Galandān ގަލަންދާނު
Статистикаޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް Notes by, ibn Fahmī Dīdī عفا الله عنه Friends & family 🌐 English: @galandaan 🗣️ t.me/qalandhar?direct
- Последний пост
- 12 авг.
- Последнее чтение
- 19:14
- Постов за неделю
- 3
- Всего постов
- 21
- Тип
- открытый
- Язык
- английский
- Категория
- Языки
- В каталоге с
- 13 авг.
- 1/24сутки в ленте
- 363
- 1/48двое суток
- 415
- 1/72трое суток
- 448
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
2️⃣➖ Do You Have Ghayraa for Your Deen? — Shaykh Aḥmad Mūsā Jibrīl (source)
1️⃣➖ Do You Have Ghayraa for Your Deen? — Shaykh Aḥmad Mūsā Jibrīl (source)
Do You Have Ghayraa for Your Deen? - Part 2
🤫 ނަމާދުގެ ޞަފުތައް ސީދާކުރުމަށް ބޭނުންކުރާ ލަފްޒުތަކަކީ ހުރިހާ ޙާލަތެއްގައިވެސް ކިޔުން ވާޖިބު ލަފްޒުތަކެއް ހެއްޔެވެ؟ އަދި އެ ލަފްޒުތައް ކިޔަންޖެހެނީ ސީދާ ޢަރަބިބަހުން ވާރިދުވެފައިވާ ގޮތަށް އެކަނި ހެއްޔެވެ؟ 🔗 https://mono.glndn.com/s/QS57F84O1y — އައްޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ ޢަލްޢަދަވީ، އައްޝެއިޚް އިބްނު ޢުޘައިމީން ~ ގަލަންދާނު 🖋️
🗣 Are The Phrases For Straightening Prayer Rows Mandatory In All Cases, And Must They Be Spoken Exclusively As Narrated In Arabic? 🔗 https://mono.glndn.com/s/WooV5rTtM2 — Al-Shaykh Al-Muḥaddith Musṭafā Al-ʿAdawī , Al-Shaykh Ṣāliḥ Al- ʿUthaymīn ~ Galandān 🖋️
☑️ ނަމާދުން އަވަދިވެގެން އިމާމު މީހާ މައުމޫމުންނާއި ދިމާލަށް އެނބުރުމުގެ ފިޤުހުގައި ޚުލާޞާއެއް || މީގެ ދަށުން: މިކަމުގައި މައުމޫމު މީހާގެ މައްޗަށް އޮތް ސުންނަތަކާއިމެދު ހޭވެރިކުރުވުމެއް 🔗https://mono.glndn.com/s/RdNhKesIWm ~ ގަލަންދާނު 🖋️
Link fixed -އަދާހަމަކުރެވިފައި-
🧕 Rejoice, You Who Tenderly Safeguard Daughters! Al-Shaykh Al-Muḥaddith ʿAbdul ʿAzīz al-Khuḍayr 🔗 https://mono.glndn.com/6a2105d1ac6874fb2d58a98c ~ Galandān 🖋
Ruling On The One Who Abandons The Prayer —Al-Shaykh Al-Muḥaddith Sulaymān Al-ʿAlwān 📎 https://mono.glndn.com/6a33f97783dae23ca034840b ~ Galandān 🖋️
