- Последний пост
- 13 авг.
- Последнее чтение
- 15 авг.
- Постов за неделю
- 1
- Всего постов
- 28
- Тип
- открытый
- Язык
- арабский
- Категория
- Новости и СМИ (по похожим)
- В каталоге с
- 13 авг.
- 1/24сутки в ленте
- 42
- 1/48двое суток
- 48
- 1/72трое суток
- 51
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
ކުރީގެ ޞާލިޙު ބޭކަލުންގެ އާދަތަކުގެ ތެރެއިން އެބޭކަލުން މަޝްޣޫލުވީ އެބޭކަލުންގެ އަމިއްލަ ނަފްސުތަކުގެ ޢައިބުތަކައިގެންނެވެ. އަމިއްލަ ނަފްސުގެ ޢައިބުތައް ހޯދަން މަސައްކަތް ކުރެއެވެ. އަދި އެބޭކަލުންގެ ޢައިބުތަކާއި ހެދޭ ގޯސްތައް ހޯދުމަށްޓަކައި، އެބޭކަލުންގެ ޝައިޚުންނާއި ގާތްމީހުންނާއި އެބޭކަލުންނަށް ހެޔޮ އެދޭ މީހުން ގާތު ސުވާލުކޮށް އުޅުއްވައެވެ. އެބޭކަލުން ދެކޭ ގޮތުގައި އެހެން މީހުންގެ ޢައިބުތަކުގެ ވާހަކަތައް ދެއްކުމުން ސަލާމަތްވެވޭނެ މަގަކީ މިއީ ކަމަށް ވާތީއެވެ. އެބޭކަލުން ދެކޭ ގޮތުގައި އެހެން މީހުންގެ ޢައިބުތަކައިގެން މަޝްޣޫލު ވުމަކީ ދީންވެރިކަން އުނި މީހުންގެ ސިފައެކެވެ. މީހަކަށް ކުރެވޭ ފާފައަކުން އޭނާ ކުޑައިމީސްކޮށް ބަދު ބަހެއް ނުބުނުމަށް އެބޭކަލުން ވަރަށް ބޮޑަށް ފަރުވާތެރިވެއެވެ. އެއީ ފަހަރެއްގައި ހަމަ އެ ފާފައިން އެބޭކަލުން އިމްތިހާނު ކުރެވިދާނެ ތީއެވެ. ފާފައެއް ކުރާ މީހެއް އެބޭކަލުންނަށް ފެނިއްޖެނަމަ، އެމީހާއަށް ނަޞޭޙަތްތެރިވެ އެމީހުންގެ ކިބައިން ޢިބުރަތް ލިބިގަނެވެ. ✍️ الشيخ أحمد الجوهري
'الحب إذا لم يكن في الله يزول" "ލޯތްބަކީ މާތް ﷲ އަށް ޓަކައި ވެވޭ ލޯތްބެއް ނޫންނަމަ، އެ ލޯބި ނެތިގެން ދާނެއެވެ." [أخبار الشيوخ وأخلاقهم] لأبي بكر المَرُّوْذِيُّ #تربية
🔊 އޯޑިއޯ ދިވެހި ދަރުސްތައް 🍃 ޢަޤީދާގެ ދަރުސްތައް 1. އަލްޢަޤީދަތިލް ވާސިޠިއްޔާ - އައްޝައިޚް މުޙައްމަދު އިބްރާހީމް 2. ކިތާބު އައްތައުޙީދު - އައްޝައިޚް މުޙައްމަދު އިބްރާހީމް 3. އަލްޢަޤީދަތިއް ޠަޙާވިޔާ - އައްޝައިޚް އަޙްމަދު ސަމީރު 4. އަލްއުޞޫލިއް ޘަލާޘަތި - އައްޝައިޚް މުޙައްމަދު އިބްރާހީމް 5. މަޢަﷲ - އައްޝައިޚް އަޙްމަދު ސަމީރު 6. ޤިޔަމަތުގެ ޢަލާމަތްތައް - އައްޝައިޚް މުޙައްމަދު އިބްރާހީމް 