tgindex
Al-Manar المنار

Al-Manar المنار

Статистика
@AlManarMvарабский
Последний пост
2 апр.
Последнее чтение
15 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
арабский
В каталоге с
15 авг.
Подписчики
770
мало замеров
Замеров пока мало
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
967
20 постов
Вовлечённость
125,6%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 2 апр.6141719

    ޒަޔަނިސްޓު ޔަހޫދީންނާއި ރާފިޟީންގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގައި، މުސްލިމުންގެ ޙައިސިއްޔަތުން އަޅުގަނޑުމެން ތާއީދުކުރަންވީ ކޮން ފަރާތަކަށްތޯ؟ https://t.me/AlManarMv

  • 📌 ފިކުރުކޮށްލުމަށް . ﴿ އަދި، އެއުރެންގެ ތެރޭގައި ކަލޭގެފާނު ހުންނަވައި އެއުރެންނާއިގެން ނަމާދު ޤާއިމްކުރައްވައިފިނަމަ، އެއުރެންގެ ތެރެއިން ބަޔަކު ކަލޭގެފާނާއެކުގައި ނަމާދު ކުރާހުށިކަމެވެ. އަދި، އެއުރެންގެ ހަތިޔާރުތައް އެއުރެން ހިފާހުށިކަމެވެ. (އެބަހީ: ހަތިޔާރު އަޅައިގެންތިބެ ނަމާދުކުރާށެވެ .) ދެން، އެއުރެން ސަޖިދަކޮށްފިނަމަ (އެބަހީ: ފުރަތަމަ ރަކުޢަތް ފުރިހަމަކޮށްފުމަށް ދާނދެން) ނަމާދު ނުކޮށް ފާރަޔަށް ތިބިމީހުން އެއުރެންގެ ފަހަތުގައި ތިބޭހުށިކަމެވެ. އަދި، ނަމާދު ނުކޮށް ތިބިމީހުން އައިސް، ކަލޭގެފާނާއެކުގައި ނަމާދުކުރާ ހުށިކަމެވެ. އަދި އެއުރެން (ނަމާދަށްތިބޭއިރު ) ހަތިޔާރުތަކާއި، ރައްކާތެރިކަމުގައި ހިފާހުށިކަމެވެ! ތިޔަބައިމީހުން ގެންގުޅޭ ތަކެއްޗާއި، ހަތިޔާރުތަކާމެދު، ތިޔަބައިމީހުން ޣާފިލުވުމަށް ކާފިރުން އުއްމީދުކުރެއެވެ. ފަހެ އެހިނދުން އެކީ އެކައްޗަކަށް އެއްފަހަރާ ތިޔަބައިމީހުންގެ މައްޗަށް ޙަމަލަދީ އަރައިގަތުމަށެވެ... ﴾ ﷲ ތަޢާލާ އެންގެވީ ނަމާދުގެ ވަގުތުގައިވެސް މުސްލިމުން ހަތިޔާރުގެމަތިން ހަނދުމަނައްތާ ނުލުމަށެވެ. ވީއިރު އެ ހަތިޔާރު ދޫކޮށްލުން މުސްލިމަކަށް ހުއްދަވާނީ ކިހިނެއްހެއްޔެވެ؟ https://t.me/AlManarMv