🔴ދީނީ ބަހަނާއެއްގައި ވިޔަސް ހިލޭ އަންހެނުންނާއި އެކީ ސޯޝަލް މީޑިއާގައި އެކަހެރިވާ ގޮތުގައި ޗެޓު ކުރުމުގެ މައްޗަށް ތަޙުޛީރު! ސުވާލު: އުޚްތަކު ސުވާލު ހުށަހަޅާފައިވަނީ ތުރުކީގައި ހުރި އޭނާގެ ބައްޕަފަރާތު ދެބެންގެ ދެދަރި ފިރިހެނަކާއި އެކު ވަޓްސްއަޕް މެދުވެރިކޮށް ވާހަކަދެއްކުމާއި ބެހޭގޮތުންނެވެ. (އެ ފިރިހެންމީހާ) އާއިލާގެ ޚަބަރުތައް އޮޅުންފިލުވުމަށް މެސެޖުކުރުމުން އުޚްތާ ޖަވާބުދެއެވެ. އަދި ދީނީ ފޮތްތަކާއި ލިޔުންތައް އޭނާއަށް ހިދާޔަތަށް އެދި ފޮނުވައެވެ. މިކަން ހުއްދަވާނެހެއްޔެވެ؟ ޖަވާބު: ހިލޭ ފިރިހެނަކާއެކު ޚަލްވަތު ވުމީ (އެކަހެރި ވުމީ) އަންހެނަކަށް ހުއްދަވެގެން ނުވާ ކަމެވެ. އެއީ އޭނާއާއި ގާތްތިމާގެ (އެހެނަސް މަޙުރަމަކަށް ނުވާ) ބައްޕަފަރާތު ދެބެންގެ ދެދަރި ފަދަ މީހަކު ކަމުގައި ވިޔަސް، މަންމަފަރާތު ދެބެންގެ ދެދަރި މީހަކު ކަމުގައި ވިޔަސް، ނުވަތަ އެނޫން ވިޔަސް މެއެވެ. އަދި އިންޓަރނެޓް މެދުވެރިކޮށް މުއާމަލާތްކުރުން ނުވަތަ ވާހަކަދެއްކުމުގައި އެކަހެރިވުމާ އެއްގޮތް ކަމެއް އެކުލެވިގެންވެއެވެ. އަދިކިއެއްހެއްޔެވެ؟ ބައެއް ފަހަރު، ޙަޤީޤީ އެކަހެރިވުމަށްވުރެ ވެސް މީގެ ގެއްލުން ބޮޑުވެދެއެވެ. އެއީ ރޭގަނޑާއި ދުވާލު، ހުރިހާ ވަގުތެއްގައިވެސް މިއީ ދެމިއޮންނަ ކަމަކަށް ވާތީއެވެ. އަދި ޙަދީޘްފުޅެއްގައި ވެއެވެ: «تُعْرَضُ الْفِتَنُ عَلَى الْقُلُوبِ كَالْحَصِيرِ عُودًا عُودًا، فَأَيُّ قَلْبٍ أُشْرِبَهَا نُكِتَ فِيهِ نُكْتَةٌ سَوْدَاءُ، وَأَيُّ قَلْبٍ أَنْكَرَهَا نُكِتَ فِيهِ نُكْتَةٌ بَيْضَاءُ، حَتَّى تَصِيرَ عَلَى قَلْبَيْنِ، عَلَى أَبْيَضَ مِثْلِ الصَّفَا فَلَا تَضُرُّهُ فِتْنَةٌ مَا دَامَتِ السَّمَاوَاتُ وَالْأَرْضُ، وَالْآخَرُ أَسْوَدُ مُرْبَادًّا كَالْكُوزِ، مُجَخِّيًا لَا يَعْرِفُ مَعْرُوفًا، وَلَا يُنْكِرُ مُنْكَرًا، إِلَّا مَا أُشْرِبَ مِنْ هَوَاهُ» ((ފިތުނަތައް ހިތްތަކަށް ހުށަހެޅެމުންދާނީ ކުނަލު-ހައި ⁽¹⁾ ހެން އެކަތިކޮޅަށްފަހު އަނެކަތިކޮޅުން ނެވެ. ފަހެ، އެ ފިތުނައިން ތެންމައިފި ކޮންމެ ހިތެއްގައި ކަޅު ތިއްކެއް ޖެހޭނެއެވެ. އަދި އެ ފިތުނައަށް އިންކާރުކުރި