tgindex
Heylaa

ޣާފިލު ކަމުގެ ނިދިން ހޭލާށެވެ. ﷲ ގެ މަގުގައި ތެދުވާށެވެ.

Последний пост
14 авг.
Последнее чтение
15 авг.
Постов за неделю
7
Всего постов
26
Тип
открытый
Язык
арабский
Категория
Новости и СМИ (по похожим)
В каталоге с
13 авг.
Подписчики
897
+3 за 2 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
214
26 постов
Вовлечённость
23,9%
к подписчикам
Постов в день
1,0
всего 26
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
104
1/48двое суток
119
1/72трое суток
128

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • ދުޢާ އިޖާބަކުރައްވާ ވަގުތެއް ! | ފުރުޞަތު ނަންގަވާ ނުލައްވާ ! ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ކުރީގެ ވަގުތުތަކުގައި ތިޔަބޭފުޅުންގެ ދުޢާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާ އުޚްތުން ޝާމިލު ކުރައްވާށެވެ. މުސްލިމް އަސީރުން މިނިވަންވުމުގެ ހެޔޮ ތައުފީގަށް އެދި ދުޢާ ދަންނަވާށެވެ. ﷲ ގެެ މަގުގައި ޘާބިތު ކަމާއެކު ތިބި މުޖާހިދުންނަށް ކާމިޔާބު ދެއްވަވާ އިސްލާމް ދީނުގެ ނަސްރަށް އެދި ދަންނަވާށެވެ. ~Heylaa

  • без подписи

  • без подписи

  • без подписи

  • ކީރިތި قرآن 📚ގެ ތަފްސީރުގެ ތެރެއިން | 💬 ސޫރަތުލް ކަހަފްގެ ތަފްސީރު | ލިޔުނީ: ޖަޢުފަރު ފާއިޒު رحمه الله

  • ✅The Importance of Brotherhood in Islam 🔗Sheikh Sulayman al-Alwan ( Text • Advice for paradise ) ~ Heylaa

  • ✅~ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންގެ މަތިވެރިކަން~ ރަސޫލު ﷲ ޙަދީޘްފުޅު ކުރެއްވިއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޝަހީދަކަށް ހަތް ނިޢުމަތެއްވެއެވެ. އެއީ: 1 • އޭނާގެ ހަށިގަނޑުން އެންމެ ފުރަތަމަ އޮހޮރޭ ލޭތިއްކާއިއެކު، އޭނާގެ ހުރިހާ ފާފަތަކެއް ފޮހެވިގެން ދެއެވެ. 2 • މަރުވުމުގެ ކުރިން ސުވަރުގޭގައި އޭނާއަށްވާ ދަރަޖަ އޭނާއަށް ދައްކާލެވެއެވެ. 3 • ކައްވަޅުގެ ޢަޛާބުން އޭނާ ސަލާމަތްވެގެން ވެއެވެ. 4 • އެންމެ ބިރު ބޮޑުވެގެންވާ ދުވަހު (އެބަހީ ޤިޔާމަތް ދުވަހު) އޭނާއަށް އަމާންކަން ލިބިގެން ވެއެވެ. 5 • އޭނާގެ ބޮލުގައި ފަޚުރުވެރިކަމުގެ ތާޖެއް އެޅުވޭނެއެވެ. އޭގައިވާ އެންމެ ޔާޤޫތެއްވެސް މުޅި ދުނިޔެއާއި އެދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ. 6 • ސުވަރުގޭގައި ހަތްދިހަ ދެ ޙޫރުލް ޢީނުން އޭނާގެ އަނބީންގެ ގޮތުގައި ވެއެވެ. 7 • އަދި އޭނާގެ ތިމާގެ މީހުންކުރެ ހަތްދިހަ މީހުން ނަރަކައިން މިިންޖު ކުރުމަށް، އޭނާއަށް ޝަފާޢަތްތެރިވެވޭ ހުއްޓެވެ. اللهم ارزقنى الشهاده فى سبيلك ـــــــــــــــــ 📚ثوابت على درب الجهاد باب فِي ثَوَابِ الشَّهِيدِ 1663 ~ Heylaa

  • މުޙައްމަދު ބިން ޢަބްދުލްވައްހާބު ▪️ ވިދާޅުވިއެވެ. ❞ އީމާންކަމުގެ އެންމެ ވަރުގަދަވެގެންވާ އުޅައްގަނޑަކީ الله އަށްޓަކައި ލޯބިވުމާއި، الله އަށްޓަކައި ރުޅިއެރުމެވެ. ❝ ـــــــــــــــــ رواه المروزي في تعظيم قدر الصلاة 407/1 وابن أبي شيبة 30420 ~Heylaa