  • 2 окт. 2025 г.1 05074из dhivehikhabar

    📌 ޣައްޒާ އަޅުވެތިކުރުމަށް ޓްރަމްޕް ތައްޔާރުކުރި ޑީލް އިސްލާމްދީނުގައި އަހަރެމެންނަށް އޫރުގެ މަސްވަނީ ޙަރާމް ކުރައްވާފައެވެ. ވީއިރު އޫރުގެ ދަރިޔަކު ވާ ވަޢުދެއް  އަހަރެމެން ތެދުކުރާނީ ކިހިނެއް ހެއްޔެވެ. އެ އޫރަކީ މުސްލިމް ޤައުމުތަކާއި ، އެޤައުމުތަކުގެ ވެރިންނަށް އެތައްފަހަރަކު ދޯކާދިނުމުގެ ދިގު ތާރީޚެއް އޮތް މީހެކެވެ. ހަމައެކަނި ޣައްޒާއާއި ޙަމާސްއަކަށް ނޫނެވެ. ޤަޠަރަށްވެސް މިފަހުން ދިނީ އެވަރުގެ ދޯކާއެކެވެ. ުތުރުކީއިން ރަޝިޔާގެ  S 400 ގެ ދިފާޢީ ނިޒާމު ގަތުމުގެ ވިސްނުން އައީވެސް އެމެރިކާގެ ދޯކާގެ ސަބަބުންނެވެ. { وَدَّ ٱلَّذِینَ كَفَرُوا۟ لَوۡ تَغۡفُلُونَ عَنۡ أَسۡلِحَتِكُمۡ وَأَمۡتِعَتِكُمۡ فَیَمِیلُونَ عَلَیۡكُم مَّیۡلَةࣰ وَ ٰ⁠حِدَةࣰۚ ... } ތިޔަބައިމީހުން ގެންގުޅޭ ތަކެއްޗާއި، ހަތިޔާރުތަކާމެދު، ތިޔަބައިމީހުން ޣާފިލުވުމަށް ކާފިރުން އުއްމީދުކުރެއެވެ. ފަހެ އެހިނދުން އެބައިމީހުން އެކީއެކައްޗަކަށް އެއްފަހަރާ  ތިޔަބައިމީހުންގެ މައްޗަށް އަރައިގަތުމަށެވެ. [ސޫރަތުއްނިސާ 102] ނަމަވެސް ޙަމާސްއިން ޓްރަމްޕުގެ އެ ވަޢުދަށް ދެކޮޅުވެއްޖެނަމަ ، ޙަމާސްއާއި ޣައްޒާގެ މުޖާހިދުންނަށް ބަދުބަސްބުނާނެ އެތައްބަޔަކު ތިބޭނެއެވެ.

  • 📌 މަންމައާއި ބައްޕަ ދުނިޔޭގެ މިޙަޔާތުގައި ބީވެފައިވާ މި ކުޑަކުޑަ ދެކުދިން އެކުދިންގެ އުދާސްތައް ލުއިކޮށްލަން ހިތްފުރެންދެން ރޮއެލަނީއެވެ. އެތުއްތު ކުއްޖާގެ ، ކުޑަކުޑަ ބޭބެ އޭނާގެ ކޮއްކޮގެ ބުރަކަށީގައި އޯގާވެރިކަމުގެ ފިރުމުންތަކުން ބީހިލަމުންދިޔަނަމަވެސް މަންމަގެ އުނގުގެ ޙަނާން އެކޮއްކޮއަށް އިޙްސާސް ނުވާތީ ބޭ އިޚްތިޔާރުގައިވެސް ގޮވެމުންދަނީ "އުންމީ ، އުންމީ " ( އަހަރެންގެ މަންމާ އެވެ! އަހަރެންގެ މަންމާއެވެ! ) އޭ އިސްލާމީ އުއްމަތެވެ. ފަހެ ތިޔަބައިމީހުންގެ ތެރޭގައި މި ކުޑަދަރިފުޅަށް އޭނާގެ މަންމަ އަނބުރާ ރައްދު ކޮށްދެވޭނެ ވަރުގެ މީހަކު އެބަހުރިހެއްޔެވެ؟ ނޫނެކެވެ . އެވަގުތުވަނީ މިހާރު އުއްމަތަށް ފާއިތުވެފައެވެ. އިޒްރޭލުގެ ޔަހޫދީންގެ އަނިޔާގައި އެތުއްތު ދަރިފުޅުގެ މަންމަ ދުނިޔެދޫކޮށްފިއެވެ. އޭ އިސްލާމީ އުއްމަތުގެ ޒުވާނުންނޭވެ! ފަހެ ތިޔަބައިމީހުންގެ ތެރޭގައި ޣައްޒާގެ އެކުޑަކުޑަ ދަރިފުޅުގެ ރުއިމަށް އިޖާބަދޭނެ މީހަކު އެބަހުރި ހެއްޔެވެ؟ ﷲ އެފަދަ މީހަކަށް ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވާށިއެވެ. https://t.me/AlManarMv

