tgindex
Ilmee Busthaanu

Ilmee Busthaanu

Статистика

އިމާމް ޝާފިޢީ ވިދާޅުވެފައިވެއެވެ. "އުނގެނޭށެވެ! ފަހެ މީހާ އުފަންވަނީ ޢިލްމުވެރިއެއް ގޮތުގައެއް ނޫނެވެ!"

Последний пост
11 авг.
Последнее чтение
15 авг.
Постов за неделю
1
Всего постов
88
Тип
открытый
Язык
арабский
Категория
Новости и СМИ (по похожим)
В каталоге с
13 авг.
Подписчики
1 108
+4 за 2 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
817
40 постов
Вовлечённость
73,7%
к подписчикам
Постов в день
0,1
всего 88
Упоминаний
2
каналов
Охват размещения
оценка
1/24сутки в ленте
220
1/48двое суток
252
1/72трое суток
271

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • السَّلَام عَلَيْكُم وَرَحْمَة اللَّه وَبَرَكَاته ގެ މާނަ އެނގޭތަ؟ ތިބާ މީހަކަށް ސަލާމް ގޮވައިފިނަމަ އެ ބުނެވެނީ: - ﷲ ތިބާ އެންމެހާއި ޢާފާތްތަކުން ސަލާމަތް ކޮށްދެއްވާށިއެވެ. - އަދި އެންމެހާއި ބަލިތަކުންނާއި މޮޔަވުމުން ރައްކާތެރި ކޮށްދެއްވާށިއެވެ. - އަދި އެހެން މީހުންގެ ފަރާތުން ޖެހިދާނެ ނުބައި ކަމަކުން ރައްކާތެރި ކޮށްދެއްވާށިއެވެ. - އަދި ފާފައަށް އަރައިގަތުމުން ދުރުކުރުއްވާށިއެވެ. - އަދި ހިތަށް ޖެހޭ ބަލިތަކުން ސަލާމަތް ކޮށްދެއްވާށިއެވެ. - އަދި ނަރަކައިގެ ޢަޒަބުން ދުރުކުރައްވާށިއެވެ. މިގޮތުން ސަލާމަކީ، ޖުމުލަ ގޮތެއްގައި އެންމެހާއި ނުބައި ކަމަކުން ރައްކާތެރިކޮށްދެއްވުން އެދި ކޮށްދެވޭ ދުޢާ އެކެވެ. كتاب شرح رياض الصالحين لابن عثيمين: 380/4 ══════ ❁✿❁ ══════ #aadhaab #ilmeebusthaan ⭐@ilmeebusthaanu

