.އައި.ޕީ ބޮޑު ފަހަތް ދޮރެއް ޔަހޫދީންނަށް ހުޅުވާލާފައި. މި "ޕްރައިވެޓް ސިޓީތަކުގެ" ތެރެއިން، ޒަޔަނިސްޓް މަހުޖަނުންނާއި، ބޭރުގެ އޮލިގާކުންނާއި، މުސްލިމުންނާ ދެކޮޅު ބިލިއަނަރުންނަށް ރާއްޖޭގެ އާންމު ޤާނޫނުތަކުން ރެކި، އޮފްޝޯ މާލީ 'ޓެކްސް ހޭވަން' ތައް ހަދައި، އަމިއްލައަށް އެމީހުންގެ މައްޗަށް ވެރިކަން ހިންގޭނެއެވެ. މިތާ ބާކީ އޮތް އިސްލާމީ މިނިވަންކަމާއި ސިޔާދަތުވެސް މިވަނީ ގިރިޓީކޮށްފައި. ދިވެހިންގެ އެއްވެސް ބާރެއް މިތަންތަނަށް ނޯންނާނެ. މި ބޭރު ކާފަރު ޔަހޫދީ ބިލިއަނަރުން ދިރިއުޅޭނީ ވަކިން ބަންދުކުރެވިފައިވާ ޚާއްޞަ ސިޓީތަކެއްގައެވެ. އެތަންތަނުގައި ރާއްޖޭގެ އާންމު ޤާނޫނުތަކާއި، ޓެކްސްތަކާއި، ފުލުހުންގެ ބާރުވެސް ނުހިނގާނެ. މީޑިއާތަކާއި، ވެރިކަންކުރާ ޕާޓީއާއި، އިދިކޮޅު ޕާޓީތަކުންވެސް މިކަމުގައި މުޅިން ހަނު ތިބީ ކީއްވެގެން؟ އެންމެންނަށްވެސް މީގެ ފައިސާގެ މަންފާ ލިބޭތީއެވެ. ޒަޔަނިސްޓު ލާދީނީ ނަޝީދުވެސް އިންނަނީ އެންޑަން ފައުންޑޭޝަން (ހެންލީގެ ޗެއާމަން އުފައްދާފައިވާ) ގެ އެޑްވައިޒަރީ ބޯޑުގައި. އަދި ލ. އަތޮޅުގައި ހިންގާ މިފަދަ 500 މިލިއަން ޑޮލަރުގެ މެގަ-ޕްރޮޖެކްޓަކަށް ފަންޑު ހޯދުމުގައި އެހީތެރިވެ، އެކަމުގެ އިނާމެއްގެ ގޮތުން މި ޠާޣޫތަށް ވަނީ 20،000 ޑޮލަރު ދީފައެވެ. އެމެރިކާއާއި ވިލާތު ކާފަރު ސިޔާސީ ވެރީން ގަނެލައިގެން އެ ޤައުމުތަކުގެ ސިޔާސަތުތައް ކޮންޓްރޯލްކުރާ ޒަޔަނިސްޓް ލޮބީތަކެކޭ އެއްފަދައިން، މި ބިލިއަނަރުން އެމީހުންގެ ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ޝަރުޢީ ނިޒާމު ގަނެލާނެއެވެ. ޤައުމުގެ އާބާދީގެ ބައްޓަން ބަދަލުކޮށް، ރާއްޖޭގެ އިސްލާމީ ބިންގާ މަޑުމަޑުން ފުނޑުފުނޑުކޮށްލާނެ. މިއީ "އިޤްތިޞާދީ ތަރައްޤީ" އެއް ނޫން. މިއީ ސިއްރުވެރި އިސްތިޢުމާރީ އަޅުވެތިކުރުމެއް. އެމީހުން އެ އުފައްދަނީ ރާއްޖޭގެ ތެރޭގައި އެހެން ދައުލަތްތަކެއް. މުޅި ދުނިޔޭގައި މުސްލިމުންނަށް އަނިޔާވެރިވާ ނިޒާމުތަކަށް ފަންޑުކުރާ މަހުޖަނުންނަށް ހަދައިދޭ ޕްރައިވެޓް އާބާދީތަކެއް. އެސް.އީ.