  • ✅ އިބްނު އަލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ. ⬆️⬆️⬆️⬆️⬆️⬆️⬆️⬆️⬆️⬆️⬆️ ❞ އިޚްލާޞްތެރިކަމާއި ތައުހީދު އަކީ ހިތުގައިވާ ގަހެކެވެ. އޭގެ ގޮފިތަކަކީ ހެޔޮ ޢަމަލެވެ. އޭގެ މޭވާ އަކީ މި ދުނިޔޭގައި ހޭދަކުރާ ހެޔޮ ޙަޔާތެވެ. އަދި އާޚިރަތުގައި ދާއިމަށް ލިބިދޭ ރާޙަތާއި ލައްޒަތެވެ. ސުވަރުގޭގައިވާ މޭވާތައް ފަދައިންނެވެ. އެލިބުން ހުއްޓުމެއް އަދި ހުސްވުމެއް ވެސް ނުވެއެވެ. އިޚްލާޞްތެރިކަމާއި ތައުހީދުގެ މޭވާ ވަނީ ހަމަ އެފަދައިންނެވެ. ޝިރުކުކުރުމާއި ދޮގުވެރިކަމާއި ދެއްކުންތެރިކަން ވެސް އެއީ ހިތުގައިވާ ގަހެކެވެ. އޭގެ މޭވާއަކީ ބިރުވެރިކަމާއި ، ހާސްވުމާއި، ކަންބޮޑުވުމާއި ވޭނާއި ކެކުޅުމާއި ހިތުގެ އަނދިރިކަމެވެ. އާޚިރަތުގައިވާ އޭގެ މޭވާއަކީ ޒައްޤޫމް އެވެ. އަދި ދާއިމަށް ލިބިދޭ ޢަޒާބެވެ. ❝ ـــــــــــــــــ الفواءد ٢٩٢ ~Heylaa

  • 7 авг.207из h3ylaa

    🤲 ✅ދުޢާ އިޖާބަކުރައްވާ ވަގުތެއް ! | ފުރުޞަތު ނަންގަވާ ނުލައްވާ ! ⬆️⬆️⬆️⬆️⬆️⬆️⬆️⬆️⬆️ ހުކުރުދުވަހުގެ ޢަޞުރު ފަހުން ކުރާ ދުޢާ ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. 🔴ހުކުރުދުވަހުގައި ބާރަ ‘ސާޢަތު’ވެއެވެ. މުސްލިމަކު ކަމަކަށް އެދި (ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައިފިނަމަ) އެކަމެއް ދެއްވާނެ ވަގުތުކޮޅެއް އޭގެ ތެރޭގައި ވެއެވެ. ފަހެ ޢަޞުރު ފަހުން އެންމެ ފަހު ‘ސާޢަތު’ ގައި އެ ވަގުތު ހޯދުމަށް މަސައްކަތް ކުރާށެވެ.“ 🔴(ހުކުރު ދުވަހުގެ ސާޢަތުތައް ގުނަން ފަށަނީ ފަތިސް ވަގުތުން ފެށިގެންނެވެ. (📖 شرح النووي على صحيح مسلم) (6 / 136) ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ކުރީގެ ވަގުތުތަކުގައި ތިޔަބޭފުޅުންގެ ދުޢާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާ އުޚްތުން ޝާމިލު ކުރައްވާށެވެ. މުސްލިމް އަސީރުން މިނިވަންވުމުގެ ހެޔޮ ތައުފީގަށް އެދި ދުޢާ ދަންނަވާށެވެ. ﷲ ގެެ މަގުގައި ޘާބިތު ކަމާއެކު ތިބި މުޖާހިދުންނަށް ކާމިޔާބު ދެއްވުމަށާއި އިސްލާމް ދީނުގެ ނަސްރަށް އެދި ދަންނަވާށެވެ. اللهم انصر الاسلام والمسلمين. اللهم انصر إخواننا المجاهدين فى كل مكان. ••┈┈┈┈┈┈┈┈┈┈┈••✦ ~Heylaa

