Faidhaa
Статистикаޢިލްމީ ފައިދާ - ކުރުކޮށް ފޮނިކޮށް Managed by طلاب العلم
- Последний пост
- 20 июл.
- Последнее чтение
- 15 авг.
- Постов за неделю
- 0
- Всего постов
- 27
- Тип
- открытый
- Язык
- арабский
- Категория
- Новости и СМИ (по похожим)
- В каталоге с
- 13 авг.
- 1/24сутки в ленте
- 151
- 1/48двое суток
- 173
- 1/72трое суток
- 186
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
⚪ ހަމަކަށަވަރުން دنيا ގެ مثال އަކީ ހަރުފައެއްގެ مثال އެވެ. 🖋️ الْإِمَامُ أَبُو بَكْرِ عَبْدِ اللَّهِ بْنُ مُحَمَّد بْنِ عُبَيْدٍ الْقُرَشِيُّ الْبَغْدَادِيُّ، اِبْنُ أَبِي الدُّنْيَا (281ހ.) ވިދާޅުވިއެވެ: «عَلِيُّ بْنُ أَبِي طَالِبٍ – رَضِيَ اللَّهُ عَنْهُ –، سَلْمَانَ الْفَارِسِيِّ – رَضِيَ اللَّهُ عَنْهُ – އަށް ލިޔުއްވިއެވެ: އެއަށްފަހު ދަންނައެވެ. ފަހެ ހަމަކަށަވަރުން دنيا ގެ مثال އަކީ ހަރުފައެއްގެ مثال އެވެ: އޭގެ ފިރުމުމާއި ހޭކިލުން އޮމާންވެ މަޑެވެ. ދެން އޭގެ ވިހައިން قتل ކޮށްލާ މަރައިލަތެވެ. ފަހެ އެހެންކަމުން، دنيا އާ އެކުގައި ތިބާވަނީ މަދު މިންވަރެއްގައިވުމުން، އޭގެއިން ތިބާ ހިތްއެދޭ عجائب ކުރުވާ ކަންކަމުން ފަހެ ތިބާ ފުރަގަސްދޭށެވެ. އަދި ތިބާ دنيا އާ ވަކިވާންޖެހޭނެކަން ތިބާއަށް ކަށަވަރުވެ يقين ވެގެން ވާތީ، އޭގެ ހާސްކަމާއި ގިލަންތައް ތިބާގެ ކިބައިން ދޫކޮށްލާށެވެ. އަދި دنيا ގައި ތިބާ އެންމެ އުފާވާ ހިނދު، އެ دنيا މެދުގައި އެންމެ ބޮޑަށް ހުށިޔާރުވެ ސަމާލުވާށެވެ. ފަހެ އެހެނީ، އޭގެ صاحب މީހާ، އޭގެ އުފަލަކަށް ހިތްހަމަޖެހިލާ ކޮންމެ ހިނދެއްގައި، ހިތްނޭދޭ كراهة ތެރި ކަމެއް އައިސް، އެ އުފަލުން އޭނާ ދުރުކޮށްލުވަތެވެ. އަދި ވަރަށް سلام އެވެ.» 📕 [الزهد لابن أبي الدنيا: ١/٨٠، أدب الدنيا والدين للماوردي: ١/١٠٩]
⚪ ފަހެ، ذكر ތަކާއި دعاء ތަކުގެ ތެރެއިން އެންމެ فضل ވެ ހެޔޮވެގެންވަނީ نبوي ذكر ތަކާއި دعاء ތަކެވެ. 🖋️ شَيْخُ الإِسْلَامِ تَقِيُّ الدِّينِ أَبُو العَبَّاسِ أَحْمَدُ بْنُ شِهَابِ الدِّينِ أَبِي المَحَاسِنِ عَبْدِ الحَلِيمِ بْنِ مَجْدِ الدِّينِ أَبِي البَرَكَاتِ عَبْدِ السَّلَامِ، ابْنُ تَيْمِيَةَ النُّمَيْرِيُّ الحَرَّانِيُّ الدِّمَشْقِيُّ (728ހ.) ވިދާޅުވިއެވެ: "ފަހެ، ذكر ތަކާއި دعاء ތަކުގެ ތެރެއިން، ހެޔޮކަމަށް އެދޭމީހާ اختيار ކުރުން އެންމެ ހެޔޮވެގެންވަނީ، نبوي دعاء ތަކާއި ذكر ތަކެވެ. އަދި އެ މަގުން ހިނގާ މީހާވަނީ أمان ކަމާއި سلامة ތެރިކަމުގެ މަގުގައެވެ. އަދި އެއިން حاصل ވެ ލިބިދޭ فائدة ތަކާއި نتيجة ތަކަކީ، ދުލަކުން تعبير ނުކޮށްދެވޭނެ، އަދި إنسان އަކަށް ވަށައިގަނެވި އެނގި ނަގައިގަނެވޭނެ ކަންކަމެއް ނޫނެވެ. އެނޫން ذكر ތަކަށް ބަލާއިރު، އޭގެ ތެރޭގައި ފަހަރުގައި حرام އެއްޗެހި، ނޫނީ ފަހަރުގައި مكروه އެއްޗެހި، ނުވަތަ ގިނަ މީހުންނަށް ދެނެގަންނަން ނޭނގޭ ފަދަ شرك ގެ ކަންތައްތައް ފަހަރުގައި އެކުލެވިގެންވެދާނެއެވެ. އަދި އެއީ އޭގެ تفصيل ތައް جملة ގޮތެއްގައި ދިގުވެގެންވާ ކަމެކެވެ." 