- Последний пост
- 14 авг.
- Последнее чтение
- 13 авг.
- Постов за неделю
- 5
- Всего постов
- 29
- Тип
- открытый
- Язык
- арабский
- В каталоге с
- 13 авг.
- 1/24сутки в ленте
- 50
- 1/48двое суток
- 57
- 1/72трое суток
- 61
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
без подписи
без подписи
без подписи
🔸އެހެންނަމަވެސް، الخَبِير މި އިސްމުފުޅު ވަކިން ޚާއްޞަކޮށް ގުޅިފައިވަނީ ޢިލްމުގެ ވަރަށް ތަފްޞީލީ އަދި ފުން މިންގަނޑަކާއެވެ. އެއީ ނުހަނު ކުދި، ދަޤީޤު އަދި ފޮރުވިފައިވާ ކަންކަން ދެނެވޮޑިގަތުމެވެ. ސަބަބަކީ الخِبْرَة (ޚިބްރަތް - ކަމެއްގެ ޙަޤީޤަތް ފުންކޮށް ދެނެގަތުން) އަކީ ޢިލްމުގެ ތެރެއިންވާ ވަކި ޚާއްޞަ ލަޠީފީ ބައެކެވެ. މީސްތަކުންގެ މެދުގައިވެސް ކަމެއްގެ ޢާންމު ޢިލްމު އެހެން މީހުންނަށް އެނގުނު ކަމުގައިވިޔަސް، خَبِير (ޚަބީރު - މާހިރު) ގެ ލަޤަބު ވަކިން ޚާއްޞަކުރަނީ، އެކަމެއްގެ ބޭރަށް ފެންނަން ނުހުންނަ ދަޤީޤު (ނުހަނު ކުދި) އަދި ފޮރުވިފައިވާ ކަންތައްތަކުގެ ޙަޤީޤަތް އެންމެ ފުރިހަމައަށް ދަންނަ މީހާއަށެވެ. 📒 شرح فتح الرحيم الملك العلّام للسعدي 🖊️https://t.me/nooruhthaujeeh
✨ العَلِيم އާއި الخَبِير މި ދެ އިސްމުފުޅުގެ މެދުގައިވާ ތަފާތު: 🔸މުޞައްނިފު ބަޔާންކުރައްވާފައިވާ ގޮތުގައި “الخَبِير” (އަލްޚަބީރު) މި އިސްމުފުޅުން ދޭހަކޮށްދެނީ، ނުހަނު ދަޤީޤު (ކުދި އަދި ފުން)، ކުދި އަދި ފޮރުވިފައިވާ ބާތިނީ ކަންތައްތައް ދެނެވޮޑިގަތުމެވެ. 🔸މިއިން އެނގެނީ العَلِيم (އަލްޢަލީމު) އާއި الخَبِير (އަލްޚަބީރު) މި ދެ އިސްމުފުޅަކީވެސް ޢިލްމު (ދެނެވޮޑިގަތުން) ގެ ޞިފަފުޅަށް ނިސްބަތްވާ، އެއް އަޞްލެއް އެކުލެވިގެންވާ ދެ އިސްމުފުޅު ކަމަށެވެ. 👇
🍃الله ގެ އިސްމުފުޅު الْوَدُود (އަލް-ވަދޫދު) 🔸"الْوَدُود" — މި އިސްމުފުޅު އައިސްފައިވަނީ فَعُول ގެ ވަޒަނަށެވެ. އަދި މީގައި މާނައިގެ ދެ އިޙްތިމާލެއް އެކުލެވިގެންވެއެވެ. 🔸فَعُول ގެ ވަޒަން، فَاعِل (އިސްމު ފާއިލް - ކުރާ ފަރާތް) ގެ މާނައިގައި: އެހެންކަމުން وَدُود ގެ މާނައަކީ وَادّ — "ލޯބިވެވޮޑިގަންނަވާ ފަރާތް" އެވެ. އެބަހީ، އެއިލާހުގެ މަޚްލޫޤުންގެ ތެރެއިން އެއިލާހު ލޯބިވެވޮޑިގަންނަވާ އަޅުންދެކެ އެއިލާހު ލޯބިވެވޮޑިގަނެއެވެ. 