  • без подписи

  • без подписи

  • إِنَّا كُنَّا أَذَلَّ قَوْمٍ فَأَعَزَّنَا اللَّهُ بِالْإِسْلَامِ فَمَهْمَا نَطْلُبُ الْعِزَّةَ بِغَيْرِ مَا أَعَزَّنَا اللَّهُ بِهِ أَذَلَّنَا اللَّهُ ❞ އަހަރުމެންނީ އިސްލާމްދީނުގެ ސަބަބުން الله ތަޢާލާ ޢިއްޒަތްތެރިކުރެއްވި ބައެކެވެ. ފަހެ އެނޫން ގޮތަކަށް އަހަރުމެން ޢިއްޒަތް ހޯދަން އުޅެފިނަމަ الله އަހަރުމެން ނިކަމެތިކުރައްވާނެއެވެ.❝ | ޢުމަރު ބްނުލް ޚައްޠާބު ▪️ ބައިތުލް މަޤްދިސް ފަތަޙަކުރެވުނުހިނދު، އެކަލޭގެފާނު އަމީރުލް މުއުމިނީން ޢުމަރު ބްނުލް ޚައްޠާބު 💚 ގެ އަރިހަށް މަދީނާއަށް ވަޑައިގަތެވެ. ދެން އަބޫ ޢުބައިދާ ▪️، އެކަލޭގެފާނު ސަވާރުކުރުވިއެވެ. އަދި އެދެބޭކަލުން ސަވާރުވެގެން ވަޑައިގެންނެވީ އެއްސަވާރީއެއްގެ މަތީގައިއެވެ. އަދި ދެސަވާރީގައި ދުއްވުމަށްވެސް އެދެބޭކަލުންނަށް ކުޅަދާނަވެގެންވީހެވެ. ދެން ވިދާޅުވިއެވެ. 'އެއްފަހަރު ތިބާއަށެވެ. އަނެއް ފަހަރު އަހުރެންނަށެވެ.' ދެންފަހެ އެބޭކަލުން މަގުގެ އެއްބަޔާއި ހަމައަށް ފޯރިހިނދު، ޢުމަރު ބްނުލް ޚައްޠާބު 💚 ފައިބާވަޑައިގެންނެވިއެވެ. އަދި އެފަހަރުގެ ސަވާރުވުންވަނީ އަބޫ ޢުބައިދާއަށެވެ. އަބޫ ޢުބައިދާ ▪️ވިދާޅުވިއެވެ. ދެންފަހެ ފެންގަނޑަކާއި ހަމައަށް ވަޑައިގަތްހިނދު ޢުމަރު ބްނުލް ޚައްޠާބު ❤️ ފައިބާވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ކަނާތްޕުޅުން، އެކަލޭގެފާނުގެ ދެފައިވާންޕުޅު ނަންގަވާ، ދެން ހުސްފައިންޕުޅާ ފެންގަނޑުގެ ތެރެއިން ހިންގަވަންފެއްޓިއެވެ. އެހިނދު އަބޫ ޢުބައިދާ، ޢުމަރު ބްނުލް ޚައްޠާބަށް ދެންނެވިއެވެ: ❞ އޭ އަމީރުލް މުއުމިނީނެވެ ! މިފަދައިން ކަންތައްކުރަނިކޮށް މީސްތަކުންނަށް ކަލޭގެފާނު ފެނުނުނަމަ ކަންތައްވާނީ ކިހިނަކުންހެއްޔެވެ !؟ ❝ އެހިނދު ޢުމަރު ބްނުލް ޚައްޠާބު ❤️ ވިދާޅުވިއެވެ: ❞ އޭ އަބޫ ޢުބައިދާއެވެ ! ތިބާ ފިޔަވައި އެހެން މީހަކު މިފަދައިން ބުނިނަމައެވެ ! އަހަރުމެންނީ އިސްލާމްދީނުގެ ސަބަބުން الله ތަޢާލާ ޢިއްޒަތްތެރިކުރެއްވި ބައެކެވެ. ފަހެ އެނޫން ގޮތަކަށް އަހަރުމެން ޢިއްޒަތް ހޯދަން އުޅެފިނަމަ الله އަހަރުމެން ނިކަމެތިކުރައްވާނެއެވެ.❝ ـــــــــــــــــ رواه الحاكم في المستدرك | 207 ~Heylaa

  • ❞ ﷲ ތަޢާލާގެ އަޅަކަށް ތިބާވުން ޢިއްޒަތަކަށް ތިބާއަށް ފުދެއެވެ. އަދި ތިބާގެ ރައްބަކީ ﷲ ތަޢާލާ ކަމުގައިވުން އެއީ ތިބާއަށް ފަޚުރަކަށް ފުދެއެވެ. ❝ ـــــــــــــــــ ✅އިބްނު އަލް ޤައްޔިމް ރަޙިމަހުﷲ الفوائد ~Heylaa