📚 [مجموع الفتاوى لابن تيمية: ٢٢/٥١١، الفتاوى الكبرى لابن تيمية: ٢/٢١٥] #Thazkiyah
⚪ ތިބާއަށް އެކަމުގައި إمام އެއްގެ كلمة އެއް ނުވާ ބަސްތައް ތިބާ ނުބުނާށެވެ. 🖋️ الإمام أَبُو عَبْدِ اللَّهِ أَحْمَدُ بْنُ مُحَمَّدِ بْنِ حَنْبَلٍ الذُّهَلِيُّ الشَّيْبَانِيُّ (241ހ.) ވިދާޅުވިއެވެ: «ތިބާއަށް އެކަމުގައި إمام އަކު ނުވާ ހަމަ އެންމެ كلمة އެއް ބުނެ ހެދުމުންވެސް ތިބާ ހުށިޔާރުވެ ރައްކާތެރިވާށެވެ.» 📔📕 [تهذيب الأجوبة لابن حامد الحنبلي: ١/١٧، المسودة في أصول الفقه لمجد الدين بن تيمية: ١/٤٥٠، صفة المفتي والمستفتي لابن حمدان: ١/٣٥٦، صفة الفتوى لابن حمدان: ١/١٠٥] #Thazkiyah
⚪ ފާފައިގެ سبب އިން ތިބާ ރޭއަޅުކަން ކުރުމުން محروم ކުރުވާކަން ތިބާ ދަންނަމު ހެއްޔެވެ؟! 🖋️ زَيْنُ الدِّينِ أَبُو الْفَرَجِ عَبْدُ الرَّحْمَنِ بْنُ أَحْمَدَ بْنِ عَبْدِ الرَّحْمَنِ بْنِ الْحَسَنِ السَّلَامِيُّ الْبَغْدَادِيُّ الدِّمَشْقِيُّ، الْحَافِظُ ابْنُ رَجَب (795ހ.) ވިދާޅުވިއެވެ: «ابن مسعود – رضي اللّٰه عنه – އަށް ދެންނެވުނެވެ: އަހަރެމެންނަކަށް ރޭ އަޅުކަން ނުކުރެވި قيام الليل އަށް ނުކުޅެދިގެންވެއެވެ. އެބޭފުޅާ ވިދާޅުވިއެވެ: ކަލޭމެންގެ ފާފަތަކުގެ سبب އިން ކަލޭމެންނަށް އިށީނދުވައި އެކަން ކުރުމުން ދުރުކުރެވި ނުކުޅެދެނީއެވެ! އަދި الإمام الحسن البصري އަށް ދެންނެވުނެވެ: ގައިމު އަހަރެމެން ރޭ އަޅުކަން ކުރުމުން ނުކުޅެދިއްޖެއެވެ. އެބޭފުޅާ ވިދާޅުވިއެވެ: ކަލޭމެންގެ ކުށްފާފަތަކުގެ سبب އިން ކަލޭމެން އެކަން ކުރުމުން ހައްޔަރުވެ ހިފެހެއްޓިފައިވަނީއެވެ! އަދި الإمام الفضيلُ بن عياض ވިދާޅުވިއެވެ: ތިބާއަށް ރޭ އަޅުކަން ކުރުމަށާއި ދުވާލު ރޯދަހިފަން ކުޅަދާނަ ނުވާނަމަ، ފަހެ ތިބާ ދަންނާށެވެ. ހަމަކަށަވަރުން ތިބާ ވާނީ محروم ވެގެންނެވެ. ތިބާ ތަޅުއެޅުވި ހައްޔަރު ކުރެވެނީ ތިބާގެ ފާފަތަކުގެ سبب އިންނެވެ. އަދިވެސް الإمام الحسن البصري ވިދާޅުވިއެވެ: ހަމަކަށަވަރުން އަޅާ ފާފައިން ފާފަކުރެއެވެ. ފަހެ ދެން އޭގެ سبب އިން އޭނާ ރޭ އަޅުކަން ކުރުމުން محروم ކުރުވަތެވެ. ބައެއް سلف ން ވިދާޅުވިއެވެ: ފާފައަކުން އަހުރެންނަށް ފާފަ ކުރެވެއެވެ. ފަހެ އެހާރުން ހަމަސްވަންދެން ރޭ އަޅުކަން ކުރުމުން އަހުރެންނަށް محروم ވެގެން ދެއެވެ.» 📚📕 [حلية الأولياء وطبقات الأصفياء لأبي نعيم الأصبهاني: ٨/ ٩٦، وصفة الصفوة لابن الجوزي: ٢/ ٢٣٨، لطائف المعارف فيما لمواسم العام من الوظائف لابن رجب: ١/٨٨] #Thazkiyah