  • без подписи

  • لَا إِلٰهَ إِلَّا الله އާއި މެދު އަލަށް އިސްލާމްވި މީހެއްގެ އިޙްސާސްތައް! (2 ވަނަ ބައި) (އޭނާ އިސްލާމްވެ، އިސްލާމްދީން އުނގެނި ދަސްކުރުމަށްފަހު، އެހެން މުސްލިމުންނަށް ނަޞޭޙަތްތެރިވަމުން ބުނެއެވެ.) ނަމަވެސް މިއަދު ޝަހާދަތް ކިޔައިގެން އުޅޭ މީހުންގެ ކިބައިން ފެންނަ ހިތި ޙަޤީޤަތަކީ...... - ގިނަ މީހުން މި ކަލިމަ ކިޔާއި އުޅެއެވެ. ނަމަވެސް އޭގެ ވަޒަނެއް އަދި އަގު ބޮޑު ކަމެއް ނޭންގެއެވެ. - ގިނަ ބަޔަަކަށް "لَا إِلٰهَ إِلَّا الله " މި ކަލިމަ ވެފައިވަނީ ވާރުތައިން ލިބިގެން ކިޔާ ކަލިމައަކަށެވެ. އަމިއްލަ އިޚްތިޔާރުގައި ކިޔާ އުޅޭ ކަލިމައަކަށް ހަދައިގެން އުޅޭތަނެއް ނުފެނެއެވެ. - ބައެއް މީހުން ދުލުން ކިޔައެވެ. ނަމަވެސް ހިތަކަށް އޭގެ މާނައެއް ނުފޯރައެވެ. ދެން އެހެންވީމާ ސުލޫކަކުންވެސް އެ ކަލިމާއިގެ އަޘަރެއް ނުފެނެއެވެ. - ދެން ފަހެ، އެ ކަލިމައަށްޓަކައި ސުވަރުގޭގެ އެހެރަ ބޮޑެތި ދޮރުކޮޅުތަށް ހުޅުވިގެންދާނެ ކަލިމަ ކިޔައިގެން، ތިބާގެ ހިތުގެ ދޮރު އެ ކަލިމައަށްޓަކައި ނުހުޅުވޭ ހެއްޔެވެ؟ - އެ ކަލިމާއިގެ ސަބަބުން ބުދުތަށް ތަޅާއި ސުންނާފަތި ކޮށްލެވުނެވެ. ނަމަވެސް އެކަލިމަ ކިޔައިގެން ހުރެ، ތިބާގެ ހަވާ ނަފްސުގެ އެދުންތަކުގެ ބުދު ތަޅައިގެން ނުދަނީ ކީއްވެގެން ހެއްޔެވެ؟ - ކޮންމެ ދުވަހަކު އެ ކަލިމަ ކިޔާ ހާލު، ﷲ ނޫން ފަރާތްތަށް ދެކެ އެހާ ބިރު ގަނެގެން ނިކަމެތިވެގެން އުޅެނީ ކީއްވެ ހެއްޔެވެ؟ - ކޮންމެ ދުވަހަކު އެ ކަލިމަ ކިޔާ ހާލު، ﷲ ނޫން ފަރާތްތަކުގެ ކިބައިން ކަންކަން، މާ ބޮޑަށް ލިބިގަތުމަށް އެދެނީ ކީއްވެ ހެއްޔެވެ؟ - ކޮންމެ ދުވަހަކު އެ ކަލިމަ ކިޔާ ހާލު، ﷲ ނޫން ފަރާތްތަކުގެ ރުހުން ހާސިލުކުރުމަށް ނަފްސު ވަރުބަލި ކުރަމުން ދަނީ ކީއްވެ ހެއްޔެވެ؟ މަޞްދަރު: ފޮތް: هل نطقتها حقًا؟ ލިޔުނީ: دريد ابراهيم الموصلي دريد ابراهيم އަކީ ޢިރާޤުގެ  މަސީޙިއްޔަތުގެ ދީންވެރި ޢާއިލާއަކަށް އުފަން ބޭފުޅެކެވެ. 1992 ވަނަ އަހަރު، ޢުމުރުން 21 އަހަރުގައި މަސީޙީ ދީން ދޫކުރައްވާއި އިސްލާމްދީނަށް ވަދެވަޑައިގަތެވެ. އަދި އެއް އަހަރާއި އަށްމަސްދުވަހުން މުޅި ކީރިތި ޤުރުއާން ހިތުދަސްކުރެއްވިއެވެ. އަދި އޭގެ ފަހުން  އިސްލާމްދީނުގެ އެހެން ޢިލްމުތަށް އުނގެނި ވަޑައިގެންނެވިއެވެ. މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އިސްލާމްދީން ފެތުރުއްވުމާއި، ކީރިތި ޤުރުއާން ހިތުދަސް ކުރެވޭނެ ފަސޭހަ ގޮތްތަށް ތަޢާރަފް ކުރެއްވުމުގައެވެ. "من يهد الله فلا مضل له ومن يضلل فلا هادي له" މި ސިލްސިލާގެ އެހެން ބައިތަށް: ފުރަތަމަ ބައި ══════ ❁✿❁ ══════ #dhuraidhge_vaahaka #ageedha #ilmeebusthaan ⭐@ilmeebusthaanu

  • ދިރި ހުރި މައްޔިތު މުޖުތަމަޢުގައި ހިނގާ މުންކަރާތްތަށް މަނާ ނުކޮށް، ހެޔޮ ކަންކަމަށް ބާރު ނާޅާ މީހުންނަކީ، ދިރި ތިއްބަސް މަރުވެފައިވާ ބައެކެވެ. ޙުޒައިފާ ބިން އަލްޔަމާން رَضِيَ اللَّهُ عَنْهُ އަށް ސުވާލުކުރެވުނެވެ.ދިރިހުރި މައްޔިތަކީ ކޮބައި ހެއްޔެވެ؟ވިދާޅުވިއެވެ. "އެއީ، އޭނާގެ ހިތުންވެސް ހެވާއި ނުބައި ވަކި ކުރަން ނޭންގޭ، އަދި މުންކާރާތެއް ފެނުމުން ހިތުންވެސް އެކަމަށް އިންކާރު ނުކުރާ މީހާއެވެ." قيل للصحابي الجليل حذيفة_بن_اليمان رضي الله عنه: ما ميت الأحياء ؟ قال : من لم يعرف المعروف بقلبه وينكر المنكر بقلبه . [ ابن أبي شيبة في المصنف ٣٨٧٣٢ ] ══════ ❁✿❁ ══════ #ummah #ilmeebusthaan ⭐@ilmeebusthaanu

  • ﷲ ގެ ޒިކުރުން ހަނދުމަ ނެތިކުރުވާ ކަންކަމަކީ ބަދު ނަސީބުކަމެކެވެ. ޣަޒާލީ ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. "އޭ އަޚާއެވެ! ދަންނާށެެވެ! ﷲ ގެ ޒިކުރުން ތިބާ ހަނދުމަ ނެތިކުރުވާ ކޮންމެ ކަމަކީ، ތިބާއަށް ކުރިމަތިވެފައިވާ ބަދު ނަސީބުކަމެކެވެ." (واعلم يا أخي: أن كلَّ شيءٍ يشغلُك عن ربِّك.. فهو عليك مشؤومٌ) [«إحياء علوم الدين» (٤/٧٠٦)] ══════ ❁✿❁ ══════ #zikr #ilmeebusthaan ⭐@ilmeebusthaanu