7. ކިތާބުއްތައުޙީދު ގެ ޝަރަޙަ - އައްޝައިޚް އަޙްމަދު ސަމީރު 🍃 ޙަދީޘް އާއި އޭގެ ޢިލްމުގެ ދަރުސްތައް 1. ބުލޫޣުލް މަރާމި މިން އަދިއްލަތިލް އަޙްކާމި - އައްޝައިޚް މުޙައްމަދު އިބްރާހީމް (ހ) ކިތާބުއް ޠަހާރަތި (ށ) ކިތާބުއް ޞަލާތި (ނ) ކިތާބުލް ޖަނާއިޒި (ރ) ކިތާބުއް ޒަކާތި (ބ) ކިތާބުއް ޞިޔާމި (ޅ) ކިތާބުލް ޙައްޖި (ކ) ކިތާބުލް ބުޔޫޢި (އ) ކިތާބުއް ނިކާޙި އަދި ކިތާބުއް ޠަލާޤި (ވ) ކިތާބުލް ޖިނާޔާތި (މ) ކިތާބުލް ޙުދޫދި (ފ) ކިތާބުލް ޖިހާދި (ދ) ކިތާބުލް އަޠުޢިމަތި (ތ) ކިތާބުލް އައިމާނި ވައްނުޛޫރި (ލ) ކިތާބުލް ޤަޟާއި (ގ) ކިތާބުލް ޢިޠްޤި (ޏ) ކިތާބުލް ޖާމިޢަ 🍃 ސިޔަރަތުގެ ދަރުސްތައް 1. އައްރަޙީޤުލް މަޚްތޫމް - އައްޝައިޚް ޢުޘްމާން ޢަބުދުﷲ 2. އައްޝަމާއިލް - އައްޝައިޚް ޢަލީ ނިޝާމް 3. މުއުމިންތަކުންގެ މައިމައިކަނބަލުން - އައްޝައިޚް އަޙްމަދު ސަމީރު 🍃 އެހެނިހެން ދަރުސްތައް 1. ނަމާދުގައި ޚުޝޫޢަތްތެރިވުން - އައްޝައިޚް އަޙްމަދު ސަމީރު
އިށީންދެގެން އިނދެ ނަމާދު ކުރެވޭނީ ކިހާ ބޮޑަކަށް ބަލިވީމަ؟ މައިމޫން ބިން މަހްރާނާ ސުވާލު ކުރެވުނެވެ؟ ބަލި މީހަކަށް އިށީންދެގެން އިނދެ ނަމާދު ކުރުން ހުއްދަކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ ޖަވާބުގައި ދެންނެވިއެވެ. "އޭނާގެ ދުނިޔެވީ ކަންކަން ކުރުމަށްޓަކައި ތެދުވެ އުޅުމަށް ކުޅަދާނަވެގެން ނުވާކަމުގައިވާނަމަ، ދެން އިށީންދެގެން އިނދެ ނަމާދު ކުރާށެވެ." 📖 مصنف عبد الرزاق 2/473 އިތުރު ތަފްޞީލު: ނަމާދުގައި އިށީންނާނީ ކޮންމެހެން ވެސް އިށީންނަން ޖެހިގެންނެވެ. މިސާލަކަށް މީހަކަށް ކޮޅަށް ހުރެ ނަމާދު ކުރެވިދާނެއެވެ. ރުކޫޢު ވެސް ކުރެވިދާނެއެވެ. އެކަމަކު ސަޖިދަ އަަކަށް ނުދެވެއެވެ. މި ޙާލަތުގައި އޭނާ އިށީންނާނީ ހަމައެކަނި ސަޖިދައަށް ދާންޖެހޭ ވަގުތުގައެވެ. އެހެން ހުރިހާ ހަރަކާތެއް ފުރިހަމައަށް ކުރެވެންޏާ ފުރިހަމައަށް ކުރަންވާނެއެވެ. މިއީ ފަރުޟު ނަމާދުތަކުގައި ކަންތައް ކުރަންޖެހޭ ގޮތެވެ. ސުންނަތް ނަމާދު ތަކުގައި އެއްވެސް އުޒުރަކާނުލާ ވެސް އިށީންދެގެން އިނދެ ނަމާދު ކުރެވިދާނެއެވެ. އެކަމަކު އޭރުން ލިބޭނީ ކޮޅަށް ހުރެ ކުރާ ނަމާދެއްގެ ސަވާބުގެ ދެބައި ކުޅަ އެއްބައެވެ.