⚪ އަޅުކަމެއްގެ نصيب އަކަށްވުރެ، علم އެއްގެ نصيب އެއް، މާ ލޮބުވެތިވެގެންވެސްދެއެވެ. 🖋️ الإمام أبو عبد الله مُطَرَفِ بنِ عَبدِ اللَّهِ بن الشِّخِّيرِ الحرشي العامري (95ހ.) ވިދާޅުވިއެވެ: «އަޅުކަމެއްގެ نصيب އަކަށްވުރެ، علم އެއްގެ نصيب އެއް، އަހުރެންނަށް މާ ލޮބުވެތިވެގެންވެއެވެ. އަދި އަހުރެންނަށް بلاء ވެރިކަމެއް ޖެހި، އަހުރެން ކެތްތެރިވުމަށްވުރެ، އަހުރެންނަށް عافية ލިބި އަހުރެން شكر ވެރިވުން، އަހުރެންނަށް މާ ލޮބުވެތިވެގެންވެއެވެ. އަދި ވިދާޅުވިއެވެ: އަދި އެކަމުގައި އެއްވެސް ނުބައެއް ނުވާ ހެޔޮކަމަކަށް އަހުރެން ބެލީމެވެ. އެގޮތުން عافية ލިބި شكر ވެރިވުންފަދަ مثال ގައިވާ އެހެންކަމެއް އަހުރެންނެއް ނުދެކެމެވެ.» 📚 [المصنف لعبد الرزاق الصنعاني: ١٠/٢٨٨] #Thazkiyah
⚪ سنة ގެ މަތީގައި ކުރެވޭ މަދު عمل އެއްވިޔަސް، بدعة ގެ މަތީގައި ކުރެވޭ ގިނަ عمل ތަކަށް ވުރެ މާ އިތުރުކަން ބޮޑުވެ ހެޔޮވެގެންވާކަން 🖋️ أَبُو عَبْدِ الرَّحْمَن عَبْدُ اللَّهِ بْنُ مَسْعُودٍ الصَّاهِليّ الْهُذَلِيّ (32ހ.) – رَضِيَ اللَّهُ عَنْهُ – ވިދާޅުވިއެވެ: «سنة ގެ މަތީގައި ކުރެވޭ މަދު عمل ވެސް، بدعة ގެ މަތީގައި ކުރެވޭ ގިނަ عمل އަށްވުރެ މާ ހެޔޮވެގެންވެއެވެ.» 📗 [الإبانة الكبرى لابن بطة: ١/٣٥٧] #Thazkiyah
⚪ އެންމެހާ رسول ންގެ دعوة ގެ ފޮނިކޮޅުވަނީ އަދި އެއެއް އެވަށާ އެނބުރޭ مدار ވަނީ އެ إله ގެ މި قول ގެ މައްޗަށެވެ. 🖋️ الشيخ أَبُو عَبْدِ اللَّهِ عَبْدُ الرَّحْمَنِ بْنُ نَاصِرٍ بْنِ عَبْدِ اللَّهِ السَّعْدِيُّ النَّاصِرِيُّ التَّمِيمِيُّ (1376ހ.) ވިދާޅުވިއެވެ: «އަދި އެންމެހާ رسول ންގެ دعوة ގެ ފޮނިކޮޅުވަނީ އަދި އެއެއް އެވަށާ އެނބުރޭ مدار ވަނީ އެ إله ގެ މި قول ގެ މައްޗަށެވެ: ﴿أَنۡ أَنذِرُوۤا۟ أَنَّهُۥ لَاۤ إِلَـٰهَ إِلَّاۤ أَنَا۠ فَٱتَّقُونِ﴾ معنى އީ: "ތިޔަބައިމީހުން إنذار ކުރާށެވެ! ހަމަކަށަވަރުން، ތިމަން إله މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަން إله އަށް تقوى ވެރިވާށެވެ!" 📖 [سُورَةُ النَّحۡلِ: ٢] އެބަހީ: ﷲ تعالى معرفة ކޮށް ދެނެގަތުމާއި އަދި އެ إله އެއްކައުވަންތަކޮށް توحيد ކުޅައުމެވެ. އެއީ އެ إله ގެ عظيم މަތިވެރި صفة ފުޅުތަކާއި، އެއީ އެ إله ގެ ألوهية ގެ صفة ފުޅުތަކާއި، އަދި އެ إله އަށް އެކަނި އަޅުކަންކުރުމާއި، އެ إله އާ އެހެން އެއްވެސް ބައިވެރިއަކު شريك އަކު ނުވާކަމެވެ. ފަހެ އެ إله ގެ ފޮތުގައި އެ إله ބާވައިލެއްވި ކަމަކީ އެއީއެވެ. އަދި އެ إله ގެ رسول ން ފޮނުއްވެވުނު ކަމަކީވެސް އެއީއެވެ. އަދި މުޅި شريعة އެކަމަކަށް دعوة ދީ ގޮވައިލެވޭ ކަމަކީވެސް އެއީއެވެ. އަދި އެއާ ދެކޮޅުވެ ހަނގުރާމަ ކުރާ މީހަކާ جهاد ކުރެވުމަށް ބާރުއެޅެއެވެ. އަދި އެއާ ދެކޮޅުވާ ބަޔެއްގެ މައްޗަށް ތެދުވެވެއެވެ.» 📖 [تفسير السعدي = تيسير الكريم الرحمن ١/٤٣٥] #Quran #Aqeedha
⚪ އެންމެ ގަދަފަދަ އުނދަގޫ عمل ތަކުގެ ތެރޭގައި... 🖋️ الْإِمَامُ أَبُو مُحَمَّد الرَّبِيع بْن سُلَيْمان المُرَادي، صَاحِبُ الْإِمَامُ الشَّافِعِيُّ (270ހ.) ވިދާޅުވިއެވެ: «الْإِمَامُ الشَّافِعِيُّ ވިދާޅުވަނިކޮށް އަހުރެން އަޑުއެހީމެވެ: އެންމެ ގަދަފަދަ އުނދަގޫ عمل ތަކަކީ ތިނެކެވެ: (އެ ތިން عمل އަކީ:) 1- މަދު އެތިކޮޅަކުން ދީލަތްތެރިވުމެވެ. 2- އަދި އެކަހެރިވެ އެކަނިވެރިވާއިރު ورع ވެރިވުމެވެ. 3- އަދި އެދެވޭ ފަރާތާއި ޖެހިލުންވާ ފަރާތުގެ ކުރިމަތީގައި حق كلمة ބުނުމެވެ.» 📕 [الفوائد والأخبار لابن حمكان: ١/١٣٣، مناقب الإمام أحمد: ص: ٤٥٥ - ٤٥٦] ـــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــ ✒️ އަދި الْإِمَامُ بشر بْن الْحَارِث الحافي (227ހ.) ގެ އަރިހުންވެެސް ހަމަ އެފަދައިން އައިސްފައިވާ ކަމުގައި ذكر ވެވިގެންވެއެވެ. 📕 [الرسالة القشيرية: ١/٢٣٥، الغنية لطالبي طريق الحق لعبد القادر الجيلاني: ١/٢٥٢] #Thazkiyah
⚪ قرآن އާއި ލަވަޔާއި މިޔުޒިކު، އެއްހިތެއްގައި ދުވަހަކުވެސް އެކުވެ جمع ނުވާނެތެވެ! «ފަހެ ހަމަކަށަވަރުން، قرآن އާއި ލަވަމިޔުޒިކު، އެއްހިތެއްގައި ދުވަހަކުވެސް އެކުވެ جمع ނުވާނެތެވެ. އެއީ އެދޭތީގެ ދެމެދުގައިވާ އިދިކީލަކަމާއި އިދިކޮޅުކަމުގެ سبب އިންނެވެ. ފަހެ ހަމަކަށަވަރުން، قرآن އިން نهي ކުރަނީ، هوى އަށް تبع ވުމުންނެވެ. އަދި އެ أمر ކުރަނީ، عفة ތްތެރި ކަމަށާއި، نفس ގެ شهوة ތްތަކުންނާއި ފުރެދުންތަކުގެ سبب ތަކުން ދުރުވެ އެއްކިބާވުމަށެވެ. އަދި ލަވަޔާއި މިޔުޒިކުން أمر ވަނީ، އެހުރިހާ ކަމެއްގެ ދިމާ އިދިކޮޅަށެވެ. އަދި ޚުދު އެފަދަ ކަންކަން ރިވެތި ކޮށްލުވާ ސަޅި ކޮށްލުވަތެވެ. އަދި ފުރެދުމުގެ شهوة ތްތަކަށް نفس ކައްކުވައިލާ هيجان އުފައްދައިލަތެވެ. ދެން އެ نفس ގެ އެންމެ އަޑީ އެތެރޭގައިވާ ކަންކަން ހިލިގަނެއެވެ. އަދި އޭގެ މަތީގައިވާ މީހާއަށް، ތުރާލާއި އުނދަގޫ ޖައްސުވައިލަތެވެ. އަދި އޭނާގެ نفس حركات ކުރުވައި ގެންގޮސް ހުރިހާ މުޑުދާރުވެގެންވާ ކަންކަމަށް ވައްޓުވައިލާ ގެންދެއެވެ. އަދި ކޮންމެ ފަރިޗާލު އަންހެނުންނާއި ނަލަޗާލު ފިރިހެނުންތައް ގުޅުވައިލަދިނުމަށް އެ ގެންގޮސް ދެއެވެ. އަދި އެއާއި ރަލަކީ އެއްކިރުން ކިރުބޮއެގެންވާ އެއްކިރު ދޭއްޗެވެ. އަދި އެދޭތިން ހަޑިހުތުރު ކަންކަމަށް هيجان އުފައްދުމުގައި އެދޭއްޗަކީ ވާދަޖަހާ ދެއަސްފަދައެވެ. ފަހެ އެހެނީ، އެ އެއީ، ރަލުގެ އެއްއަޞްލަކުންވާ އެއްޗެކެވެ. އަދި އެއީ އޭގެ އެއްކިރުންވާ އެއްޗެކެވެ. އަދި އެއީ އޭގެ نائب އެވެ. އަދި އެއީ އޭގެ ވާގިވެރިޔާއެވެ. އަދި އެއީ އޭގެ ގާތް ރަޙްމަތްތެރިޔާއެވެ. އަދި އޭގެ އެކުވެރިޔާއެވެ. އެދޭތީގެ ދެމެދުގައި شيطان އާ ވަނީ، فسخ ވެ ނެތި އުވިނުދާ أخ ވަންތަ ކަމުގެ عقد އަކުން އެދޭތި عقد ކޮށް ގޮށްޖަހައިފައެވެ. އަދި އެދޭތި ދެމެދުގައި ވަނީ، نسخ ނުވާ وفاء ތެރި شريعة އަކުން حكم ކުރެވިފައެވެ. އަދި އެ ލަވަޔާއި މިޔުޒިކަކީ، ހިތްތަކަށް ފާރަލާ ހިތްތަކުގެ جاسوس އެވެ. އަދި مروءة ތްތެރިކަން ވަގަށްނަގާ ވަގެކެވެ. އަދި ބުއްދިއަށް އެޅޭ ފަންޏެކެވެ. ހަލުވިކޮށް އަވަސްއަވަހަށް ހިތްތަކުގެ އެންމެ އަޑީ ފުނަށާއި، ހިތުގެ އެދުންތަކުގެ ފޮރުވިފައިވާ سر ތަކުގެ ތެރެއަށް ވަދެގަންނަ އެއްޗެކެވެ. އަދި خيال ތައް ކުރާ ތަނުގެ ތެރެއަށް މަޑު މަޑުން ވަދެ ފެތުރިގަނެއެވެ. ފަހެ އެހާރުން، އެ نفس އާއި ހިތްތަކާއި خيال ތަކުގައިވާ هوى އާއި، شهوة އާއި، ބުއްދި ކޮސްކަމާއި، حياء ކުޑަ ކަމާއި، ބުއްދި ފަނޑުވެ އަދަރުކަމާއި، މޮޔަކަން ކެކި އުތުރި އަރުވައިލަ ދެއެވެ. ފަހެ މީހެއްގެ ކިބައިން، هيبة ވަންތަކަމުގެ صفة އާއި، ބުއްދި ފުރާފުރިހަމަކަމާއި، إيمان ކަމުގެ ބަހާރުކަމާއި، إسلام ކަމުގެ އަބާދީއްތަކަމާއި، قرآن ގެ ފޮނިމީރުކަން، ތިބާއަށް ފެނިފައި، ދެން ފަހެ އޭނާ ލަވަޔާއި މިޔުޒިކު އަޑުއަހައި، އަދި އެއަށް ލެނބުމުން؛ އޭނާގެ ބުއްދި އުނިވެގެން ދެއެވެ. އަދި އޭނާގެ ލަދު حياء ކުޑަވެގެން ދެއެވެ. އަދި އޭނާގެ مروءة ތްތެރިކަން ގެއްލިގެން ދެއެވެ. އަދި އޭނާގެ ބަހާރުކަން ވަކިވެގެން ދެއެވެ. އޭނާގެ އަބާދީއްތަކަމާއި هيبة އޭނާ ދޫކޮށް ދެއެވެ. އަދި އޭނާއާ މެދުގައި شيطان އާ އުފާވެގެން ދެއެވެ. އަދި އޭނާގެ إيمان ކަން ﷲ تعالى އަށް شكوى ކުރެތެވެ. އަދި އޭނާގެ މައްޗަށް قرآن ކިޔެވުން ބަރުވެ ބުރަކަމަކަށް ވެގެން ދެއެވެ.» 📕 [إغاثة اللهفان في مصايد الشيطان لابن القيم: ١/٤٣٩] #Thazkiyah
⚪ މާދަމާ މަރުވެގެންދާނޭ މީހުން، މިއަދު މަރުވެގެންދާ މީހުންގެ މައްޗަށް ރޮނީއެވެ. 🖋️ އެއްފަހަރަކު أَبُو الدَّرْدَاءِ عُوَيْمِرُ بْنُ مَالِكٍ الخَزْرَجِيُّ الأَنْصَارِيُّ (32ހ.) – رَضِيَ اللَّهُ عَنْهُ – جنازة އަކަށް ނުކުމެ ވަޑައިގަތެވެ. އަދި މަރުވި މީހާގެ މައްޗަށް ރޮމުން ރޮމުން ميت އާގެ أهل ވެރިން އައެވެ. ފަހެ އެބޭފުޅާ ވިދާޅުވިއެވެ: «مسكين ންތަކެކެވެ. މާދަމާގެ ميت ން، މިއަދުގެ ميت އާގެ މައްޗަށް ރޮނީއެވެ.» 📚 [القبور لابن أبي الدنيا: ١/٦٥] #Thazkiyah