🔸فَعُول ގެ ވަޒަން، مَفْعُول (އިސްމު މަފްޢޫލް - ރައްދުވާ ފަރާތް) ގެ މާނައިގައި: އެހެންކަމުން وَدُود ގެ މާނައަކީ މަވްދޫދު — "ލޯބިވެވިގެންވާ ފަރާތް" އެވެ. އެބަހީ، އެއިލާހަށް ވަފާތެރި އަޅުންނާއި އައުލިޔާއިން އެއިލާހުދެކެ ލޯބިވެއެވެ. اسم (الوَدود) وهذا الاسم جاء على زنة "فَعول" ويراد به أحد معنيین: أولهما: أنه (فعول) بمعنى (فاعل)؛ أي (ودود) بمعنى (وادّ) فهو يحب مَنْ يحب مِنْ خلقه. والثاني: أنه (فعول) بمعنی (مفعول)، فهو (ودود) بمعنی (مودود) أي: یحبه أولیاؤه. 📒 شرح فتح الرحيم الملك العلّام للسعدي 🖊️https://t.me/nooruhthaujeeh
🍃 ﷲ ގެ އިސްމުފުޅެއް ކަމުގައިވާ އަލްޙަކީމް 🔸"الحكيم" (އަލްޙަކީމް) މި އިސްމުފުޅަކީ ތިންއަކުރުގެ ފިޢުލު (فعل ثلاثي) "حَكَمَ" (ޙަކަމަ) އާ ގުޅުންހުރި ނަމެއްނަމަ، އޭގެ ސިފައަކީ "الحُكْم" (ޙުކުމް ކުރެއްވުން) އެވެ. 🔸އަދި ހަތަރުއަކުރުގެ ފިޢުލު (فعل رباعي) "أَحْكَمَ" (އަޙްކަމަ) އާ ގުޅުންހުރި ނަމެއްނަމަ، އޭގެ ސިފައަކީ "الحِكْمَة" (ޙިކުމަތްތެރިކަމެވެ). 🔸އެހެންކަމުން، މި އިސްމުފުޅުން ﷲ تعالى ގެ ދެ ސިފަފުޅަކަށް ދަލީލުކޮށްދެއެވެ. އެއީ "الحكمة" (ޙިކުމަތްތެރިކަން) އަދި "الحكم" (ޙުކުމް ކުރެއްވުން) މި ދެ ސިފަފުޅެވެ. الحكيم إما أن يكون متعلقًا بالفعل الثلاثي "حَكَمَ" فتكون الصفة الحُكُم، وإما أن يكون متعلقًا بالرُّباعي "أحكَمَ" فتكون الصفة الحكمة، فهذا الاسم دالٌّ علی صفتین لله هما صفة الحكمة والحكم. 📒 شرح فتح الرحيم الملك العلّام للسعدي 🖊️https://t.me/nooruhthaujeeh
✨ ﷲ ﷻ ގެ ކޮންމެ އިސްމުފުޅަކަށްމެ ވަކި ޚާއްޞަ މާނައެއް ލިބިގެންވެއެވެ. 💧ﷲ ﷻ އިސްމުފުޅުތަކުގެ ތެރެއިން ދެ ނަންފުޅެއް އެއް މަސްދަރަކުން (ބަހުގެ އަޞްލުން) އުފެދިފައިވީ ނަމަވެސް — މިސާލަކަށް އަލް-ރަޙްމާން (الرحمن) އަދި އަލް-ރަޙީމް (الرحيم) ފަދަ ނަންފުޅުތައް — ކޮންމެ ނަންފުޅެއްގައިވެސް، އެހެން އެއްވެސް ނަންފުޅަކާ ޚިއްޞާނުކުރާ، އެ ނަންފުޅަކަށް ޚާއްޞަ މާނައެއް އެކުލެވިގެންވާކަން ކަށަވަރުވެ އެނގެއެވެ. 💧މި ދެ އިސްމުފުޅަކީވެސް ރަޙްމަތުގެ މަސްދަރުން އުފެދިފައިވާ ދެ އިސްމުފުޅަށްވީ ނަމަވެސް، މި ދެ އިސްމުފުޅުގެ މާނައިގެ ތަފާތަކީ: * އަލް-ރަޙްމާން - މި އިސްމުފުޅުން ދޭހަކޮށްދެނީ ރަޙްމަތުގެ ސިފަފުޅު ސީދާ ﷲ ﷻ ގެ ޛާތުފުޅާއި ގުޅިފައިވުމެވެ (އެބަހީ: އެއިލާހުއީ ތަނަވަސްވެގެންވާ ރަޙްމަތުގެ ވެރި އިލާހުއެވެ). އަދި * އަލް-ރަޙީމް - މި އިސްމުފުޅުން ދޭހަކޮށްދެނީ އެއިލާހު ރަޙްމަތް ލައްވާ އަޅުތަކުންނަށް އެ ރަޙްމަތް ފޯރާކަމެވެ (އެބަހީ: އެއިލާހުއީ އަޅުތަކުންނަށް ރަޙްމަތްލައްވާ އިލާހުއެވެ). 🖊️ޝެއިޚް ޞާލިޙް އަލް-ޢުޞައިމީ 🖊️https://t.me/nooruhthaujeeh