ފައިވާނަށް އެރުމާއި، ހެނދުން ލުމާއި މި ނޫންވެސް ރަނގަޅަު ކަންތައްތައް ކުރާއިރު ކަނާތް އިސްކުރުމަކީ ސުންނަތެކެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ކުރެ މީހަކު ފައިވާނަށް އަރާ ހިނދު، ފަހެ އޭނާ ކަނާތުފައި އިސްކުރާށެވެ . އަދި ފައިވާނުން ފައިބާ ހިނދު ވާތުފައި އިސްކުރާށެވެ."
ހެނދުނާއި ހަވީރުގެ ހުރިހާ ޒިކުރެއް ނުކިޔޭތީވެ އެއްވެސް ވަރަކަށް ޒިކުރުތައް ނުކިޔާ ނުހުންނާށެވެ. ޝައްކެތްނެތް ގޮތުގައި ހުރިހާ ޒިކުރެއް ކިޔުމަކީ އެންމެ މޮޅުގޮތެވެ . އެކަމަކު ހެނދުނާއި ހަވީރުގެ ޒިކުރުތައް ކުރި ކަމަށް ވާނީ ވާރިދުވެފައިވާ ހުރިހާ ޒިކުރެއް ކީމައެއް ނޫނެވެ. އެންމެ ޒިކުރެއް ކިޔަސް އެ ޒިކުރު ކުރި ކަމުގެ ސަވާބު ލިބޭނެއެވެ. އަދި ހެނދުނު ނުވަތަ ހަވީރުގެ ވަގުތުގައި ޒިކުރު ކުރި ކަމުގެ ސަވާބު ވެސް ލިބޭނެއެވެ. އެއްވެސް ޒިކުރެއް ނުކިޔުަމަށް ވުރެ އެންމެ ޒިކުރެއް ކިޔުން މާ މޮޅު ވެގެންވެއެވެ.
އަޅުގަނޑުމެންނަކީ އެހާ ގިނަ އަޅުކަން ކުރެވޭ ބައެއް ނޫނެވެ. އެހެންކަމުން އެންމެ ކުޑަ މިނުން ގޯސްކަންތައްތަކަކީ ކޮބައިކަމާއި ކުރަން ނުޖެހޭ ކަންތައްތައް ދެނެގަނެ، އެކަންކަމުން ދުރުހެލިވާން ހިނގާށެވެ. އޭރުން އެކަމަށްޓަކައި ވެސް ޘަވާބު ލިބޭނެއެވެ. ގިނަފަހަރު ކަމެއް ކުރުމަށް ވުރެ ކަމެއް ނުކޮށް ހުންނަން މާ ފަސޭހައެއް ނޫން ހެއްޔެވެ؟!
ހުކުރު ދުވަހު ޚުތުބާ ފަށާފަހުން ޖަމާޢަތަށްދާ މީހުންނަށް ހުކުރުގެ ޘަވާބު ލިބޭނެތޯ؟ https://ask.ilm.mv/3063/
މި ފޮތުގައި ހިމެނެނީ ކީރިތި ޤުރްއާނާއި ސުންނަތުން ނެގިފައިވާ 50 ދުޢާގެ ދިވެހި ތަރުޖަމާއެވެ. މިއަދު މި ފޮތް ހުޅުވާލާ ޚުޝޫޢަތްތެރިކަމާއެކު ދުޢާތައް ކޮށްލައްވާ!