💠 ޝެއިޚު ޠަރީފީ ވިދާޅުވިއެވެ: «ކުށެއްގެ މިސާލަކީ ނިތުގައި ވާ ކަޅުތިލައިގެ މިސާލެވެ. އެއީ ކުޑަކުޑަ ކަޅުތިލައެއް ކަމުގައި ވާނަމަ، އޭގެން މޫނުމަތި ޒީނަތްތެރި ކުރުވައެވެ. އެ ކަޅުތިލަ (ލައްގަނޑެއް ފަދައިން) ބޮޑުވެގެން ވާނަމަ، އޭގެން މޫނުމަތި ހުތުރުކުރުވައެވެ. ފަހެ، އިންސާނާ އުފައްދަވާފައިވަނީ ކުށްކުރެވޭ މީހެއްގެ ގޮތުގައެވެ.» #Thazkiyah
💠 ޝެއިޚު އިބްނުލް-ޢުޘައިމީން ވިދާޅުވިއެވެ: "ފަހެ ތިބާ ކައިވެނިކޮށްފި ކަމުގައިވާނަމަ، ތިބާއަށް ރިޒްޤުގެ ދޮރުތައް ﷲ ހުޅުއްވައިދެއްވާނެތެވެ. އޭގައި ތިބާގެ އަނބިމީހާގެ ރިޒްޤުވެސް ވާނެއެވެ. އަދި ކައިވެންޏަކީ ފަޤީރުވުމަށް މެދުވެރިކުރާ ސަބަބެއް ނޫނެވެ." 📙[فتح ذي الجلال والإكرام] #Thazkiyah
⚪ ﷲ އަށް إيمان ނުވާ، كافر ބަޔަކަށް އައުދާނަކަން ދިނުމެއް ނުވެއެވެ. އަދި أمر ވެވިގެންވަނީ އެއުރެން ވިޔަދޮވިކޮށްލާ ނިކަމެތި ކޮށްލުމަށެވެ. 🖋️ الْإِمَامُ أَبُو يَعْقُوبَ إِسْحَاقُ بْنُ مَنْصُورِ بْنِ بَهْرَامَ الْمَرْوَزِيُّ، الْكَوْسَج (251ހ.) ވިދާޅުވިއެވެ: «އެވިދާޅުވި ފަދައިންނެވެ. އެހެނީ ملة ގެ أهل ވެރިންނާ ނޫން ބަޔަކާ އަތާއަތް ޖޯޑުކޮށްގެން سلام ކުރުމުގައި، އެއުރެންނަށް އައުދާނަކޮށް މާތްކޮށް ކުރުން ހިމެނެއެވެ. އަދި ގައިމު އަހަރެމެންނަށް أمر ވެގެންވަނީ، އެއުރެން ވިޔަދޮވިކޮށްލާ ދަށުކޮށްލުމަށެވެ. އެހެނަސް އެއީ ބޭނުމެއް حاجة އެއް އޮވެގެން ނުވަތަ އޭނާއަށް إسلام ވުމަށް دعوة ދިނުންފަދަ ކަމެއް ތިބާ ބޭނުންވެއްޖެނަމައެވެ. آخرة ގެ ކަންކަމުން ކުރެ سلام ކުރުންފަދަ ކަންކަމުގައި، ތިބާ އިސްވެ އޭނާއާ سلام ކުރުމެއް ނުވެއެވެ. އެއީ އެކަމުގައި އައުދާނަކުރުން ހިމެނޭތީއެވެ. އަދި مسلم އަކާ سلام ގޮވުމާ ވައްތަރުވުން ވާތީއެވެ. ފަހެ، އޭނާއަށް حاجة އެއް އޮތް ކަމުގައިވާނަމަ، ފަހެ ތިބާއަށް އިސްވެ އޭނާއަށް سلام ގޮވިދާނެއެވެ...» 📔📕📚 [مسائل الكوسج: ٥٤، الجامع لعلوم الإمام أحمد - الأدب والزهد ٢٠/١٥٠، الجامع لعلوم الإمام أحمد - الفقه: ٥/٤٥٤] #Fiqh #Thazkiyah
ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «الحَرْبُ خَدْعَةٌ» «ހަނގުރާމަ އަކީ އޮޅުވާލުމެވެ.» 📘[رواه البخاري ومسلم] #Hadith
🟠 ޤިޔާމަތުގެ ޢަލާމާތްތައް ކިޔައިދެއްވަމުން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: «أَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ» [رواه مسلم] މާނައީ: އަދި ހުސްފަޔާ އުޅޭ، އުނުއޮރިޔާން ނިވާނުކުރެވޭ ނިކަމެތި ބަކަރި ހުއިހައްޕާ މީހުން، ދިގު ޢިމާރާތްތައް އެޅުމުގައި އެއްބަޔަކު އަނެއްބަޔަކާ ވާދަކުރާތަން ތިޔަބައި މީހުންނަށް ފެނުމެވެ. 