ޒެޑްގެ "ސަސްޓެއިނަބަލް ޓައުންޝިޕްސް" އިޞްލާޙަށް އަހަރެމެން މިހާރުން މިހާރަށް ނޫނެކޭ ނުބުނެފިނަމަ، މާދަމާ އަހަރެމެން ހޭލާނީ އަމިއްލަ ފަސްގަނޑުގައި ބީރައްޓެހި، ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި. އަދި އަހަރެމެންގެ މައްޗަށް ވެރިކަން ކުރާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ޒަޔަނިސްޓު ޕްރޯ މަހުޖަނުން. https://t.me/Akhbaralumma

  • 🚨 ޣައްޒާގެ މެދުތެރޭގައި ހިނގި ހިތާމަވެރި ހާދިސާއަކުން މުޅި ސަރަހައްދު ސިއްސުވާލައިފިއެވެ. ވާދީ އަލް-ސަލްޤާގައި ހުންނަ އެ ކުއްޖާގެ އާއިލާގެ ދަނޑުގައި، ކުޑަކުޑަ ރަޔާން ބަހާ އަބޫ އަލް-އަޖީންގެ ގަޔައް ބަޑިޖަހައި ޝަހީދުކޮއްލައިފިއެވެ. ​އާއިލާގެ މެންބަރުންނާއި މެޑިކަލް އޮފިޝަލުން ކިޔައިދިން ހިތްދަތި ވާހަކަތަކުން އެނގޭ ގޮތުގައި، ކުޑަކުޑަ ރަޔާނާއި އޭނާގެ ބައްޕަ ބަހާއަށް އިޒްރޭލުގެ ސިފައިން ވަނީ ބަޑިޖަހާފައެވެ. އަދި އެ ދެބަފައިން ހަތް ގަޑިއިރެއްހާއިރު ވަންދެން ޒަހަމްތަކާއެކު ބާއްވާފައި ފަހުން ދޫކޮށްލީއެވެ. އަލް-އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލަށް ގެންދެވުނު އިރު ރަޔާން ވަނީ ޝަހީދުވެފައެވެ. އޭނާގެ ބައްޕަ މިހާރު ދަނީ ބޮޑެތި ޒަހަމްތަކާއެކު ފުރާނައަށްޓަކައި ހަނގުރާމަ ކުރަމުންނެވެ. ​އެ ސަރަހައްދުގައި ހަތިޔާރު އެޅި ފަރާތްތަކާ ދެކޮޅަށް އޮޕަރޭޝަންތައް ހިންގި ކަމަށް ޓެރަރިސްޓު އިޒްރޭލުގެ އަސްކަރީ ބަޔާންތަކުގައި ބުނި ނަމަވެސް، ހަގީގަތަކީ އާއިލާއެއް ބިކަކޮއްލުމާއި، މައުސޫމު ކުޑަކުއްޖެއްގެ ދިރިއުޅުން ނިމުމަކަށް އައުމެވެ. މި ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހެނީ، އެކަމުން ދިފާއުވުމުގެ އެއްވެސް ގާބިލުކަމެއް ނެތް މީހުންނަށެވެ. https://t.me/Akhbaralumma

  • 🚨 ޙައްޤުގެ މަގުގައި ޤުރުބާންވުން: އަޚް މުޙައްމަދު ޢަލީ ދެއްކި ސާބިތުކަމަކީ ކޮންމެ މުސްލިމަކަށް ނަމޫނާއެއް ފަސޭހަކަމާއި އަރާމު ދިރިއުޅުމަކީ އީމާންކަމުގެ މިންގަނޑު ކަމުގައި ހީކުރެވޭ މި ޒަމާނުގައި، އިންޑިއާގެ އަޅުގަނޑުމެންގެ މި އަޚް މުޙައްމަދު ޢަލީ މިވަނީ ޙަޤީޤީ އީމާންކަމަކީ ކޮބައިކަން ސާބިތުކޮށްދީފައެވެ. އޭނާ ހަނގުރާމަ ކުރަމުން