ކޮންމެ ހިތެއްގައި ހުދު ތިއްކެއް ޖެހޭނެއެވެ. އެއީ ހިތްތައް ދެބަޔަކަށް ބެހެވުމާއި ހަމައަށެވެ. (އެއިން އެކައްޗަކީ) އޮމާން ހުދު ގަލެއްފަދަ ހުދު ހިތެކެވެ. ފަހެ އުޑުތަކާއި ބިން ދެމިއޮތްހާ ހިނދަކު އެއްވެސް ފިތުނައަކުން ގެއްލުމެއް އެއަށް ނުފޯރާނެއެވެ. އަދި އަނެކެއްޗަކީ ދަމިލަ ޖަހާފައިވާ ކަޅުކުލައިގެ ހިތެކެވެ. ނުފުށަށް ޖެހިފައިވާ ލޮޓާ އެއް ފަދައެވެ.⁽²⁾ ހަވާ ނަފްސުން ބަލައިގަނެއްޖެ ކަމެއް ފިޔަވައި ހެޔޮކަމެއް ނުވެސް ދެކެދެނެގަނެއެވެ. އަދި ނުބަޔަކަށް އިންކާރެއް ނުމެ ކުރެއެވެ.)) — ރިވާކުރެއްވީ އިމާމު މުސްލިމް އެވެ. ވީމާ، އެ އުޚުތާ ގެ މައްޗަށް ވަނީ މި ގުޅުން ކަނޑާލުމެވެ. އެހެނީ އެއީ ޝައިޠާނާގެ ފިޔަވަޅުތަކުގެ ތެރެއިންވާ ކަމެކެވެ. والله اعلم. — އައްޝެއިޚް އަބޫ ހުމާމު އަލްއަޘަރީ (ތުރްކީ އަލްބިންޢަލީ) ރޭޑިއޯ ފަތުވާ (ނަންބަރު 628) ~ ގަލަންދާނު 🖋️ ــــــــــــــــــــ [1] ހައި : ކުނާ ވިޔަން ގެންގުޅޭ ހުއި. ހައި ނުވަތަ ކުނަލުހައި އަކީ ވަކިބާވަތެއްގެ ވިނަގަހެކެވެ. މިއީ ދިވެހި ކުނަލުގެ އެއްވަނަ ދަރަޖައިގެ ބާވަތެވެ. (ދިވެހިބަހުގެ ރަދީފު، އަދި މިލިޔުން ) [2] ލޮޓާ : ފެންއަޅާ ކުދިވަރުގެ ކުރާކަހަލަ އެއްޗެއް. މިއީ ލޮއިން ހަދައިފައި ހުންނަ ކަންވާރެކެވެ. މި ހުންނަނީ ކޮއްޔެއް ލައިފައި ވައްގަނޑެއް ނެތި ކުރުކޮށެވެ. — (ދިވެހިބަހުގެ ރަދީފު.)
🎤 ދީނީ ބަހަނާއެއްގައި ވިޔަސް ހިލޭ އަންހެނުންނާއި އެކީ ސޯޝަލް މީޑިއާގައި އެކަހެރިވާ ގޮތުގައި ޗެޓު ކުރުމުގެ މައްޗަށް ތަޙުޛީރު — #فتاوى_عبر_الأثير ((ފަތުވާ 628))
без подписи
ބަޞްރާގެ ޤަބީލާއެއްގެ ޝައިޚަކު ޔަތީމު ކުދިން އެއްކޮށް، އެކުދިންނަށް "ވަލީމާއެއް" (ބޮޑު ޖާފަތެއް) ދެނީ. 🎁🎁: ތުރުކީ ވިލާތުގެ މުސްލިމު ދެމަފިރިޔަކު ކައިވެނި ޙަފުލާގައި ދަޢުވަތު ދިން ފަރާތް ތަކަށް ހަދިޔަލުގެ ބަދަލުގައި ކޮންމެ މީހެއްވެސް ޔަތީމެއް ގެނައުމަށް ދަޢުވަތު ދިނުމުން ސަތޭކަވަރަކަށް ޔަތީމުން ހާޒިރުވި ވަލީމާގެ ވާހަކަ (ވީޑިއޯ)
• • • ޙަދީޘް: ”އެންމެ ނުބައިކަން ބޮޑު ކާނާ“ ⚙️ ޖާހިލިއްޔަ އާދަތަކުގެ ތެރެއިން: ކައިވެނީގެ ވަލީމާ ގައި އިސްކަންދޭ މީހުންނަކީ ހަމައެކަނި ޖާހާއި ޢިއްޒަތާއި މުއްސަނދި ކަން ހުރި މީހުން ކަމުގައި ހެދުމުގެ ނުބައިކަން 🔗 https://mono.glndn.com/s/tI8xpCghEx ~ ގަލަންދާނު 🖋️