  • 📌 އޭ އިސްލާމީ އުއްމަތެވެ. ތިޔަބައިމީހުން ، ސުކޫތަށްގޮސް ހަނުހުންނަނަމަ ދެންއޮތީ އޭގެ ނަތީޖާއެވެ. ﴿...އަދި ތިޔަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުން ނޫންބަޔަކު، އެކަލާނގެ ގެންނަވާހުށްޓެވެ. ދެން، ތިޔަބައިމީހުންފަދަ ބަޔަކު ކަމުގައި އެއުރެން ނުވާނެތެވެ.﴾ [ސޫރަތު މުޙައްމަދު 38] މިއީ އެސޫރަތަކަށް ޤިތާލު ނުަވަތަ ހަނގުރާމައިގެ ނަމުން ނަންދެވިފައިވާ ސޫރަތެކެވެ. 2 ބިލިއަން އިސްލާމީ އުއްމަތުގައި ، ވެރިންނާއި ގެރިންނަށް ކިޔަމަންވުމުގެ ގޮތުން ، މީސްތަކުން ހަނުހުރީއެވެ. ހުޅަނގުގައި ، ﷲ އަށް އީމާންނުވާ ، އެއިލާހު އެއްކައުވަންތަކަމަށް ހެކިނުވާ ބަޔަކު ، އެބައިމީހުންގެ ވެރިންނާއި ، ދުނިޔެއާއި ދެކޮޅަށް ނިކުމެ އަނިޔާއަށް އިންކާރުކޮށް ، ޣައްޒާގެ ދިފާޢުގައި  އަޑުއުފުލަނީއެވެ. މިއީ ފާއިތުވީ 30 ވަރަކަށް އަހަރު 🔘 ޖާމިއްޔާ 🔘 މަދުޚަލީ 🔘 އެސް.އެސް 🔘 ސަލަފް ފަދަ ކިޔުޓްއިސްލާމްގެ ފިކުރުތަކުން އިސްލާމީ ޤައުމުތަކުގައި ފައްކާކުރި މޭވާއެވެ. https://t.me/AlManarMv

  • { إِنَّا كُلَّ شَیۡءٍ خَلَقۡنَـٰهُ بِقَدَرࣲ } ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެއެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކިމިންވަރަކަށެވެ. [ސޫރަތުލްޤަމަރު  49] 📌 އޭ މުސްލިމް އަޅާއެވެ! ފަގެ ތިބާ މިއާޔަތް ކިޔަވާލިން ހެއްޔެވެ؟ އަދި އޭގެ މުރާދާއިމެދު ވިސްނާލިން ހެއްޔެވެ؟ ދަންނާށެވެ؟ ޔަހޫދީންގެ ސުންޕާކަމަށްވެސް މިންގަނޑެއް ވެއެވެ. އެބައިމީހުނަށް ވެސް ޤަދަރެއް ކަނޑައެޅިގެން ވެއެވެ. ވީއިރު ޣައްޒާގެ އެއަނިޔާތައް ނުހުއްޓޭނެކަމަށް ހީނުކުރާށެވެ. ﷲ ތަޢާލާގެ ރޭވުންތެރިކަން އައިސް އަރާހަމަކުރާނެއެވެ. އަދި ގަދަފަދަ ފިރުޢައުނު ހަލާކުވެގެންދިޔަހެން ، އިޒްރޭލާއި ، ޔަހޫދީން ހަލާކުވެދިޔުން ގާތްވެއްޖެއެވެ. ނަމަވެސް ތިބާ އެ ޔަހޫދީންނާއި ކުރިމަތިލުމަށް ތައްޔާރު ހެއްޔެވެ؟ ތިބާގެ ފުރާނާ ﷲ ގެ ދީނުގެ ދިފާޢުގައި ޤުރުބާންވެލުމަށް ތައްޔާރުހެއްޔެވެ؟ https://t.me/AlManarMv