🖋️ އިބްނު ރަޖަބް އަލް-ޙަންބަލީ ވިދާޅުވިއެވެ: «އަދި މީގެ މުރާދަކީ މީސްތަކުންގެ ތެރެއިން އެންމެ ދަށްފަންތީގެ މީހުން، އެމީހުންގެ ބޮޑުންނަށް ވެގެންދިއުމެވެ. އަދި އެބައިމީހުންގެ މުދާތައް އިތުރުވުމެވެ. އެއީ ޢިމާރާތްތަކުގެ ދިގުމިނާއި، އަތަކެތީގެ ޒީނަތްތެރިކަމާއި، ފުރިހަމަކަމާއިމެދު މޮޅުވެގަންނަ ވަރަށެވެ. (...) އަދި މި ޙަދީޘްގައި ޤިޔާމަތުގެ ޢަލާމާތްތަކުގެތެރެއިން ނަންގަނެވިފައިވާ ކަންތައް ރުޖޫޢަވަނީ، ކަންކަމަށް އަހުލުވެރިނޫން މީހުނާއި އެކަންކަން ހަވާލުކުރެވުމަށެވެ. އެއީ ނަބިއްޔާ ﷺ އެކަލޭގެފާނުގެ އަރިހުން ޤިޔާމަތް ދުވަހާއި ބެހޭގޮތުން ސުވާލުކުރި މީހާއަށް ޙަދީޘްކުރެއްވި ފަދައިންނެވެ: "إِذَا وُسِّدَ الْأَمْرُ إِلَى غَيْرِ أَهْلِهِ فَانْتَظِرِ السَّاعَةَ ". (މާނައީ): މަސްޢޫލިއްޔަތުތައް އޭގެ އަހުލުވެރިން ނޫން ބަޔަކާއި ހަވާލުކުރެވިއްޖެ ކަމުގައިވާނަމަ، ފަހެ ޤިޔާމަތް ދުވަހަށް އިންތިޒާރު ކުރާށެވެ.» 📙[جامع العلوم والحكم (1/ 136-140)] #Hadith
🟠 ޤިޔާމަތުގެ ޢަލާމާތްތައް ކިޔައިދެއްވަމުން ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: «أَنْ تَلِدَ الْأَمَةُ رَبَّتَهَا» [رواه مسلم] މާނައީ: އެއީ އަޅު އަންހެނާ އޭނާގެ އަންހެން ސާޙިބާ ވިހެއުމެވެ. މި ޙަދީޘްބަސްފުޅު ޢިލްމުވެރިން ދެ ގޮތަކަށް ޝަރަޙަކުރައްވައެވެ: 1️⃣ ފުރަތަމަ ޝަރަޙަ: ފަހުޒަމާނުގައި ޖިހާދުކުރުމާއި ފަތަޙަކުރެވޭ ބިންތައް އިތުރުވުމުގެ ސަބަބުން އަޅު އަންހެނުން ގިނަވުމެވެ. އަދި އެ އަންހެނުންގެ ފަރާތުން ދަރިން ލިބި، އެ ދަރިން އެމީހުންގެ މައިން މިލްކުކުރުމެވެ. އެދަރިންނަކީ އެދަރިންގެ ބައްޕަ ފަދައިން މިނިވަނުންނެވެ. 2️⃣ ދެވަނަ ޝަރަޙަ: ދަރިން އެބައި މީހުންގެ މައިންނާމެދު، ސާޙިބަކު އޭނާގެ އަޅުންނާމެދު ޢަމަލުކުރާ ފަދައިން ޢަމަލުކުރުމެވެ. އެބަހީ: މައިންގެ މައްޗަށް ޢަމުރުކޮށް ހަރުކަށިވުމެވެ. ނުވަތަ ޚާދިމުން ލައްވާ މަސައްކަތް ކުރުވާފަދައިން މައިން ލައްވާ މަސައްކަތް ކުރުވުމެވެ. 📼 [ޝެއިޚު ފައުޒާން އަދި ޝެއިޚު ޢުޘްމާނުލް-ޚަމީސް] #Hadith
⚪ ذمي ންނާއި އަދި مجوسي ންނާ އަތާއަތް ޖޯޑުކޮށް سلام ކުރުމުގެ مسألة 🖋️ الْإِمَامُ أَبُو عَبْدِ الرَّحْمَنِ عَبْدُ اللَّهِ بْنُ الْإِمَامِ أَحْمَدَ بْنِ مُحَمَّدِ بْنِ حَنْبَلِ الشَّيْبَانِيُّ (290ހ.) ވިދާޅުވިއެވެ: «އަހުރެން އަހުރެންގެ ބައްޕާފުޅާ ސުވާލު ކުރީމެވެ. އެއީ ذمي ންނާއި އަދި مجوسي ންނާ އަތާއަތް ޖޯޑުކޮށް سلام ކުރުމާ މެދުގައެވެ؟ الْإِمَامُ أَحْمَدُ (241ހ.) ވިދާޅުވިއެވެ: ވިދާޅުވިއެވެ: އެކަމުގައި ބަޔަކު މީހުން ލުއިވެ އެކަން ފަސޭހަކޮށްލިއެވެ. އަދި އެއުރެންނާ އަތާއަތް ޖޯޑުކޮށް سلام ކުރުން އަހުރެންނަށް ކަމަކުނުދެއެވެ.» 