💦" ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުމަކީ ފަރުޟު ކިފާޔައެކެވެ. މުޖުތަމަޢުގެ ތެރެއިން ބަޔަކު އެކަން އަދާކޮށްފިނަމަ، އެހެން މީހުންގެ ކިބައިން އެ ފަރުޟު ساقط ވާނެއެވެ (ކަނޑައިގެންދާނެއެވެ). ނަމަވެސް އެންމެން އެކަން ދޫކޮށްލައިފިނަމަ، ޝަރުޢީ ޢުޛުރެއް ނެތި އަދި ބިރުވެރިކަމެއް ނެތި އެކަން ކުރުމުގެ ކުޅަދާނަކަން ލިބިގެންވީ ކޮންމެ މީހަކު ފާފަވެރިވާނެއެވެ. އަދި ބައެއް ޙާލަތްތަކުގައި އެކަން ފަރުޟު ޢައިނަކަށް (ކޮންމެހެން ތިމާ އަމިއްލައަށް ކުރަންޖެހޭ ކަމަކަށް) ބަދަލުވެއެވެ. އެއީ އެ މުންކަރާތެއް ހިނގާ ތަނުގައި އެކަން ދަންނަ ނުވަތަ އެކަން ހުއްޓުވުމުގެ ކުޅަދާނަކަން ލިބިގެންވާ ހަމައެކަނި މީހަކީ ތިމާ ކަމުގައިވާ ޙާލަތްތަކުގައެވެ. މިސާލަކަށް، އަނބިދަރިން ނުބައިކަމެއްގެ މަތީގައި ނުވަތަ ހެޔޮކަމަކަށް ފަރުވާކުޑަކޮށް، ރައްކާތެރިނުވެ ތިއްބާ ފެންނަ އިސްވެރިޔާ (ފިރިމީހާ ނުވަތަ ބަަަފާ) ފަދައިންނެވެ." 💧ޝެއިޚް އައް-ޞަޢްދު ( ބަސްކޮޅު ) 🖊️https://t.me/nooruhthaujeeh
💦އިމާމު އައް-ޝާފިޢީ رحمه الله ވިދާޅުވިއެވެ. "މީސްތަކުންގެ ދޫތަކުން (ނުބައި ބަސްތަކުން) ސަލާމަތްވެގެންވާ ހަމަ އެކަކުވެސް ނުވެއެވެ. އެއީ ޠާހިރުވެގެންވާ ނަބިއްޔާއެއް ކަމުގައި ވިޔަސްމެއެވެ. އިންސާނާ ހިމޭނުން ހުރެއްޖެނަމަ، އެއީ ވާހަކަދައްކަން ނޭނގޭ މީހެއް ކަމުގައި އެމީހުން ބުނެއެވެ. އަދި އޭނާ ވާހަކަދައްކާ އުޅޭނަމަ، އެއީ ބޭކާރު ގިނަ ވާހަކަދައްކާ މީހެއް ކަމުގައި ބުނެއެވެ. އޭނާއީ ރޯދަހިފާ، ރޭއަޅުކަންކުރާ މީހަކު ކަމުގައި ވާނަމަ، އެއީ ދެއްކުންތެރިއެއް ކަމަށާއި، އޮޅުވާލާ މަކަރުވެރިއެއް ކަމުގައި އެމީހުން ބުނެއެވެ." لِقٓ الْإِنسَانُ ضٓعِيفاً وما أحد من ألسن الناس سا لماً ولو أنه ذاك النبي المطهرُ و إن كان سكيتاً يقولون ألكم وإن كان منطيقاً يقولون أهدرُ وإن كان صواماً وبالليل قائماً يقولون زرَاقٌ يراني ويمكرُ 📘[ديوان الإمام للشافعي] 🖊️https://t.me/nooruhthaujeeh