  • لَا إِلٰهَ إِلَّا الله އާއި މެދު އަލަށް އިސްލާމްވި މީހެއްގެ އިޙްސާސްތައް! (1 ވަނަ ބައި) (އޭނާ އިސްލާމްވެ، އިސްލާމްދީން އުނގެނި ދަސްކުރުމަށްފަހު، އެހެން މުސްލިމުންނަށް ނަޞޭޙަތްތެރިވަމުން ބުނެއެވެ.) لَا إِلٰهَ إِلَّا الله މި ކަލިމަ އާއި ނުލައި ދުނިޔޭގައި އުޅުމުގެ އެއްވެސް މާނައެއް ނުވެއެވެ. لَا إِلٰهَ إِلَّا الله މި ކަލިމައަށްވުރެއް ވަކިން ބޮޑުވެގެންވާ އެހެން ކަލިމައެއްވެސް ނުވެއެވެ. މި ކައުނު ހެއްދެވުނީ މި ކަލިމައަށްޓަކައެވެ. ރަސޫލު ބޭކަލުން ފޮނުއްވުނީ މި ކަލިމައަށްޓަކައެވެ. އުޑުން ފަތްފުށްތައް ބާއްވައިލެއްވުނީ މި ކަލިމައަށްޓަކައެވެ. ބޮޑުވެގެންވާ ދެކޮޅުވެރިކަން (ޙައްޤާއި ބާޠިލު) އުފެދުނީ މި ކަލިމައަށްޓަކައެވެ. ޝަހީދުންގެ ލޭތަށް އޮހަރާއި ލެވުނީ މިކަލިމައަށްޓަކައެވެ. ނަބީ ބޭކަލުންނަށް އުނދަގޫ ޖެހިވަަޑައިގަތީ މިކަލިމާއިގެ ދިފާޢުގައި ނިކުމެވަޑައިގަތުމުންނެވެ. މި ކަލިމައަށްޓަކައި ގުުޅުންތައް ޤާއިމުކުރެވުނެވެ. މި ކަލިމައަށްޓަކައި ރަށްތަށް ދޫކޮށް ހިޖުރަކުރެވުނެވެ. ވީމާ މި ކަލިމައަކީ ހަމައެކަނި ދުލުން ކިޔާލާ ކަލިމައަކަށް ނުހަދާށެވެ. ނަމަވެސް ތިބާ ދިރިއުޅެނީ މި ކަލިމާގެ ތެރޭގައި ކަމަށް ހަދާށެވެ. މަޞްދަރު: ފޮތް: هل نطقتها حقًا؟ މުއައްލިފް: دريد ابراهيم الموصلي دريد ابراهيم އަކީ ޢިރާޤުގެ  މަސީޙިއްޔަތުގެ ދީންވެވެރި ޢާއިލާއަކަށް އުފަން ކުއްޖެކެވެ. 1992 ވަނަ އަހަރު، ޢުމުރުން 21 އަހަރުގައި މަސީޙީ ދީން ދޫކުރައްވާއި އިސްލާމްދީނަށް ވަދެވަޑައިގަތެވެ. އަދި އެއް އަހަރާއި އަށްމަސްދުވަހުން މުޅި ކީރިތި ޤުރުއާން ހިތުދަސްކުރެއްވިއެވެ. އަދި އޭގެ ފަހުން  އިސްލާމްދީނުގެ އެހެން ޢިލްމުތަށް އުނގެނި ވަޑައިގެންނެވިއެވެ. މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އިސްލާމްދީން ފެތުރުއްވުމާއި، ކީރިތި ޤުރުއާން ހިތުދަސް ކުރެވޭނެ ފަސޭހަ ގޮތްތަށް ތަޢާރަފް ކުރެއްވުމުގައެވެ. "من يهد الله فلا مضل له ومن يضلل فلا هادي له" ══════ ❁✿❁ ══════ #dhuraidhge_vaahaka #ageedha #ilmeebusthaan ⭐@ilmeebusthaanu

  • މުނާފިޤުކަމުގެ ބައެއް ޢަލާމާތްތައް 1. ވާހަކައެއް ދައްކައިފިނަމަ ދޮގު ހެދުން 2. ވަޢުދެއް ވެއްޖެނަމަ ޚިލާފުވުން 3. އަމާނާތެއް ހަވާލު ކުރެވިއްޖެނަމަ ޚިޔާނާތްތެރިވުން 4. ދެބަސްވެއްޖެނަމަ ހަޑިހުތުރު ބަހުން ވާހަކަ ދެއްކުން 5. ޙައްޤު އެނގުނަސް ބާޠިލަށް ލޯބި ކުރެވުން 6. މުސްލިމުންނަށް ދެރަ ގޮތް އެދުން 7. ދީނަށް ލޯބިކޮށް އުޅޭ މީހުންނަށް މަލާމާތްކުރުން 8. ދީނުގެ ޙުކުމްތަކާއިމެދު ނުރުހުންތެރިވުން 9. އިސްލާޙު ކުރުމުގެ ނަމުގައި ފަސާދަކުރުން 10. އަޅުކަން ކުރުމަށް ކަންނެތްވުން تفسير ابن كثير والقرطبي - صفات المنافقين من سورة البقرة وسورة المنافقون ══════ ❁✿❁ ══════ #thafseer #ageedha #ilmeebusthaan ⭐@ilmeebusthaanu