без подписи
••• ⚙️ ޝަރަފުވެރި ނަފްސުތައް، ކަންކަމުގެ ތެރެއިން އެންމެ މަތިވެރި ކަންކަމަށް މެނުވީ ނުރުހެއެވެ. އެއީ ⬆️ﷲ ގެ މަގަށް ދަޢުވަތު ދިނުމާއި، ⬆️ޢިލްމު އުނގެނުމާއި ⬆️އެ ޢިލްމު އުނގަންނައިދިނުމާއި، ⬆️ﷲ ގެ މަގުގައި ޖިހާދުކުރުމާއި، އަދި ⬆️ޚަލްޤުތަކުންނަށް އިޙްސާންތެރިވުން ފަދަ ކަންކަމެވެ. ⚙️ އަދި ދަށުދަރަޖައިގެ ނަފްސުތައް އެނބުރި އުޅެނީ ޙަޞީލަތް ނުބައި، ހަޑިމުޑުދާރު ކަންކަމުގެ ވަށައިގެންނެވެ. އެއީ ⬆️ހުތުރުބަސް ބުނުމާއި، ⬆️(ކުށްތަކާއި ސިއްރުތަކަށް ފާރަލައި) ޖާސޫސްކުރުމާއި، ⁽¹⁾ ⬆️މުއުމިނުންނާ ދެކޮޅަށް (ފިތުނަ އުފައްދައި) ހިތްވަރުދިނުމާއި، އަދި ⬆️އަނިޔާވެރިންނާއި ޠާޣޫތުންނަށް ވާގިވެރިވުން ފަދަ ކަންކަމެވެ. — އައްޝެއިޙް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު) ~ ގަލަންދާނު 🖋️ ـــــــــــــــــــ [1] ޖާސޫސު ކުރުމުގެ ޢާންމު މާނައަކީ އެކަކު އަނެކެއްގެ އައިބުތަކާއި ފޮރުވިފައިވާ ކަންކަން ހޯދައި ފާރަލައި އުޅުމެވެ. އަދި އޭނާގެ އުނިސިފަތަކާއި ކުށްތައް ހާމަކޮށް އެނގިގަތުމުގެ ބޭނުމުގައި، އޭނާގެ ސިއްރުތައް ކޮނެ ހޯދައި ބެލުމެވެ. އަދި މިއީ ބަލިމަޑުކަމެކެވެ. އަދި މިޒަމާނުގައި މީސްމީޑިއާގައިވެސް މިބަލިމަޑުކަމަކީ ބޮޑުވެފައިވާ ކަމެކެވެ. އަލްޢަލްވާން ވިދާޅުވިއެވެ: ”ޖާސޫސްކުރުމުން (ނުވަތަ އެކަކު އަނެކަކަށް ފާރަލުމުގެ ނުބައި ސިފައާއި) ދުރުހެލިވުމަށް އިސްލާމްދީން މީސްތަކުންނަށް ނުހަނު ބާރުއަޅައި ގޮވާލައްވާފައިވެއެވެ. ސަބަބަކީ، މުސްލިމު އަޚާގެ އަބުރަށް އަރައިގަނެ، އޭނާ ހަލާކުގެ ތެރެއަށް ވައްޓާލުމާއި، (ބްލެކްމެއިލްކޮށް ނުވަތަ ޒާތީ ފައިދާއަށް) އޭނާގެ ސިއްރުތައް ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމަކީ، އިންތިހާއަށް ދަށުދަރަޖައިގެ، ވިއާނުދާ ޢަމަލެކެވެ. އަދި އެއީ އެކަންކުރާ މީހާގެ ހިތާއި ނަފްސުގެ އެންމެ ފުނަށް ފަސާދަ ވާޞިލުވެ މޫލާފައިވާ މިންވަރު ހާމަކޮށްދޭ ނުބައި އާފާތެކެވެ. (ބަލިމަޑުކަމެކެވެ.)“ —اهـ. ނޯޓް: މީގެ އިތުރުން ކާފަރުންގެ މަޞްލަޙަތަށް މުސްލިނުންނާއި ދެކޮޅަށް ޖާސޫސުކޮށްދިނުމަކީ ކުފުރުގެ ތެރެއިން ހިމެނޭ ކަމެކެވެ.