✨ޅަދަރިފުޅުގެ ޙާފިޡުކަމުގެ ފޮނި ދަތުރު، ފެށިގެން މިދަނީ މައިމީހާގެ ބަދިގެއިންނެވެ.✨ 🔸“ ދަޢުވަތުގެ މައިދާނުގައްޔާއި އެހެނިހެން ޞާލިޙު ހެޔޮ ޢަމަލުތަކުގައި މަޝްޣޫލުވެ އުޅުމަކީ ޝައްކެއްވެސްނެތް ގޮތުގައި މަތިވެރި، އަދި ހަމަކަށަވަރުންވެސް ބަރަކާތްތެރި ވަގުތުތަކެކެވެ. 🔸ނަމަވެސް، ތިބާ ލިޔާ ރީތި ޕޯސްޓްތަކާއި ދައްކާ ބަސްތަކަކީ ތިބާގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ އަޞްލެއް ކަމުގައި ނުވާނެއެވެ. އެކަމުގެ އަޞްލަކީ ހުދު ތިބާއެވެ. 🔸އެހެން މީހުންނަށް ދީނުގެ ހެޔޮ ބަސްފުޅުތައް އަންގައިދީ ހަނދާންކޮށްދޭށެވެ. ނަމަވެސް އަމިއްލަ ނަފްސު އިޞްލާޙުކޮށް ތަޒްކިޔާ ކުރުން (ނަފްސު ޠާހިރުކުރުން) ދޫކޮށްނުލާށެވެ. އަދި އެކަމަށް ފަރުވާކުޑަނުކުރާށެވެ. އެއާޚިލާފަށް، އެހެން ހުރިހާ ކަމެއްގެ މައްޗަށް ތިމާގެ ނަފްސު އިޞްލާޙުކުރުމަށް އިސްކަންދޭށެވެ. 🔸ތިބާގެ ދަރިން ބޮޑުވާންޖެހޭނީ ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡާ އަންހެނެއްގެ ހިޔަލުގައެވެ. އެފަދަ މާތް އަންހެނަކަށް ވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. ނުހަނު ހިތްވަރާއެކު ޖިހާދުކޮށް، އެހެން ހުރިހާ ކަމަކަށްވުރެ ތިބާގެ ޙިފްޡަށް (ޤުރުއާން ހިތުދަސްކުރުމަށް) އިސްކަންދޭށެވެ. 🔸ޞާލިޙު މުއުމިނު އަންހެނުން އެކަނބަލުންގެ ދަރިން ނިންދެވުމަށްޓަކައި، ބޭކާރު ޅެންތަކާއި ޣާފިލުކުރުވާ ލަވަތަކެއް ނުކިޔައިދެއެވެ. އެކަނބަލުންގެ ދަރިން ނިދައި، ހޭލަނީ އެމައިމީހާގެ ކީރިތި ޤުރުއާނުގެ ތިލާވަތުގެ ބަރަކާތްތެރި އަޑަށެވެ. 🔸އެކަނބަލުންގެ ދުވަހުގެ ކޮންމެ ހިނދުކޮޅެއްގައިމެ ހިތް ފުރިފައިވަނީ ﷲ تعالى ގެ ކަލާމްފުޅުންނެވެ. އަދި އޭގެ ފޮނި މޭވާއާއި ބަރަކާތް އެކަނބަލުންގެ ދަރިންގެ ކިބައިންނާއި އެކުދިންގެ އިސްލާމީ ތަރުބިއްޔަތުން ފާޅުވެގެންދެއެވެ. އެހެނީ، ﷲ ގެ ކަލާމްފުޅާ އޮންނަ މުޤައްދަސް ގުޅުން އެކުދިންނަށް ވާރުތަވަނީ އެ މައިމީހާގެ ކިބައިންނެވެ. 🔸ﷲ تعالى އަޅަމެން އެންމެންނީ އަހުލުލް ޤުރުއާނުގެ (ޤުރުއާނުގެ އަހުލުވެރިންގެ) ތެރެއިން ލައްވައި، ހުރިހާ މުވައްޙިދުންނަށް ގިނަގުނަ ޞާލިޙު، ތަޤުވާވެރި ދަރިން މިންވަރު ކުރައްވާށިއެވެ. އާމީން.” މަސްދަރު 🖊️https://t.me/nooruhthaujeeh
✨ސާބިތުކަމަށް ބޭނުންޖެހިފައިވާ މީހާއަށްޓަކައި ކުރެވޭނެ ދުޢާ ✨ 💦ޖަރީރު ބިން ޢަބްދިﷲ -رضي الله عنه- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: "ތިމަންކަލޭގެފާނު އިސްލާމްވެވަޑައިގަތް ދުވަހުން ފެށިގެން، ރަސޫލުﷲ ﷺ (އެކަލޭގެފާނުގެ އަރިހަށް ވެދެވަޑައިގަތުމުން) ތިމަންކަލޭގެފާނު މަނައެއް ނުކުރައްވައެވެ. އަދި ތިމަންކަލޭގެފާނަށް އެކަލޭގެފާނު ﷺ ފެނިވަޑައިގަންނަވާ ކޮންމެ ހިނދެއްގައި، ތިމަންކަލޭގެފާނުގެ މޫނުފުޅަށް ބައްލަވައި ހިނިތުންވެވަޑައިގަންނަވައެވެ. އަދި ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް އަސްމަތީގައި ސާބިތުވެ ނުހުރެވޭކަމުގެ ޝަކުވާ އެކަލޭގެފާނު ﷺ ގެ އަރިހުގައި ދެންނެވީމެވެ. ފަހެ، އެކަލޭގެފާނުގެ މާތް އަތްޕުޅުން ތިމަންކަލޭފާނުގެ މޭގައި ޖައްސަވައި (މިފަދައިން) ދުޢާ ކުރެއްވިއެވެ: «اللهم ثبِّته، واجعله هادياً مهدياً» (މާނައީ: ޔާ ﷲ! އޭނާއަށް ސާބިތުކަން ދެއްވާނދޭވެ! އަދި އޭނާއަކީ ތެދުމަގު ދައްކާ، އަދި ތެދުމަގު ލިބިގެންވާ ހާދީއެއްކަމުގައި ލައްވާނދޭވެ!)" متفق عليه. އަދި ބުޚާރީގެ ރިވާޔަތެއްގައިވެއެވެ: "(ޖަރީރު رضي الله عنه ވިދާޅުވިއެވެ:) އޭގެ ފަހުން ތިމަންކަލޭގެފާނު ދުވަހަކުވެސް އަސްމަތިން ވެއްޓިވަޑައެއް ނުގަންނަވަމެވެ." މި ބަރަކާތްތެރި ޙަދީޘްފުޅަކީ، ސާބިތުކަމާއި ހަމަޖެހުމަށް ބޭނުންޖެހިފައިވާ ކޮންމެ މީހަކަށްމެ ޢާއްމުވެގެންވާ ނައްޞެކެވެ. އެއީ ޖިހާދުގެ މައިދާން ފަދަ ޙިއްސީ (މާއްދީ) ކަމެއްގައި ވިޔަސް، ނުވަތަ ދީނުގެ ދިފާޢުގައި ކާފިރުންނާ ބަހުސްކޮށް މުނާޡަރާކުރުން ނުވަތަ ޙައްޤު ހޯދުން ފަދަ މަޢުނަވީ ކަމެއްގައި ވިޔަސްމެއެވެ. ފަހެ، އެފަދަ އަޚަކަށް ސާބިތުކަން ދެއްވުން އެދި ދުޢާކުރުމަކީ އިސްލާމީ ޝަރީޢަތުގައި މުސްތަޙައްބު (އެދެވިގެންވާ) ކަމެކެވެ. 💧ޝެއިޚް އައް-ޞަޢްދުގެ ބަސްކޮޅު #dhuaa 🖊️https://t.me/nooruhthaujeeh
✨ޚާލިދު އިބްނު އަލް-ވަލީދު (رضي الله عنه) : "އަހުރެން ލޯބިވާ އަލަތު އަނތްބަކު އަހުރެންގެ ގާތަށް ފޮނުވޭ ރެއެއް، ނުވަތަ އަހުރެން އެންމެ އެދޭފަދަ ފިރިހެން ދަރިއެއްގެ އުފާވެރި ބަޝާރަތު (ޚަބަރު) ލިބޭ ރެއަކަށްވުރެ، ފަތިހު ދުޝްމަނުންނަށް ކުއްލި ހަމަލާއެއް ދިނުމަށްޓަކައި، ގަދަ ފިނީގެ ސަބަބުން ދަތި އުނދަގޫ ރެއެއްގައި (ﷲ ގެ މަގުގައި ނުކުމެއުޅޭ) ސަރިއްޔާއެއްގެ (ލަޝްކަރެއްގެ) ތެރޭގައި ހޭދަކުރާ ރެއެއް އަހުރެންނަށް މާ ލޮބުވެތިކަން ބޮޑެވެ." 📘[كتاب الجهاد (107)] ما k ليلة يهدى إلي فيها عروس أنا لها محب، أو أبشر فيها بغلام أحب إلي من ليلة شديدة البرد كثيرة الجليد في سرية أصبح فيها العدو. 🖊️https://t.me/nooruhthaujeeh