އަޑުއައްސަވާ ލެއްވުމަށް. އއ. ބޮޑުފޮޅުދޫގައި ދެވުނު ދަރުސް- ނެތިނުބައި ކިޔުމުގެ ނުބައިކަން. 18/7/2026
ޗުއްޓީއަކީ ހަމަ ޗުއްޓީތަ؟ ޗުއްޓީއަކީ ހަމަ އެކަނި ނިދުމާއި ކެއުމާއި ކުޅުމުގައި ހޭދަކޮށްލާ ދުވަސްތަކަކަށް ހަދައިގެން ނުވާނެއެވެ. މުސްލިމުންނަށް ދުވަހަކުވެސް ޗުއްޓީ ނާންނާނެ ކަންތައްތަކެއްވެއެވެ. ނަމާދު ކުރުމާއި ޤުރްއާން ކިޔެވުމާއި ޒިކުރު ކުރުން ފަދަ ކަންކަމީ ޗުއްޓީގެ ދުވަސްވަރުގައި ވެސް ދަރިން ކުރުމަށް ބާރު އަޅަންޖެހޭ ކަންކަމެވެ. ހަމައެގޮތަށް، ޗުއްޓީއަކީ އާ ސޫރަތެއް ނުވަތަ، އާ ހުނަރެއް، ނުވަތަ އާ އެއްޗެއް ދަސްކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. ކުރިއަށް އޮތް ގުރޭޑުގެ ފޮތްތައް ކިޔުމަކީ ވެސް ޗުއްޓީގައި ކުރެވޭނެ ކަންކަމެވެ. އެހެންކަމުން، އެއްވެސް ޝެޑިއުލެއް ނެތި، ވަގުތުތައް ބޭކާރު ކޮށްލަން، ޗުއްޓީގައި ދަރިންތައް ދޫކޮށްނުލާށެވެ. ބޭނުން އިރަކު ނިދަން ނުބާއްވާށެވެ. ޗުއްޓީއަކީ ވެސް ޙަޔާތުގެ އަގުހުރި ވަގުތުތަކުގެ ތެރެއިންވާ ވަގުތެކެވެ.
ދަތުރު ކުރާއިރު ކުރުން ވަރަށް މުހިއްމުކަމެެއް!
ވަރަށް ގިނަ ޢިލްމުވެރިން ވިދާޅުވާތީ އަޑު އެހީމެވެ. "النية تجارة العلماء" "ނިޔަތަކީ ޢިލްމުވެރިންގެ ވިޔަފާރިއެވެ." މިބަސްކޮޅުގެ މާނަައަކީ މަދު ފައިސާ ކޮޅެއް ހިފައިގެން ގޮސް ގިނަ އެއްޗެހި ގަންނަ ފަދައިން، މަދު ޢަމަލުތަކަކުން ގިނަ ސަވާބާއި އަޖުރު ހޯދުމެވެ. ޢިލްމުވެރިން އެބޭކަލުންގެ އާދަތައް އަޅުކަންތަކަށް ބަދަލު ކޮށްލަނީ ނިޔަތުންނެވެ. ◽އެބޭކަލުން ކައިބޮއެ އުޅުއްވަނީ އަޅުކަން ކުރުމަށްޓަކައި ހަށިގަނޑަށް ބާރު ދިނުމުގެ ނިޔަތުގައެވެ. ◽ނިދާ އަރާމު ކުރައްވަނީ އަޅުކަން ކުރުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ދިނުމުގެ ނިޔަތުގައެވެ. ◽އަނބިދަރިންނަށް ޚަރަދު ކުރައްވަނީ މާތް ﷲ ގެ އަމުރުފުޅަށް ތަބާވުމުގެ ނިޔަތުގައެވެ. ◽ޢާއިލާގެ މީހުންނަށް ޒިޔާރަތް ކޮށް އެހީތެރިވެލައްވަނީ ރަޙިމުގެ ގުޅުން ދަމަހައްޓާ، ގުޅުން ބަދަހިކޮށް އެމީހުނަށް އުފާވެރިކަން ގެނެސް ދިނުމުގެ ނިޔަތުގައެވެ. ◽ވަޒީފާއަށް ނުވަތަ މަސައްކަތަށް ނިކުންނަވަނީ އެ ވާޖިބު އަދާކުރުމާއި، މީސްތަކުންގެ ޙާޖަތްތައް ފުއްދާ ދިނުމާއި އެހީތެރިވުމާއި ހިނިތުންވުމުގެ އަޖުރު ހޯދުމުގެ ނިޔަތުގައެވެ. ޢިލްމުވެރިންގެ މި ވިޔަފާރި ކުރަން އަޅުގަނޑުމެން ދަސްކުރަން ވެއްޖެވެ! #تربية
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "ﷲއަށްޓަކައި މިސްކިތެއް އަޅައިފިމީހާއަށްޓަކައި، ސުވަރުގޭގައި ގެކޮޅެއް އެ އިލާހު ބިނާކޮށްދެއްވާނެއެވެ."