  • ޤުރުއާން ހިތުދަސްކުރުމަށް ފަސޭހަވުމުގެ މަގުތައް 1. ދުވަހެއްގައި ދަސްކުރާ މިންވަރު މަދުކުރުން 2. މުރާޖަޢާ ކުރުން ގިނަކުރުން 3. ދަސްކުރުމާއި މުރާޖަޢާ ދާއިމީ ކަމަކަށް ހެދުން 4. ފާފަކުރުން ދޫކޮށްލުން 5. އިސްތިޣުފާރު ކުރުން ގިނަ ކުރުން 6. ރަނގަޅު މީހުންނާއި އެކު އުޅުން 7. ދަމު ނަމާދުގައި ދަސްވި ބައިތަށް ތިލާވާކުރުން 8. އިޚްލާޞްތެރިވުން 9. ގިނަގިނައިން ދުޢާ ކުރުނ ══════ ❁✿❁ ══════ #quran #ilmeebusthaan ⭐@ilmeebusthaanu

  • އަޅުކަން ކުރާމީހާއަށް ހާސިލުވާ ފޮނިކަމެއްވެއެވެ. އަދި އެކަމުގެ ޢަލާމާތަކީ ކޮބައިހެއްޔެވެ؟ އަޅުކަން ކުރުމުގައި އެކުލެވިގެންވާ ފޮނިކަން އެއްފަހަރުވެސް ހާސިލްވެއްޖެނަމަ، އަޅުކަމުގެ މައްޗަށް އެހެން އެއްވެސް ކަމެއް ދެން ދުވަހަކުވެސް އިސް ނުކުރާނެއެވެ. އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ހަމައެފަދައިން އަޅުކަން ކުރުމަށް ހިތްޖެހިގެންވާ ހާލު އަޅުކަން ކުރުމުފެ ފޮނި މީރުކަން އެ ހިތަށް ލިބެއްޖެނަމަ، ދެން އަޅުކަން ކުރުމުގެ މައްޗަކަށް އެހެން އެއްވެސް ކަމެއް އިސް ނުކުރާނެއެވެ. އަދި ހަމަ އެފަދައިން ﷲ އަށް އިޚްލާޞްތެރިވި މީހުން، ނުބައިވެގެންވާ ކަންކަމުންނާއި ފާޙިޝްވެގެންވާ ކަންކަމުން ދުރުވެސް ކުރައްވާނެއެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ."  ‎ ﴿وَلَقَدْ هَمَّتْ بِهِ ۖ وَهَمَّ بِهَا لَوْلَا أَن رَّأَىٰ بُرْهَانَ رَبِّهِ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ ۚ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ ﴾ މާނައީ: "އަދި ހަމަކަށަވަރުން (އެދުމާއެކު) އެކަނބުލޭގެ އެކަލޭގެފާނާ ކުރިމަތިލިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ دليل ފެނިވަޑައިނުގެންނެވިނަމަ، އެކަލޭގެފާނުގެ ހިތްޕުޅުވެސް އެކަނބުލޭގެ ފަރާތަށް ލެނބުނީހެވެ. އެފަދައިން (އެ دليل ދެއްކެވީ) ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ކިބައިން ނުބައި عمل އާއި، ހުތުރުކަންބޮޑު ފާފަ ދުރުކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ خيار ކުރެއްވި އަޅުންގެ ތެރެއިންނެވެ." سورة يوسف: 24 ﺍﻟﻌﺒﻮﺩﻳﺔ ﻟﺸﻴﺦ ﺍﻹﺳﻼﻡ: ﺃﺣﻤﺪ ﺑﻦ ﺗﻴﻤﻴﺔ: 118 ══════ ❁✿❁ ══════ #alhukan #ilmeebusthaan ⭐@ilmeebusthaanu

  • ބުއްދި ފުރާ ފުރިހަމަވެފައިވާ މީހުންގެ ކިބައިން ފެންނާނެ 3 ޢަލާމާތް އަބޫ ޙާޒިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. 3 ޞިފައެއް އެމީހެއްގެ ނަފްސުގައި ހަރުލައްވައިފިނަމަ، އެމީހެއްގެ ބުއްދިވެރިކަން ފުރިހަމަ ކޮށްފިއެވެ. އެއީ: 1. އަމިއްލަ ނަފްސުގެ ފެންވަރު ދަނެގެން އުޅުން 2. ދައްކާ ވާހަކައިގެ ނަތީޖާ އާއިމެދު ވިސްނައިގެން ވާހަކަ ދެއްކުން 3. ﷲ ދެއްވި ރިޒުޤަކުން ފުއްދައިގެން ދިރިއުޅުން مختصر منهاج القاصدين: 218 ══════ ❁✿❁ ══════ #akhlaag #ilmeebusthaan ⭐@ilmeebusthaanu