މިދަނީ ހަމައެކަނި އޭނާގެ ޢާއިލާއާ ދެކޮޅަކަށް ނޫނެވެ؛ އޭނާ މިވަނީ އިންޑިއާގެ އަނިޔާވެރި ނިޒާމާއި، އެ ޤައުމުގެ ބާރުގަދަ މީޑިއާތަކާއި، ހިންދޫ ހަރުކަށި ފިކުރުތަކުގެ ކުރިމަތީގައި ގުޑުމެއްނެތި ސާބިތުވެފައެވެ. މުޙައްމަދު ޢަލީ (ކުރީގެ ނަމުން އާޔޫޝް މާލިކް) ގެ ޙަޔާތުގެ މި ބާބަކީ ސާބިތުކަމުގެ ލާމަސީލު މިސާލެކެވެ. އެއަޚާ އިސްލާމްދީން ޤަބޫލުކުރީ އެއަޚާގެ އަނބިމީހާއާ ބައްދަލުވުމުގެ 12 އަހަރު ކުރިން، އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައެވެ. ނަމަވެސް، މުސްލިމް އަންހެނަކާ ކައިވެނިކުރުމުން، އިންޑިއާގެ ހައްދުފަހަނަޅާފައިވާ ހިންދޫ ދައުލަތާއި ހިންދޫ ކޮމިއުނިޓީ އަދި މީޑިއާއިން ވަނީ އެ ކައިވެންޏަކީ "ލަވް ޖިހާދު" ގެ ނަމުގައި ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް ސިފަކޮށް ދޮގު ތުހުމަތުތަކެއްކޮށްފައެވެ. މި ދޮގު ތުހުމަތުތަކުގެ ސަބަބުން، މިއަދު އޭނާގެ އަނބިމީހާ އާއި އެއުޚްތާގެ ޢާއިލާ ވަނީ އިންޑިއާ ސަރުކާރުން ޖަލަށްލައި، މުޙައްމަދު ޢަލީ އަށް އެއަޚާގެ ދީނާއި އަންހެނުންގެ ދޫކުރުމަށް އެތައް ބިރުދެއްކުންތަކަކާއި ޕްރެޝަރެއް ދަނީ ކުރިމަތި ކުރުވަމުންނެވެ. މި ހުރިހާ ނުރައްކަލަކާ އެކުވެސް، އެއަޚާ ހުރީ އިސްލާމްދީންމަތީ ފަސްނުޖެހި ސާބިތުވެއެވެ. އޭނާއަށް ލިބުނީ ހަމައެކަނި މުދަލާއި ގެދޮރު ގެއްލުމުގެ ވޭނެއް ނޫނެވެ. އޭނާ ވަނީ މުޖުތަމަޢުން ބާކީވުމާއި، މައިންބަފައިންގެ ހިތްދަތިކަމާއި، ސިޔާސީ ބޮޑެތި ބިރުދެއްކުންތަކުގެ ތެރެއަށް ފުންމާލާފައެވެ. އެހެންނަމަވެސް، ވާރުތަ މުދަލާމެދު ސުވާލުކުރުމުން އޭނާ ދިން ޖަވާބަކީ އަޅުގަނޑުމެންގެ ޒަމާނީ ބިރުވެރިކަމަށް ދިން ވަރުގަދަ ރައްދެކެވެ: "އަހަރެންގެ ނަސީބުގައިވާ އެއްޗެއް ﷲ އަހަރެންނަށް ދެއްވާނެއެވެ. އެއްވެސް މީހަކަށް އެއީ އަތުލެވޭނެ އެއްޗެއް ނޫނެވެ." ތެދެކެވެ! ޙައްޤު ބަސް ބުނުމަށް އަޅުގަނޑުމެން ބިރުގަންނަނީ ކޮން އެއްޗެއް ގެއްލިދާނެތީ ހެއްޔެވެ؟ އޭނާ މިވަނީ ޙައްޤަށްޓަކައި ދޫކޮށްލާ ކޮންމެ އެއްޗަކަށްވުރެ މާ މަތިވެރި ނިޢުމަތެއް ލިބޭނެކަން ސާބިތުކޮށްދީފައެވެ. ތިބާގެ އީމާންކަމަކީ ހަމައެކަނި ދުލުން ބުނާ ބަހެއް ހެއްޔެވެ، ނުވަތަ ތިބާގެ މުޅި ދިރިއުޅުން އެއަށް ބިނާކުރާ ބާރެއް ހެއްޔެވެ؟ މުޙައްމަދު ޢަލީގެ މި ސާބިތުކަމުން ހަނދާނަށް އަންނަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ ﷺ ގެ ޞަޙާބީންގެ ޤުރުބާނީއެވެ. މުޞްޢަބް ބިން ޢުމައިރު (ރ.ޢ): މައްކާގެ އެންމެ މުއްސަނދި ޒުވާނާ، އިސްލާމްވުމުން މުދަލާއި ޢާއިލާ ދޫކޮށްލައި، ދީނުގެ ޙައްޤުގައި ފަޤީރުކަން ޚިޔާރުކުރެއްވިއެވެ. ސަޢުދު ބިން އަބީ ވަޤާޞް (ރ.ޢ): މަންމަ ކެއުންބުއިން ހުއްޓާލައިގެން ދީން ދޫކޮށްލަން މަޖުބޫރުކުރި ހިނދު، އެންމެހާ އަނިޔާތަކާ ކުރިމަތިލައި ބުނީ: "އަހަރެންގެ އެތައް ފުރާނައެއް އެކަތި އަނެކައްޗަށް ފަހު ނުކުމެގެން ދިޔަޔަސް، އަހަރެން މި ދީނެއް ދޫކޮށްނުލާނަމެވެ." އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ކުޑަކުޑަ ޤުރުބާނީއެއް ވާންވެސް މިހާރު ދައްޗެވެ. އެކަމަކު، ޞަޙާބީންގެ ފިޔަވަޅުތަކުގައި ހިނގާ މިފަދަ އަޚުންނާއި އުޚުތުން ހަނދާންކޮށްދެނީ އިސްލާމްދީނަކީ ހަމައެކަނި "ވާހަކަ ދައްކާ" ދީނެއް ނޫން ކަމެވެ. ޝަހާދަތް ކިޔައި، ދެން ފާފަތަކުގެ ތެރޭގައި އުޅެމުން ޖަންނަތު ހޯދަން އުންމީދު ކުރުމަކީ އޮޅުވާލުމެކެވެ. އިސްލާމްދީނަކީ އަމަލުން ސާބިތުކޮށްދީ، ތިމާ އެންމެ ލޯބިވާ އެއްޗެއް ﷲ އަށްޓަކައި ޤުރުބާން ކުރަން ޖެހޭ ދީނެކެވެ. އޭ އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތެދުވާށެވެ. ޙައްޤު ބަސް ބުނަން ޖެހިލުން ނުވާށެވެ. މި ދުނިޔެއަކީ ޙައްޤު ފޮރުވައި، ބާޠިލު ފެތުރުމަށް މަސައްކަތް ކުރާ ތަނެކެވެ. އެކަމަކު ހަނދާން ބަހައްޓަވާށެވެ. ﷲ ގެ ދީނަށްޓަކައި ތިބާ ވާ ކޮންމެ ޤުރުބާނީއަކީ ތިބާގެ އާޚިރަތުގެ ކާމިޔާބެވެ. އީމާންކަމަކީ ތިބާއަށް އެނގޭ މިންވަރެއް ނޫނެވެ؛ އެއީ ތިބާގެ އަޤީދާ ރައްކާތެރިކުރުމަށްޓަކައި ދުނިޔޭގެ ކޮންމެ އެއްޗެއް ދޫކޮށްލަން ތިބާ ތައްޔާރު ހުރި މިންވަރެވެ. ފަހަރުގައި ތިބާ ބުނާ ބަހަކުން ތިބާ ޖަލަށްވެސް ލެވިދާނެއެވެ. އަދި ޤަތުލުކޮށްލެވިވެސް ދާނެއެވެ. އެހެންނަމަވެސް އިސްލާމްދީނަށްޓަކައި ނަމަ އެއީ އަދާކޮށްލަން އެންމެ ހެޔޮ އަގެވެ.