ސައޫދީ އަރަބިއްޔާއިން ދަސްވި ދުޢާއެއް
މިރޭ ނ. ޅޮހީގައި إن شاء الله
މުޢާޛުގެފާނު ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. «وأتبِعِ السيِّئةَ الحسَنةَ، تَمْحُها» މާނައީ: "އަދި (ފާފައެއް ކުރެވިއްޖެ ނަމަ، އެ) ފާފައަކާ ވިދިގެން ހެޔޮ ކަމެއް ކުރާށެވެ. (އޭރުން) އެ ހެޔޮ ކަންތައް، އެ ފާފަ ފޮހެލާނެއެވެ." އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. "ހެޔޮކަންތައް ކުރަންވާނީ ކުރެވުނު ފާފައިގެ ވައްތަރުންނެވެ. އެއީ ފާފަފުހެވުމުގައި އެންމެ ފުރިހަމަ ގޮތެވެ." އޭގެ މާނަައަކީ އޭނާއަށް ކުރެވުނު ފާފައަކީ ޙަރާމް ތަނަކަށް ބެލުން ކަމުގައިވާ ނަމަ، މުޞްޙަފުން ޤުރްއާން ކިޔެވުން ފަދަ ހެޔޮ ކަމަކަށް އޭނާގެ ބެލުން ބޭނުން ކުރާނީއެވެ. އޭނާއަށް ކުރެވުނު ފާފައަކީ ޣީބަ ބުނުން ފަދަ ދުލުން ކުރެވޭ ފާފައެއް ކަމުގައިވާނަމަ، ޒިކުރު ކުރުން ނުވަތަ ޤުރްއާން ކިޔެވުން ފަދަ ހެޔޮ ކަމަކަށް އޭނާގެ ދޫ ބޭނުން ކުރާނީއެވެ. من قناة د. أحمد بن محمد الخليل العلمية #عن_الذنوب
ކޮންމެ ދުވަހަކު މީހެއް މަރުވެގެން އުޅޭކަމުގެ ޚަބަރު އަޅުގަނޑުމެންނަށް ލިބެއެވެ. އެކަމަކު އެކަމުން އަޅުގަނޑުމެން ޢިބުރަތް ހާސިލު ނުކުރެވެއެވެ. އަޅުގަނޑުމެން ދިރިއުޅެމުން ދަނީ ތާއަބަދަށް ދުނިޔޭގައި ދިރި ތިބޭނެ ބައެއް ފަދައިންނެވެ. ނުވަތަ މަރު ލިޔެވިފައި ވަނީ އަޅުގަނޑުމެން ނޫން އެހެން މީހުންގެ މައްޗަށް ހެން ހީވާ ކަހަލައެވެ. ދުނިޔޭގެ ޙަޔާތަކީ ކުޑަކުޑަ ވަގުތުކޮޅެކެވެ. ދުނިޔޭގައި އުފާވެރި މީހަކީ ފާފަތަކާއި، އަމިއްލަ ނަފްސުގެ އެދުންތަކާ ދުރުވެ އޭނާގެ އިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ މިހާާއެވެ. ތިބާ މަރުވާ ދުވަހު ވާނެ ގޮތް އެނގޭ ހެއްޔެވެ؟ އެއީ ވަރަށް އާދައިގެ ދުވަހެކެވެ. މީސްތަކުންވާނީ އެމީހުންގެ ވަޒީފާތަކުގައެވެ. މަގުތައް އޮންނަނީ ދުއްވާ އެއްޗެހިން ފުރިފައެވެ. ކެފޭތަކާއި ރެސްޓޯރެންޓުތައް ހުންނާނީ ހުޅުވިފައެވެ. ހިތާމަވެރިކަން ވާނީ އެންމެ ގެއެއްގައެވެ. އެމީހުން ތިބާ ހިނަވާ ޖަނާަޒާ ކުރިޔަށް ގެންދާނެއެވެ. ރަނގަޅު ރަޙްމަތްތެރިއަކު ހުރި ނަމަ ކަށު ނަމާދުގައި ބައިވެރިވެދާނެއެވެ. ދުނިޔޭގައި ތިބާގެ ޞަފްޙާ އެދުވަހު ލަައްޕާލެވޭނެއެވެ. ދެން އޭގެފަހުން އެންމެން އެމީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދާނެއެވެ. ތިބާ އޮންނާނީ ކަށްވަޅުގައެވެ. އެތާނގައި ސުވާލުކުރެވޭނެއެވެ. ދުނިޔޭގައި ޢަމަލު ކުރަންވީ މި ވަގުތުކޮޅަށެވެ. ތައްޔާރު ވާންވީ އެ ސުވާލުތަކަަށް ޖަވާބު ދޭށެވެ!