✨ ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (رحمه الله ) ވިދާޅުވިއެެވެ. «والأولى لمن جاء إلى الجمعة أن يشتغل بالصلاة حتى يخرج الإمام...» " ހުކުރު ނަމާދަށް ހާޒިރުވެއްޖެ މީހަކަށް ، އިމާމާ ( ޚުތުބާ ދިނުމަށް ) ނިކުންނަންދެން ނަމާާދުކުރުމުގައި މަޝްޣޫލުވުން މާ ޙައްޤުކަން ބޮޑެވެ. " 📚 [مجموع الفتاوى ١٨٩/٢٤] #hukurudhuvas 🖊️ https://t.me/nooruhthaujeeh
🔵 ހުކުރު ދުވަހަކީ އަޅާ އޭނާގެ ވެރި އިލާހާއިއެކު ވުމަށްވާ ދުވަހެކެވެ ؛ އޭނާގެ ވެރި އިލާހަށް ޓަކައި އޭނާގެ އެތެރެއާއި ބޭރުފުށް ޒީނަތްތެރިކުރެއެވެ. އެ އިލާހާއިއެކު ޢަހުދާއި ވަޢުދު އާކުރެއެވެ. އޭނާގެ ބޭނުންތަކާ ބެހޭގޮތުން ވާހަކަ ދައްކައެވެ. އަދި އޭނާ ލޯބިވާ ކަންކަމާއި ލޯބިވާ ކޮންމެ މީހަކަށްޓަކައި އެ އިލާހަށް ދަންނަވައެވެ. ވުމާއިއެކު އެހެން ދުވަހެއް ފަދަ ދުވަހެއް ކަމުގައި ހުކުރު ދުވަސް ނަހަދާށެވެ. އަދި އެދުވަހުގައި މާތްالله ލައްވާފައިވާ ހެޔޮކަން ގެއްލިގެންދިޔަ ނުދޭށެވެ. إنَّ يوم الجمعة يومٌ للعبد مع ربِّه: يُزين له باطنه وظاهره، ويُجدد معه عهده ووعده، ويُناجيه في حوائجه، ويدعوه فيما أحبَّ ولمن أحبَّ، فلا تجعلوه يومًا كغيره، ولا تُفوِّتوا ما جعل فيه الله من خيره. 🔹 ޝެއިޚް ޞާލިޙް އަލް-ޢުޘައިމީ #hukurudhuvas 🖊️ https://t.me/nooruhthaujeeh
އުންމަތުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ﷲ ތަޢާލާ އަހަރުމެންގެ މައްޗަށް އަމުރު ކުރައްވާ ވަޙީ ކުރައްވާފައިވެއެވެ إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِيِّۚ يَآأَيُّهَا ٱلَّذِينَ ءَامَنُواْ صَلُّواْ عَلَيۡهِ وَسَلِّمُواْ تَسۡلِيمًا ހަމަކަށަވަރުން الله އާއި އެކަލާނގެ މަލާއިކަތް ބޭކަލުން ނަބިއްޔާގެ މައްޗަށް صَلَواة ލައްވައެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެންވެސް ނަބިއްޔާ صَلَّي الله عَلَيه وَسَلَّم ގެ މައްޗަށް صَلَواة ކިޔަވާށެވެ. އަދި އެކަލޭގެފާނުންގެ މައްޗަށް ކަލޭމެން ސަލާމްކިޔާށެވެ. (الصَّلاة وَالسَّلام عَلَي رَسُوْلِ الله...) (ސޫރަތުލް އަޙްޒާބު : 56) #hukurudhuvas ☝️https://t.me/Nooruhthaujeeh