🗒 ޙިޖާބުވުން ހަމަކަށަވަރުން ﷲ —تبارك وتعالى— ހިލޭ ފިރިހެނުންނަށް އަންހެނާގެ ޒީނަތްތެރިކަން ފާޅުކުރުން ނަހީކުރެއްވިއެވެ. އޭގެ ތެރެއިން އަމިއްލައަށް ފާޅުވެގެންވާ ތަކެތި މެނުވީއެވެ. [އެބަހީ: ޟަރޫރަތަށްޓަކައި ނޫނީ އިޚްތިޔާރެއް ނެތި ފާޅުވާން ހުރި އެއްޗެއް މެނުވީއެވެ.] އަދި ހިލޭ ފިރިހެނުން ކިބައިން حِجَاب ވުމަށް (ފަރުދާވުމަށް) އެކަނބަލުންނަށް އެއިލާހު އަމުރުކުރެއްވިއެވެ. ފަހެ އަންހެނަކު އޭނާގެ މުޅި ހަށިގަނޑު ނިވާކޮށްގެން މެނުވީ حِجَاب ވެގެން ހުރި މީހަކަށް ނުވާނެއެވެ. އަދި އޭގެ ތެރޭގައި މޫނުވެސް ހިމެނެއެވެ. އެކަން ވާޖިބުވުމުގެ ދަލީލުތައް ގިނަގުނައެވެ. އޭގެ ތެރެއިން ﷲ تعالى ގެ މި ވަޙީބަސްފުޅު ހިމެނެއެވެ: : ▶️وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِن وَرَاءِ حِجَابٍ ۚ ◀️ ((އަދި އެކަނބަލުން ގެ ކިބައިން ތިޔަބައިމީހުން އެއްޗަކަށް އެދޭނަމަ، ފަހެ، حِجَاب އެއްގެ އަނެއްފަރާތުން ތިޔަބައިމީހުން އެކަނބަލުންނާ ސުއާލު ކުރާށެވެ!)) އަދި މި މާތް އާޔަތަކީ ނަބިއްޔު ﷺ ގެ އަނބިއަނބިކަނބަލުންނާއި މެދު އޮތް އާޔަތެއް ކަމަކު، އަދި ޞައްޙަ ޙަދީޘް ތަކުން ވާރިދުވެފައިވާ ފަދައިން އެ އާޔަތުގެ سبب النزول އަކީ (އެބަހީ: އެސަބަބަކާއި ހުރެ އެއާޔަތް ބާއްވައިލެވުނު ސަބަބަކީ) އެބޭކަނބަލުންގެ ކަންތަކާއި މެދުގައި ވީހިނދުހައި ވެސް، އޭގެ ޙުކުމަކީ ހުރިހާ އަންހެނުންނަށް ޢާންމުގޮތެއްގައި ޝާމިލުވެގެންވާ ޙުކުމެކެވެ. އަދި އެކަމަށް ބާރުދެނީ، އެ ޙުކުމުގެ ސަބަބު ބަޔާންކުރައްވައި އާޔަތުގައި ދެން އައިސްފައިވާ މި ބަޔާނުންނެވެ: ▶️ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ◀️ ((ތިޔަބައިމީހުންގެ ހިތްތަކަށާއި، އެކަނބަލުންގެ ހިތްޕުޅުތަކަށް އެންމެ ޠާހިރުކަންބޮޑީ އެގޮތެވެ.)) ޙިޖާބުވުމަކީ މާތްކަމާއި ދަރަޖައިގެ ގޮތުން އެފަދަ ދެވަނައެއް ނެތް ޞަޙާބީން -رضي الله عنهم- ގެ ހިތްތަކަށާއި، ޠާހިރުކަމާއި ޢިއްފަތްތެރިކަމުގެ ގޮތުން އެފަދަ ދެވަނައެއް ނެތް ރަސޫލު ﷺ ގެ އަނބިއަނބިކަނބަލުންގެ ހިތްތަކަށް؛ "ޠާހިރުކަމެއް" ކަމުގައި ވާނަމަ، ފަހެ، އެބޭކަލުންނާއި އެކަނބަލުންގެ ފަހުން އައި މީހުންގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެއުރެންނީ ދަރަޖައިގެ ގޮތުން އެބޭކަލުންނާއި އެކަނބަލުންނަށްވުރެ މާ ދަށުގައިވާ ބައެކެވެ. އެހެންކަމުން، (ސަބަބު އެބައެއްގެ ފުށުގައި ބޮޑަށް އޮތަތީވެ) ޙުކުމް ޙައްޤުވުން އައުލާ ވެގެންވާ މަގަށް ބަލާނަމަ، އެ އެންމެންވެސް މި ޙުކުމުގައި ޝާމިލުވެގެން ވެއެވެ. — އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުﷲ އައްސަޢްދު (ބަސްކޮޅު، 1 ، 2، 3) ~ ގަލަންދާނު 🖋️ ــــــــــــــــــــــــ 🎁🎁 މިމަސްއަލައާއި ގުޅުން ހުރި ބައެއް ލިޔުން ⚙️ޙިޖާބުގެ ޞައްޙަ ޞިފަތައް (ފޮޓޯ) ⬆️އަންހެނާ މޫނު ފޮރުވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ (ފަތުވާ) ⬆️ޙިޖާބު ނުވުމަކީ ފާފައެކެވެ. އެއާއި ދެކޮޅަށް ވަކާލާތު ކުރުމަކީ ކުފުރެކެވެ. (ބަސްކޮޅު) ⬆️ހިޖާބުވުމުގެ މައްސަލާގައި ﷲ އަށް އުރެދި މައިންބަފައިންނަށް ކިޔަމަންވުމެއް ނުވެއެވެ. (ބަސްކޮޅު) ⬆️އަންހެނާގެ ބުރުގާގައި ވުޟޫކުރުމުގައި (ޚުއްފާއި ފަގުޑީގައި ފެންފުހޭ އުޞޫލާއި އެއްގޮތަށް) ފެންފުހެވުން ވޭހެއްޔެވެ؟ (ފަތުވާ) ⬆️A Note On The Ruling On Islamic Ḥijāb According To The Four Imāms [Article] ⬆️Ruling On Segregation Of Young Children From Opposite Gender And The Issues Related In Observing Ḥijāb Between Them And Non-maḥrams (Fatwā)
⌝ޢިލްމުވެރިންގެ ޤަޥްލުތަކުގެ ތެރެއިން⌜ ރަނގަޅު ބުނުމަކީ، ⌝އިސްތިޘްނާއެއް ނެތި⌜ ހުރިހާ ހެޔޮ ޢަމަލެއްގައި ވެސް، އެ ޢަމަލެއް ކުރި މީހާ އޭގެ ޘަވާބު މަރުވެފައިވާ މީހަކަށް ހަދިޔާކުރުމަށް ނިޔަތްގަނެފިނަމަ، އެމައްޔިތަކަށް އެޘަވާބު ފޯރާނޭކަމެވެ. އަދި މިއީ އިބްނު ތައިމިއްޔާ ރާޖިޙްކުރެއްވި ގޮތެވެ. އަދި އެކަމުގެ މައްޗަށް އެކަލޭގެފާނު ވިހި ދަލީލެއް ޛިކުރުކުރައްވާފައިވެއެވެ. އަދި އިބްނުލް ޤައްޔިމްވެސް މިގޮތް ރާޖިޙްކުރައްވައި، އެކަމުގެ މައްޗަށް ދިހަ ދަލީލެއް ޛިކުރުކުރައްވާފައިވެއެވެ. — ޢަބްދުﷲ އައްސަޢްދު (ބަސްކޮޅު) ~ ގަލަންދާނު 🖋️
без подписи
ޝައްކުއުފެދޭ ނުވަތަ ޙަރާމް ވަސީލަތްތަކުން އާމްދަނީ ހޯދާފައިވާ މީހެއްގެ މުދަލުން މަންފާއެއް ލިބިގަތުމުގެ ޙުކުމް 🔗https://mono.glndn.com/s/rJYNHtKGb7 ~ ގަލަންދާނު 🖋️