ރަވާތިބު ސުންނަތްތައް ނުކުރާ މީހާއާ މެދު ސުވާލު ކުރެވުމުން އިބްނު ތައިމިއްޔާ رحمه الله ޖަވާބު ދެއްވިއެވެ. "ރަވާތިބު ސުންނަތްތަކަށް (ފަރުޟު ނަމާދުތަކުގެ ކުރިންނާއި ފަހުން ކުރާ ސުންނަތް ނަމާދުތައް) ދޫކޮށްލުމުގެ މަތީގައި ދެމިހުންނަ މީހާ؛ އެކަމުން ދޭހަކޮށްދެނީ އޭނާގެ ދީންވެރިކަން ކުޑަކަމެވެ. އަދި އެކަމުގެ ސަބަބުން، އިމާމް އަޙްމަދާއި އިމާމް ޝާފިޢީ އަދި އެނޫން ބޭކަލުންގެ މަޛްހަބުގައި އޭނާގެ ހެކިބަސް ރައްދުކުރެވޭނެއެވެ." ބައްލަވާ: مجموع الفتاوى 23 / 127
يُعامِلُكَ اللهُ بما تُعامل بالناس މާތް الله އަޅުގަނޑުމެންނާމެދު މުޢާމަލާތް ކުރައްވަނީ އަޅުގަނޑުމެން އެހެން މީހުންނާމެދު މުޢާމަލާތް ކުރާ ގޮތަށެވެ. ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. 1. "މުސްލިމަކު ފަރުދާކޮށް އޭނާގެ ކުށްތައް ފޮރުވައިދީފި މީހަކަށް، ދުނިޔެއާއި އާޚިރަތުގައި ﷲ އޭނާ ފަރުދާކޮށްދެއްވައި އޭނާގެ ކުށްތައް ފޮރުއްވައި ދެއްވާނެއެވެ." 2. "މުއުމިނެއްގެ ކިބައިން ދުނިޔޭގެ ހިތާމަތަކުން ހިތާމައެއް ފިލުވައިދީފި މީހަކަށް، ގިޔާމަތް ދުވަހުގެ ހިތާމަތަކުން ހިތާމައެއް ﷲ އޭނާގެ ކިބައިން ފިއްލަވައި ދެއްވާނެއެވެ." 3. "ދަތި ހާލުގައި ޖެހިފައިވާ ފަރާތަކަށް ފަސޭހަ ކޮށްދީފި މީހަކަށް، ދުނިޔެއާއި އާޚިރަތުގައި ވެސް ﷲ އޭނާއަށް ފަސޭހަ ކޮށްދެއްވާނެއެވެ." 4. "އަޅަކު، އޭނާގެ އަޚާއަށް އެހީތެރިވުމުގައި ވާހައި ހިނދަކު، ﷲ އޭނާއަށް އެހީތެރިވުމުގައި ވޮޑިގެންވާނެއެވެ." 5. "ހަމަކަށަވަރުން ﷲ ރަޙުމް ކުރައްވަނީ އެކަލާނގެ އަޅުތަކުންގެ ތެރެއިން އެހެން މީހުނަށް ރަޙުމު ކުރާ މީހުންނަށެވެ." އެހެންކަމުން ތިބާ އެހެން މީހުނަށް ދީލަތިވާށެވެ. އޭރުން މާތް ﷲ ތިބާއާ މެދު ދީލަތިވެ ވޮޑިގަންވާނެއެވެ. ތިބާ އެހެން މީހުނަށް މާފު ކުރާށެވެ. އޭރުން މާތް ﷲ ތިބާގެ ފާފަތައް ފުއްސަވާ ޢަފޫ ކުރައްވާނެއެވެ. ތިބާ އެހެން މީހުންނަށް ޢިލްމު އުގަންނައިދޭށެވެ. އޭރުން މާތް ﷲ ތިބާއަށް އިތުރު ޢިލްމު އުނގަންނަވާ ދެއްވާނެއެވެ. މިގޮތަށް އެހެން ކަންތައްތައް ވެސް މެއެވެ.