  • 8 ކަމެއް ކުރުމަށް ކުޅަދަނަކަން ނުލިބުނު ނަމަ  8 ކަމެއް ކުރާށެވެ! 1. ދަމު ނަމާދު ކުރުމުގެ ކުޅަދާނަކަން ނުލިބުނު ނަމަ، ދުވާލު ފާފަކުރުމާއި އުރެދުމުން ދުރުހެލިވާށެވެ. 2. ސުންނަތް ރޯދަތަށް ހިފުމުގެ ކުޅަދާނަކަން ނުލިބުނު ނަމަ، ތިމާއަށް ނުބެހޭ ކަންކަމަށް ނުބެހި ހުރުމަށް ދަސްކުރާށެވެ. 3. ޖިހާދު ކުރުމަށް ކުޅަދާނަކަން ނުލިބުނު ނަމަ، އަމިއްލަ ނަފްސު ޝަހުވަތްތަކުން ދުރުކުރުމަށް ޝައިޠާނާއަށް ހަނގުރާމަ ކުރާށެވެ. 4. ޢިލްމުވެރިއަކަށް ވުމަށް ކުޅަދާނަކަން ނުލިބުނު ނަމަ، އުޑުތަކާއި ބިމުގައިވާ ކަންކަމާއި މެދު ވިސްނާއި ޢިބުރަތް ހާސިލު ކުރާށެވެ. 5. އަޅުވެރި މީހަކަށްވުމަށް ކުޅަދާނަކަން ނުލިބުނު ނަމަ، މީސްތަކުންގެ މެދުގައި ޞުލްޙަކުރާ މީހަކަށްވާށެވެ. 6. ޞަދަޤާތް ކުރުމުގެ ކުޅަދާނަކަން ނުލިބުނު ނަމަ، ތިމާއަށް ލިބިފައިވާ ފައިދާ ހުރި ޢިލްމު އެހެން މީހުންނަށް އުނގަންނައިދޭށެވެ. 7. ޙައްޖު ކުރުމުގެ ކުޅަދާނަކަށް ނުލިބުނު ނަމަ، ހުކުރު ނަމާދުގެ ޖަމާޢަތާއި އެހެނިހެން ފަރުޟު ނަމާދުތަކުގެ ޖަމާޢަތަށް ރައްކާތެރިވާށެވެ. 8. އެންމެ ޞާލިޙު މީހެއްކަމުގައި ވުމަށް ކުޅަދާނަކަށް ނުލިބުނު ނަމަ، އޭނާގެ ހިތުގައި އަތް އެޅުމަށްފަހު، (އެހެން މީހުންނަށް ލިބޭ ނިޢުމަތްތަކަށް ރުހުމަށްފަހު) އޭނާގެ ނަފްސަށް އެދޭ ކަންތައް އޭނާގެ އަޚާއަށްވެސް ލިބުމަށް އެދޭށެވެ. أبو الليث السمرقندي تنبيه الغافلين بأحاديث سيد الأنبياء والمرسلين: 521 ══════ ❁✿❁ ══════ #akhlaag #ilmeebusthaan ⭐@ilmeebusthaanu

  • އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ، އެކަމުގެ ސަބަބުން ފާޅުވާނެ 6 ޢަލާމާތެއްވެއެވެ. އެއީ: 1. ފުރަތަމަ ޢަލާމާތަކީ ދުލާއި ގުޅިފައިވާ އެންމެހާއި ކަންކަމެއް އިސްލާޙުވުމެވެ. އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ، ދޮގު ހެދުމާއި، ޣީބަ ބުނުމާއި، ހަޑިހުތުރު ވާހަކަތައް ދެއްކުމަށް އެ ދޫ ކޮށިވާނެއެވެ. ނަމަވެސް އެ ދޫ ޒިކުރު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ހެޔޮ ބަސްތަށް ފެތުރުމަށް ފަޞާހާތްތެރިވެގެން ދާނެއެވެ. 2. ދެވަނަ ޢަލާމާތަކީ، ގޮހޮރާއި ގުޅިފައިވާ އެންމެހާއި ކަންކަމެއް އިސްލާޙުވުމެވެ. އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ، ބަނޑަށް ކިތަންމެ ކުޑަ ނަމަވެސް ޙަރާމް އެއްޗެއް އެތެރެވުމަށް ގޮހޮރު ފިތިގަންނާނެއެވެ. ޙަރާމް އެއްޗެއް އެތެރެވިޔަ ނުދޭނެއެވެ. ނަމަވެސް އެ ގޮހޮރު ފުރައިލާނީ ޙަލާލު ރިޒުޤުންނެވެ.  3. ތިންވަނަ ޢަލާމާތަކީ، ލޮލާއި ގުޅިފައިވާ އެންމެހާއި ކަންކަމެއް އިސްލާޙުވުމެވެ. އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ، ދެ ލޮލުން ޙަރާމް ތަނަކަށް ބެލުމަށް ލޯ އަނދިރި ވާނެއެވެ. އަދި ދުނިޔޭގެ ކަންކަމަށް ދަހިވެތިކަމާއި އެދުންވެރިކަމާއިއެކު ނުބަލާނެއެވެ. ނަމަވެސް ދުނިޔޭގައި ހިނގަމުންދާ ކަންކަމުން ފިލާވަޅު ޙާސިލު ކުރުމަށް އެ ލޮލުން ބެލުމަށް ލޯ އަލިވެ ސާފުވެގެންދާނެއެވެ. 4. ހަތަރުވަނަ ޢަލާމާތަކީ، އަތާއި ގުޅިފައިވާ އެންމެހާއި ކަންކަމެއް އިސްލާޙުވުމެވެ. އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ،  ދެ އަތް ޙަރާމް ކަމަކާއި ދިމާލަށް އަތް ދިށް ނުކުރާނެއެވެ. ނަމަވެސް ދެ އަތް ދިށް ކުރާނީ ކިޔަމަންތެރިކަމުގެ ދިމާލަށެވެ. 5. ފަސްވަނަ ޢަލާމާތަކީ، ފަޔާއި ގުޅިފައިވާ އެންމެހާއި ކަންކަމެއް އިސްލާޙުވުމެވެ. އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ، ޙަރާމް ކަމެއްގެ ތެރެއަަށް އެ ފައިން ހިނގާފައި ދިއުމަށް ވަރުބަލި ކުރުވާނެއެވެ. ނަމަވެސް އެ ފައިން ކިޔަމަންތެރިކަމުގެ ތެރެއަށް ދިއުމަށް ހީވާގީވާނެއެވެ. 6. ހަވަނަ ޢަލާމާތަކީ، ހިތާއި ގުޅިފައިވާ އެންމެހާއި ކަންކަމެއް އިސްލާޙުވުމެވެ. އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ، އެ ހިތުގައި ބިންވަޅު ނެގިފައިވާ، ހަސަދަވެރިކަމާއި ދެކޮޅުވެރިކަން ފިލައިގެން ދާނެއެވެ. ނަމަވެސް އެ ހިތް ނަޞޭހަތާއި، އެހެން މީހުންނަށް ލޯތްބާއި، އަޅާލުން ދިނުމަށް ތަނަވަސްވެގެންދާނެއެވެ. ══════ ❁✿❁ ══════ #akhlaag #ilmeebusthaan ⭐@ilmeebusthaanu

  • ސުންނަތަށް ޢަމަލުކުރުން - ސަލާމަތުގެ މަގު ފުޟައިލު ބްނި ޢިޔާޟު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”އިސްލާމްކަމާއި، ސުންނަތަށް ޢަމަލުކުރުން މަތީ މަރުވާ މީހާއަށް އުފާވެރިކަން ހުއްޓެވެ!“ شرح أصول اعتقاد أهل السنة والجماعة اللالكائي: 268 ══════ ❁✿❁ ══════ #sunnah #ilmeebusthaan ⭐@ilmeebusthaanu

  • މުޙައްރަމު މަހުގެ މާތްކަަން #alhukan #roodha #ilmeebusthaan 📱 Join: https://t.me/ilmeebusthaanu  📱 Join: Ilmee Busthaan