  • ޢުމަރު ބްނުލް ޚައްޠާބު ▪️ ، އެކަލޭގެފާނުގެ ▪️ އަރިހަށް ވަޑައިގަންނެވިހިނދު، ކުނަލެއްގެ މަތީގައި އެކަލޭގެފާނު އޮންނަވަނިކޮށް ފެނިވަޑައިގަތެވެ. އަދި އެކުނަލުގެ އަޘަރު އެކަލޭގެފާނު ހަށިކޮޅުގައި ހުއްޓެވެ. އެހިނދު ޢުމަރު ބްނުލް ޚައްޠާބު ▪️، އެކަލޭގެފާނަށް ދެންނެވިއެވެ. ❞ އޭ اللهގެ ރަސޫލާއެވެ ! ކަލޭގެފާނު އަރިކަށި ރައްކާކުރުމަށްޓަކައި ދާންކޮޅެއް ތިމަންމެން ހަދައިނުދޭންވީ ކީއްވެތޯއެވެ؟❝ އެހިނދު اللهގެ ރަސޫލާ ▪️ ޙަދީޘްކުރެއްވިއެވެ. ❞ مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا ❝ ¹ މާާނައީ :🔴ދުނިޔެއާއި ތިމަންކަލޭގެފާނާއި ކީއްހެއްޔެވެ !؟ ގަހެއްގެ ހިޔަލުގައި މަޑުކޮށްލާފައި، ދެން އެހިޔާ ދޫކޮށްދާ ދަތުރުވެރިއެއްފަދައިން މެނުވީ ތިމަންކަލޭގެފާނު ދުނިޔޭގައި ނުވަމުއެވެ.🔴 އަދި ޢަބްދުالله ބްނު ޢުމަރު ▪️ ގެ ޙަދީޘްގައި އައިސްފައިވެއެވެ. ވިދާޅުވިއެވެ. ހަމަކަށަވަރުން اللهގެ ރަސޫލާ އަހުރެންގެ ކޮނޑުގައި ހިއްޕަވާފައި ޙަދީޘްކުރެއްވިއެވެ. ❞ كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ، أَوْ عَابِرُ سَبِيلٍ ❝ ² މާނައީ:🔴އޭ ޢަބްދުالله އެވެ ! ބީރައްޓެއްސެއް ފަދައިން ނުވަތަ މަގެއް ހުރަސްކޮށްލާފައިދާ (ދަތުރުވެރިއެއް) ފަދައިން ތިބާ ދުނިޔޭގައި ވާށެވެ !🔴 (ރާވީ) ވިދާޅުވިއެވެ: ދެންފަހެ ޢަބްދު الله ބްނު ޢުމަރު ▪️ ވިދާޅުވެއެވެ: ❞ إِذَا أَمْسَيْتَ فَلاَ تَنْتَظِرِ الصَّبَاحَ، وَإِذَا أَصْبَحْتَ فَلاَ تَنْتَظِرِ الْمَسَاءَ ❝ ³ މާނައީ: 🔴ތިބާ ހަވީރުކޮށްފިއްޔާ، ހެނދުނަށް އިންތިޒާރު ނުކުރާށެވެ. އަދި ތިބާ ހެނދުނުކޮށްފިނަމަ، ހަވީރަށް އިންތިޒާރު ނުކުރާށެވެ.🔴 ـــــــــــــــــ ¹ كتاب الزهد عن رسول الله ▪️ 2377 ² رواه البخاري 6416 ³ رواه البخاري 6416 ~Heylaa

  • без подписи

  • ކީރިތި قرآن 📚ގެ ތަފްސީރުގެ ތެރެއިން | 💬 ސޫރަތުލް ކަހަފްގެ ތަފްސީރު | ލިޔުނީ: ޖަޢުފަރު ފާއިޒު رحمه الله

  • ✅ ޢަބްދުالله ބްނު ޢުމަރު ▪️ ގެ ޙަދީޘްގައި އައިސްފައިވެއެވެ. ވިދާޅުވިއެވެ. ހަމަކަށަވަރުން اللهގެ ރަސޫލާ އަހުރެންގެ ކޮނޑުގައި ހިއްޕަވާފައި ޙަދީޘްކުރެއްވިއެވެ. ❞ كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ، أَوْ عَابِرُ سَبِيلٍ ❝ 🔴 ބީރައްޓެއްސެއް ފަދައިން ނުވަތަ މަގެއް ހުރަސްކޮށްލާފައިދާ (ދަތުރުވެރިއެއް) ފަދައިން ތިބާ ދުނިޔޭގައި ވާށެވެ !🔴 ـــــــــــــــــ 📚رواه البخاري 6416 ~Heylaa