📔📕 [أحكام أهل الملل والردة من الجامع للخلال: ١/٣٩١، الجامع لعلوم الإمام أحمد - الأدب والزهد: ٢٠/١٥١] ـــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــ 🖋️ الْإِمَامُ أَبُو دَاوُدَ سُلَيْمَانُ بْنُ الْأَشْعَثِ بْنِ إِسْحَاقَ السِّجِسْتَانِيُّ (275ހ.) ވިދާޅުވިއެވެ: «الْإِمَامُ أَحْمَدُ (241ހ.) ވިދާޅުވީތީ އަހުރެން އަޑުއެހީމެވެ: އެބޭފުޅާއާ سؤال ކުރެވުނެވެ: ذمي އެއްގެ ކިބައިން އޭނާ حاجة އެއް ޖެހިގެންވާތީވެ، އޭނާ އިސްވެ سلام ގޮވާނީ ހެއްޔެވެ؟ އެބޭފުޅާ ވިދާޅުވިއެވެ: އަހުރެންނަށް އެކަން ކަމަކުނުދެއެވެ.» 📔📕📚 [مسائل الإمام أحمد رواية أبي داود السجستاني: ١/٣٧٢، الجامع لعلوم الإمام أحمد - الأدب والزهد: ٢٠/١٥٠، الآداب الشرعية والمنح المرعية: ١/٣٦٥] #Fiqh #Thazkiyah
💇♂️ ބޮލުން ބައެއް ތުނިކޮށްލުމާ 🪒 ޤަޒަޣުކުރުން އިމާމް އަޙްމަދު ފަރަޤުކުރެއްވިއެވެ. «އަހަންނަށް ޚަބަރު ދިނީ ޢަބްދު ﷲ ބުނު މުޙައްމަދެވެ. އެއީ ބަކްރު ބުނު މުޙައްމަދު އޭނާގެ ބައްޕަގެ ކިބައިނެވެ. އެބޭފުޅާ އަބޫ ޢަބްދު ﷲއާ (އިމާމް އަޙްމަދާ) ޤަޒަޢުއާމެދު ސުވާލުކުރިއެވެ. އިމާމް އަޙްމަދު ވިދާޅުވިއެވެ: އެއީ ބޮލުގެ އެއް ބައި ބާލައި، އަނެއް ބައި ދޫކޮށްލުމެވެ. އަހަރެން ބުނީމެވެ: ގަތާފައިވާ އިސްތަށިކޮޅާމެދު (އެބަހީ: އެބައި ދޫކޮށްލުމާމެދު) ނުރުހެމުތޯއެވެ؟ އިމާމް އަޙްމަދު ވިދާޅުވިއެވެ: ހަމަގައިމުވެސް ޙަދީޘްގައި އެވަނީ، ބޮލުން ބައެއް ބާލައި އަނެއް ބައި ދޫކޮށްލުމުގެ ވާހަކައެވެ. ދެންފަހެ، ބޯ ތުނިކޮށްލިޔަސް އެކަމަކީ ތިމަންނާގެ ގާތުގައި ބޭލުމާއި އެއް ހަމައެއްގައިވާ ކަމެއް ނޫނެވެ. އަދި އިމާމް އަޙްމަދު މިކަމުގައި ދޫދެއްވި ކަހަލައެވެ.» 📙 [الوقوف والترجل - من «الجامع» للخلال ١/١٥١ — أبو بكر الخلال (ت ٣١١)] #Fiqh
⚪ ތިޔަބައިމީހުން ކުރެ މީހަކު مشرك އަކާ سلام ކޮށްފިނަމަ، ފަހެ އެމީހަކު وضوء ކުރާށެވެ! 🖋️ الإمام أَبُو سَعِيدٍ الحَسَنُ بْنُ يَسَارٍ البَصْرِيُّ الأَنْصَارِيُّ (110ހ.) ވިދާޅުވިއެވެ: «ހަމަކަށަވަރުން مشرك ންނަކީ نجس ބަޔެކެވެ. ފަހެ އެހެންކަމުން، ތިޔަބައިމީހުން އެއުރެންނާ އަތާއަތް ޖޯޑުކޮށް سلام ނުކުރާށެވެ. ފަހެ ތިޔަބައިމީހުން ކުރެ މީހަކު އެއުރެންނާ سلام ކޮށްފިނަމަ، ފަހެ ދެން ތިޔަބައިމީހުން وضوء ކުރާ ހުއްޓެވެ.» 📚 [المصنف لابن أبي شيبة: ٥/٢٤٧] #Thazkiyah #Fiqh
⚪ ފިރިހެނުންނަށް ހުރި އެންމެ ދަށު درجة އިގެ ކަންކަމަކީ ކޮބައި ހެއްޔެވެ؟ 🖋️ الإمام أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ إِدْرِيسَ الشَّافِعِيُّ المُطَّلِبِيُّ القُرَشِيُّ (204ހ.) ވިދާޅުވިއެވެ: «ފިރިހެނުންނަށް ހުރި އެންމެ ދަށު درجة އިގެ ކަންކަމަކީ ކޮބައި ހެއްޔެވެ؟ ފަހެ އެބޭފުޅާ ވިދާޅުވިއެވެ: ވާހަކަ ގިނަކުރުމާއި، އަދި سر ތައް ހާމަކޮށް ފެތުރުމާއި، އަދި ކޮންމެ މީހަކަށް އިތުބާރު ކުރުމެވެ.» 📚 [الانتقاء في فضائل الثلاثة الأئمة الفقهاء لابن عبد البر: ١/١٠٠] #Thazkiyah