  • 13 июн.1 25116

    އެމީހެއްގެ ރައްބާއި ދުރުވެފައިވާ މީހާއަށް،ސުފްޔާނުއް ޘައުރީ (رحمه الله) ލިޔެދެއްވި ބޭސް މީހަކު ސުފްޔާނުއް ޘައުރީ ރަޙިމަހުﷲ ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. އޭ ސުފްޔާނެވެ! އަހަރެންނަށް އަހަރެންގެ ރައްބާއި ދުރުހެލިވުމުގެ ބަލިން ބަލި ޖެހިއްޖެއެވެ. ވީމާ އަހަރެންނަށް އެކަމުގެ ޝިފާއެއް ލިބޭނެ ބޭހެއް ލިޔެދެއްވާށެއެވެ. ދެން  ސުފްޔާނުއް ޘައުރީ ރަޙިމަހުﷲ އޭނާއަށް ވިދާޅުވިއެވެ. ތިބާގެ މައްޗަށް އޮތީ އިޚްލާޞްތެރިކަމުގެ މުލާއި، ކެތްތެރިކަމުގެ ފަތާއި، ތަވާޟުޢުވެރިކަމުގެ (ހިތްތިރިކަމާއި މަޑުމައިތިރިކަމުގެ) ޖޫސް، ތަޤުވާވެރިކަމުގެ ތެއްޔެއް ތެރެއަށް އެޅުމެވެ. އެއަށްފަހު އެ އެއްޗެހި އެއްކޮށްލި ތެލީގެ ތެރެއަށް ﷲ އަށް ބިރުވެތިވުމުގެ ފެން އޮށްސާއިލާށެވެ. އެއަށްފަހު، ކުށްފާފަތަކަށް ހިތާމަކުރުމުގެ އަލިފާން ރޯކޮށް އެ ތަކެތި ކަށްކާށެވެ. އަދި އެ ތަކެއްޗަށްވާ ގޮތް، ވަރުގަދަ ބެލުމަކުން ބަލާއި ފަރާވެރިވެ ހުންނާށެވެ. އަދި އެ ކެއްކި ތަކެތި، ތެދުވެރިކަމުގެ އަތަކުން ކާލާށެވެ. އަދި އިސްތިޣުފާރު ކުރުމުގެ ޖޯޑަކަށް އަޅާއި އެތަކެތީގެ ދިޔަ ބޯލާށެވެ. އަދި ވަރަޢަވެރިކަމާއިއެކު އެ ފެނުން އަނގަ ދޮވެލާށެވެ. އަދި އެ ބޯއިރު ދަހިވެތިކަމާއި ދުރުހެލިވާށެވެ. އެހާއި ހިސާބުން ތިބާގެ ބައްޔަށް ﷲ ގެ އިރާދަފުޅާއި އެކު ޝިފާ ލިބިދާނެއެވެ. [كتاب دروس للشيخ محمد حسان: (5/ 15)] ޚުލާސާ: އެ ބަސްކޮޅުގެ އަލީގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އާއި އެމީހެއްގެ ނަފްސު ދުރުހެލިވެފައިވާ މީހާ ކުރަން ޖެހޭ ކަމަށް، ސުފްޔާނުއް ޘައުރީ ރަޙިމަހުﷲ އެ ބަޔާން ކުރެއްވި ކަންކަމަކީ: 1. ހެޔޮ ޢަމަލުތަށް ކުރުމުގައި އިޚްލާސްތެރިވުން 2. ހެޔޮ ޢަމަލުތަށް ކުރުން މަތީ ކެތްތެރިވުން 3. ހިތްތިރިކުރުމާއި މަޑުމައިތިރިވުން (ތަވާޟުޢުވެރިވުން) 4. ﷲ އަށް ބިރުވެތިވުން (ތަޤުވާވެރިވުން) 5. ކުށް ފާފަތަކާއި މެދު ހިތާމަކުރުން 6. ނަފްސަށް އަންނަ ބަދަލު ތަކާއިމެދު ސަމާލުވެ ރައްކާތެރިވެހުރުން 7. ތެދުވެރިވުން 8. ފާފަ ފުއްސެވުން އެދި ދުޢާ ކުރުން 9. ދަހިވެތިކަން ދޫކޮށްލުން 10. އާޚިރަތަށް ފައިދާ ނުކުރާނެ ކަންކަން ދޫކޮށްލުން (ވަރަޢަވެރިވުން) ══════ ❁✿❁ ══════ #aadhaab #ilmeebusthaan ⭐@ilmeebusthaanu

  • މީހުންގެ ވާހަކަތައް ދައްކައިގެން ހިތަށް ހިތްހަމެޖެހުން ހޯދަން ނޫޅޭށެވެ! ޢަބްދުﷲ ބްނި ޢައުނު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ذِكْرُ النَّاسِ دَاءٌ، وَذِكْرُ اللهِ دَوَاءٌ" މީހުންގެ ވާހަކަ ދެއްކުމަކީ ބައްޔެކެވެ. ﷲ މަތިން ހަނދުމަ ކުރުމަކީ ޝިފާއެކެވެ. އަލްއިމާމް އައްޛަހަބީ ރަޙިމަހުﷲ، އެ ބަސްފުޅަށް ބާރުދެއްވަމުން ވިދާޅުވެފައިވެއެވެ. "އާއެކެވެ. ﷲ ގަންދީ ބުނަމެވެ. އެއީ ތެދެކެވެ. މިކަމުގައި ޢަޖައިބުވެގެންވާ ކަމަކީ، އަދި އަހަރެމެން ޖާހިލުވެފައިވާ ކަމަކީ، އަހަރެމެންނަށް އެކަމަކުން ޝީފާ ލިބޭނެ ކަންތައް ދޫކޮށްލާފައި، ބަލި ޖެހޭނެ ކަންތަކުގެ ތެރެއަށް އަމިއްލައަށް ވަދެގެންދާ ދިއުމެވެ." އެއަށްފަހު މި އާޔަތްތަށް ޒިކުރު ކުރައްވާފައިވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.‎ ﴿فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ﴾ މާނައީ: ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ! [البقرة: 152] ﴿وَلَذِكْرُ اللهِ أَكْبَرُ﴾ އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. [العنكبوت: 45] ﴿الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللهِ أَلاَ بِذِكْرِ اللهِ تَطْمَئِنُّ الْقُلُوبُ﴾ އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ [الرعد: 28] މި އާޔަތްތަށް ޒިކުރު ކުރެއްވުމަށްފަހު އަލްއިމާމް އައްޛަހަބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "އެހެނެއް ކަމަކު، މި މަތިވެރިގެންވާ ފަޟުލު (ﷲ މަތިން ހަނދުމަކޮށް ޒިކުރު ކޮށްއުޅުމުގެ މަތިވެރިންކަން) ލިބޭނީ، ﷲ އެމީހަކަށް އެކަމަށް އިރާދަ ކުރައްވާފައިވާ މީހަކަށެވެ. އެއީ ޒިކުރު ކުރުމުގެ މައްޗަށް ގަދައަޅާ މަސައްކަތްކުރާ މީހުންނާއި، ﷲ ސުބްޙަނަހޫ ވަތަޢާލާގެ ރަޙްމަތުގެ ދޮރުގައި އަބަދުވެސް ޓަކި ޖަހަމުން ދާ މީހުންނަށެވެ." [سير أعلام النّبلاء للذّهبيّ: (6/ 369)] ══════ ❁✿❁ ══════ #zikr #ilmeebusthaan ⭐@ilmeebusthaanu