  • އެންމެ ހެޔޮވެގެންވަނީ ފުރަތަމަ ޤަރުނުގެ މީސްތަކުންނެވެ. ދެން އެއާއި ޖެހިގެން އައި ޤަރުނު ގެ މީސްތަކުންނެވެ. ދެން އެއާ ޖެހިގެން އައި ޤަރުނުގެ މީސްތަކުންނެވެ . ރަސޫލުބޭކަލުންގެ ތެރެއިން އެންމެ މާތް ބޭކަލަކީ: އަހަރެމެންގެ މާތް ނަބިއްޔާ ﷺ އެވެ. ނަބީބޭކަލުންނަށް ފަހު އެންމެ މާތްވެގެންވާ އިންސާނުންނަކީ: ¹ • އަބޫބަކުރު ▪️ • ޢުމަރު ▪️ • ޢުޘްމާން ▪️ • ޢަލީ ▪️ އެވެ. ✅ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ❞ خَيْرُكُمْ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ ❝ ² ❞ އެންމެ ހެޔޮވެގެންވާ ޤަރުނަކީ ތިމަންކަލޭގެފާނުގެ ޤަރުނެވެ. ދެން އެއާއި ޖެހިގެން އަންނަ މީހުންނެވެ. ދެން އެއާއި ޖެހިގެން އަންނަ މީހުންނެވެ. ❝ ـــــــــــــــــ ¹صحيح البخاري | كتاب فضائل الصحابة ²صحيح البخاري | كتاب الشهادات 📖تَعْلِيمُ الصِّبْيَانِ التَّوْحِيدَ | محمدبن عبد الوهاب رحمه الله ~Heylaa

  • އުމަރު އިބްނު އަލްޚައްޠާބުގެ ޚިލާފަތުގައި ، ފެން ނުލިބި ދުވަސްގަނޑެއް ފާއިތުވުމުން ކާނާގެ ވަރަށް ބޮޑު ދަތިކަމެއް މުސްލިމް އުންމަތަށް ކުރިމަތިވިއެވެ. ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ބަނޑުހައިހޫނުކަންވެސް ފެތުރިގެން ދިޔައެވެ. ބަނޑުހައިހޫނުކަމުގެ ވޭން ޢުމަރުގެފާނު އަމިއްލަފުޅަށްވެސް އިޙްސާސްކުރެއްވިއެވެ. އެކަލޭގެފާނުގެ އަމިއްލަ ބަނޑު ހުސްކަމުން ބަނޑުން އަޑުތައް އިވެމުން ދިޔައެވެ. ބަނޑުހައިހޫނުކަމުގައި ވީއިރުވެސް އެކަލޭގެފާނުގެ ބަނޑަށް މުޚާޠަބުކޮށް ވިދާޅުވެއެވެ. قرقري أو لا تقرقري - ❞ ތިބާ ބޭނުން ފަދައަކުން އަޑު އަޑު ލައްވާށެވެ. އޭ އަހަރެންގެ ބަނޑެވެ. ތިބާ އެދޭހާ ކަމެއް އެދޭހާ ވަރަކަށް އިހުތިޖާޖުކުރާށެވެ. އެންމެ ފުރަތަމަ މުސްލިމް އުންމަތުގެ ބަނޑު ފުރިގެން މެނުވީ ތިބާ ނުފުރޭ ހުއްޓެވެ. ❝ ✅މުޙައްމަދު ﷺ ޙަދީޘްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ❞ الله ގަންދީ ބުނަމެވެ. އޭނާ އީމާނެއް ނުވެއެވެ. الله ގަންދީ ބުނަމެވެ. އޭނާ އީމާނެއް ނުވެއެވެ. الله ގަންދީ ބުނަމެވެ. އޭނާ އީމާނެއް ނުވެއެވެ .❝ ދެންނެވުނެވެ. ❞ އެއީ ކާކު ހެއްޔެވެ ؟ އޭ الله ގެ ރަސޫލާއެވެ .❝ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ.❞ އެމީހެއްގެ ނުބައިތަކުން އެމީހެއްގެ އަވަށްޓެރިޔާ އަމާންވެގެން ނުވާ މީހާއެވެ.❝ ¹ ـــــــــــــــــ ¹ كتاب الأدب | باب إِثْمِ مَنْ لاَ يَأْمَنُ جَارُهُ بَوَايِقَهُ [ޞަޙީޙް ބުޚާރީ 6016] އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله ) [ދަރުހަކުންނެގިފައި] ~Heylaa