📌 الله تعالى ގެ އާޔަތްތަކަށް ފުރައްސާރަކުރާ މަޖިލިސްތަކުގައި ބައިވެރިވާ މީހުން ތިން ހާލަތަކަށް ބެހިގެންވެއެވެ:• 🔖 ފުރައްސާރަކުރާ މީހާއަށް އިންކާރުކުރުން (އެކަން މަނާކުރުން): މި ހާލަތުގައި އެމީހާ އެވަނީ އޭނާގެ މައްޗަށް ވާޖިބުވީ ކަންތައް އަދާކޮށްފައެވެ.• 🔖އެތަނުން ތެދުވެގެންދިއުމާއި ފުރައްސާރަކުރާ މީހާއާއެކު އިށީނދެ ނުއިނުން: މި ހާލަތުގައި އެމީހާ އެވަނީ މާތްﷲގެ މި ވަޙީބަސްފުޅަށް ތަބާވެފައެވެ: «فلا تقعدوا معهم» (މާނައީ: ފަހެ، ތިޔަބައިމީހުން އެއުރެންނާއެކު އިށީނދެނުތިބޭށެވެ).• 🔖ޙުކުމް އެނގިހުރެ، އެކަމަށް އިންކާރުނުކޮށް (މަނާނުކޮށް) ހިމޭނުން އިށީނދެގެން އިނުން: ކީރިތި ޤުރުއާނުގެ ނައްސުން އެނގޭ ގޮތުގައި މިފަދަ މީހާއަކީ ކާފިރެކެވެ. (والعياذ بالله) ✨ މާތްﷲ ވަޙީކުރައްވާފައިވެއެވެ: ﴿ وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعَدُوا مَعَهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ إِنَّكُمْ إِذًا مِّثْلُهُمْ ﴾ "އަދި ﷲ ގެ އާޔަތްތަކަށް ކާފަރުވެ، އެ އާޔަތްތަކަށް ފުރައްސާރަކުރެވޭ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އެބައިމީހުން އެ ނޫން ވާހަކައެއްގެ ތެރެއަށް ވަދެ ފަށައިފުމަށް ދާންދެނެވެ، އެބައިމީހުންނާއެކު ތިޔަބައިމީހުން ނުތިބުމަށް، އެކަލާނގެ ފޮތުގައި (ޤުރުއާނުގައި) ތިޔަބައިމީހުންގެ މައްޗަށް ހަމަކަށަވަރުން ބާވައިލައްވާފައިވެއެވެ. (އެފަދަ މަޖިލިސްތަކުން ތެދުވެގެން ނުގޮސް) އެހެން ތިބެއްޖެނަމަ، ހަމަކަށަވަރުން ތިޔަބައިމީހުންނީވެސް އެބައިމީހުން ފަދަ ބައެކެވެ." 🖊️ޝެއިޚް އައް-ޞަޢްދު ގެ ބަސްކޮޅު 🖊️https://t.me/Nooruhthaujeeh
💦 ޢިލްމަށް ތަޢުރީފު ކުރެވެނީ (ނުވަތަ ޢިލްމުގެ ފައިދާ ކުރަނީ)، އެއާއެކު އަޅުވެރިކަންވެ، ބުއްދިވެރިކަމުގެ ފޭރާންލެވި، އަދަބުވެރިކަމުން ޒީނަތްތެރިވެ، އަދި ބަނިޔާދަންކަމުން އެ ފުރިހަމަވުމުންނެވެ. ޝަޢުބީ رحمه الله ވިދާޅުވިއެވެ: 'ހަމަކަށަވަރުން މި ޢިލްމު، ބުއްދިއާއި އަޅުވެރިކަން ހުރި މީހަކަށް މެނުވީ އެކަށީގެންނެއް ނުވެއެވެ. ނަމަވެސް މިއަދު މި ޢިލްމު އެދި އެ އުޅެނީ ބުއްދިއެއްވެސް އަދި އަޅުވެރިކަމެއްވެސް ނެތް މީހުންނެވެ.' އަދި ތިމަންމެންގެ މި ޒަމާނުގައި، އެއަށް އެދި އެ އުޅެނީ ބުއްދިއެއް، އަޅުވެރިކަމެއް، އަދަބެއް އަދި ބަނިޔާދަންކަމެއްވެސް ނެތް މީހުންނެވެ. އަދި ދޮގާއި މަކަރުން އޭގެ ވެރިންނަށް އެބައިމީހުން ވެގަނެއެވެ. އަދި އިޞްލާޙުކުރުމުގެ ބަދަލުގައި އެބައިމީހުން ކުރަނީ ފަސާދައެވެ. ޝެއިޚް ޞާލިޙް އަލް-ޢުޞައިމީ يمدح العلم إذا حفَّه النُّسك، وكساه العقل، وزيَّنه الأدب، وكمَّلته المروءة، قال الشَّعبي:"إن هذا العلم لا يصلح إلا لمن فيه عقلٌ ونسك،فاليوم يطلبه من لا عقل له ولا نسك فيه"،وفي زماننا صار يطلبه من لا عقل له ولا نسك فيه ولا أدب معه ولا مروءة له،ويرأسون فيه زورًا،ويفسدون ولا يصلحون. 