  • ދުނިޔޭގައިވެސް އާޚިރަތުގައިވެސް މާތްކަން އެކުލެވިގެންވާ 3 ކަންތައް 1. ތިބާއަށް އަނިޔާވެރިވި މީހުންނަށް  މަޢާފު ކުރުން 2. ތިބާއަށް ނުދީ މަނާކޮށް އުޅުނު މީހުންނަށް ދިނުން 3. ތިބާއަށް ގުޅުން ކަނޑާ މީހާއަށް ގުޅުން ޤާއިމު ކުރުން زاد الاتقياء مجموعة نصائح وحكم: 120 ══════ ❁✿❁ ══════ #aadhaab #ilmeebusthaan ⭐@ilmeebusthaanu

  • 9 июн.1 0975

    މަބްރޫރު ޙައްޖެއްގެ ޢަލާމާތް ޙަސަނުލް ބަޞްރީ رحمه الله އާއި ސުވާލު ކުރެވުނެވެ. މަބްރޫރު ޙައްޖަކީ ކޮބައިތޯއެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. ”މަބްރޫރު ޙައްޖަކީ ދުނިޔޭގެ އެދުންތަށް ދޫކޮށްލުމާއި އާޚިރަތަށް އެދުންވެރިވުމެވެ.“ [التبصرة لابن الجوزي: ٢/ ٢٦٣] ══════ ❁✿❁ ══════ #hajj #ilmeebusthaan ⭐@ilmeebusthaanu

  • 3 июн.1 0959

    މުއުމިނުންގެ ޞިފަތަކުގެ ތެރޭގައި ހިމެނިގެންވާ ބައެއް ޞިފަތަށް: ﷲ ސުބްޙާނަހޫ ވަތަޢާލާ ސޫރަތުއް ޛާރިޔާތުގައި މުއުމިނުންގެ ޞިފަތަށް ކަމުގައި ބަޔާން ކޮށްދެއްވާފައިވާ ޞިފަތަކަކީ: 1. ރޭގަނޑުން ކުޑަ ވަޤުތު ކޮޅެއްގައި ނިދުމަށްފަހު ރޭއަޅުކަން ކުރުން 2. ރޭގަނޑުގެ ފަހު ބައިގައި ފާފަ ފުއްސެވުން އެދި ދުޢާ ކުރުން 3. ބޭނުން ޖެހިގެންވާ މީހުންނަށް ޞަދަޤާތް ކުރުން ══════ ❁✿❁ ══════ #quran #alhukan #ilmeebusthaan ⭐@ilmeebusthaanu

  • 19 мая1 1365

    މި ދުވަސްތަކުގައި ގިނަ އަޅުކަން ތަކެއް ކުރުމުގެ ތަޢުފީޤު ލިބިގެންވާ މީހުންގެ ތެރޭގައިވުން އެދޭށެވެ! އައްޝައިޚް އައްޠަރީފީ ވިދާޅުފައިވެއެވެ. ޛުލްޙިއްޖާގެ ފުރަތަމަ 10 ދުވަހަކީ، އަހަރުގެ އެންމެ މާތް ދުވަސްތަކެވެ. ރަމަޟާން މަހުގެ ފަހު 10 އަކީ އަހަރުގެ އެންމެ މާތް ރޭތަކެވެ. ވީމާ ޛުލްޙިއްޖާގެ ފުރަތަމަ 10 އަކާއި، ރަމަޟާން މަހުގެ ފަހު 10 ގައި އަޅުކަން ގިނަ ކޮށްފި މީހާ އެވަނީ ތައުފީޤު ލިބިގެންވާ މީހުންގެ ތެރެއިންނެވެ. درر الشيخ الطريفي #alhukan #ilmeebusthaan 📱 Join: https://t.me/ilmeebusthaanu  📱 Join: Ilmee Busthaan