🖊️https://t.me/Nooruhthaujeeh * ބަނިޔާދަންކަން ( މާނައީ : ޢަބުރުވެރިކަން، އަޚުލާޤު ރަނގަޅުކަން، އަދަބުވެރިކަން، އަދި މާތް އަޚްލާޤުގެ ވެރިޔެއްކަން) ބައްލަވާ ރަދީފު އެޕް
✨ ބުއްދިއަކާ ނުލައި ލިބޭ ޢިލްމަކީ އޭގެ ވެރިފަރާތަށް ގެއްލުންހުރި އެއްޗެކެވެ. މުހިންމު ކަމަކީ ހަމައެކަނި ޢިލްމުވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެއްގެ ކިބައިން ޢިލްމު ހާސިލުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، މުހިންމު ކަމަކީ އެއްފަހަރާ ޢިލްމާއި ބުއްދިވެރިކަމަށް ލާމަސީލުވެފައިވާ މީހެއްގެ ކިބައިން ޢިލްމު އުނގެނުމެވެ. ހާއްސަކޮށް ފިތުނަވެރިކަމާއި، މީސްތަކުންގެ ބަދަލުވުންތަކާއި، އެމީހުންގެ މެދުގައި ހިނގާ ދެބަސްވުންތަކުގެ ދުވަސްވަރުގައެވެ. ހަމަކަށަވަރުން އެފަދަ ވަގުތުތަކުގައި ބުއްދިވެރިންގެ ބޭނުން އިންސާނާއަށް ނުހަނު ބޮޑަށް ޖެހެއެވެ. ޝެއިޚް ޞާލިޙް އަލް-ޢުޞައިމީ ( ބަސްކޮޅު ) العلم بلا عقلٍ يضرُّ صاحبه، فليس الشأن أن يُحصَّل العلم عمَّن عُرف بالعلم، بل الشَّأن في أن يحصل العلم عمَّن عُرف بالعلم والعقل معا، لا سيما في أزمنة الفتن وتغيُّرِ الناس وما يجري بينهم من النزاعات، فإن المرء يحتاج إلى أهل العقل كثيرا. 🖊️https://t.me/Nooruhthaujeeh
💦 ﷲ عز وجل ގެ ހަޟްރަތުގައި އިންސާނާގެ ދަރަޖަ ބިނާވެގެންވަނީ އެމީހެއްގެ އިލްމާއި އީމާންތެރިކަމުގެ މައްޗަށެވެ. އެކަންކަމުގައި މީހާ ކުރިއަރައިދިޔަ ވަރަކަށް، އޭނާގެ ވެރި ރައްބު عز وجل ގެ ހަޟްރަތުގައި އޭނާގެ މަގާމު މަތިވެރިވެ، ކައިރިވެ، އަދި އުފުލިގެންދެއެވެ. އެހެންވެ، ކީރިތި ރަސޫލާ ﷺ ގެ އަރިހުން ޢަބްދުﷲ ބިން ޢަމްރޫ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "(ޤިޔާމަތްދުވަހުން) ޤުރްއާންގެ އަހުލުވެރިޔާއަށް ދެންނެވޭނެއެވެ: ކިޔަވަމުން، (ސުވަރުގޭގެ ދަރަޖަތަކަށް) މައްޗަށް އަރަމުންދާށެވެ. އަދި ދުނިޔޭގައި ތިބާ ތަރުތީލުކޮށް (ލަސްލަހުން ރީތިކޮށް) ކިޔެވި ފަދައިން ކިޔަވަމުންދާށެވެ. ފަހެ، ހަމަކަށަވަރުން ތިބާގެ މަންޒިލް (މަގާމު) ވަނީ ތިބާ ކިޔަވާ އެންމެ ފަހު އާޔަތާ ހިސާބުގައެވެ. ޝެއިޚް އައް-ޞަޢްދު ( ބަސްކޮޅު ) 🖊️https://t.me/Nooruhthaujeeh