  • 📌 ހަމައެކަނި ސުވާލެކެވެ. ދިވެހިންނަކީ 2 ވަނަ ސިންވާރޭ ބުނެ އަޑު އުފުލައިލަން ކެރޭނެ ހެއްޔެވެ؟ ދިވެހިންނަކީ 2 ވަނަ އަބޫ ޢުބައިދާ އޭ ބުނެ އަޑު އުފުލައިލަން ކެރޭނެ ހެއްޔެވެ؟ ބަނޫ ޞުހްޔޫނުން ސިންވާރު ޤަތުލުކުރުމަށް ޢަޒުމްކަނޑައަޅައިފިނަމަ ، މުޅި ދިވެހިރާއްޖޭގައި ތިބީ ހައްތަހާވެސް ސިންވާރު ކަމުގައި ބުނަން ކެރޭނެ ހެއްޔެވެ؟ ޔަހޫދީންނަށް އެމީހުން ޤަތުލުކުރަންޖެހޭ ސިންވާރުގެ ޢަދަދާއިމެދު ވިސްނާލުމަށް ފުރުޞަތެއް ދިނުމަށެވެ. https://t.me/AlManarMv

  • 📌 އޭ މުސްލިމެވެ! ތިޔަފެންނަނީ ޣައްޒާގެ ކޮންމެ ދުވަހެއްގެ ޙާލަތެވެ. އެމުސްލިމް އަޚުންނާއި ، އުޚްތުންގެ މިއަދުގެ ޢާންމު ދިރިއުޅުމެވެ. ފަހެ ތިބާގެ ޙާލަތަކީ ކޮބައި ހެއްޔެވެ؟ އެ އަޑުފައްގަނޑާއި ، އެމަންޒަރާއި ، އެ ދުންގަނޑުގެ އަސަރު ތިބާއަށް ކުރަނީ ކިހާމިންވަރަކަށް ހެއްޔެވެ؟ އެއިން ތިބާ އުއްމަތުގެ ހަށިގަނޑާއި ގުޅިލާމެހިފައިވާ މިންވަރު ބަޔާންކޮށްދޭނެއެވެ. https://t.me/AlManarMv

  • 📌 އޭ އިސްލާމީ އުއްމަތުގެ ދަރިންތައް ތަރުބިއްޔަތު ކުރަމުންދާ އުއްމަތުގެ މަސްއޫލުންނޭވެ! އެދަރިންތައް އުއްމަތުގެ ލަޝްކަރުގެ ގޮތުގައި ތަރުބިއްޔަތުކުރުމުގައި ، ތިޔަބައިމީހުން ކޮންމެ މީހެއްގެ ދައުރެއް ވެއެވެ. ފަހެ ތުއްތުއިރުއްސުރެ އެކުދިންނަށް ، އަބޫ ޢުބައިދާފަދައިން ފަގުޑިއެޅުމަށް ދަސްކޮށްދޭށެވެ. ކުޅެން އުޅުމުގައި އަބަދުވެސް ކޮންމެވެސް އެއްކުއްޖަކީ ، އަބޫ ޢުބައިދާ ކަމުގައި ހަދާށެވެ. އަނެއް ކުއްޖަކީ މުޙައްމަދު ޟައިފް ( އަބޫ ޚާލިދް ) ކަމުގައި ހަދާށެވެ. އަނެއް ކުއްޖަކީ ޔަޙްޔާ އައްސިންވާރު ( އަބޫ އިބްރާހިމް ) ކަމުގައި ހަދާށެވެ. އަބަދުވެސް ގޭތެރޭގައި ފެންނާނެހެން މަސްޖިދުލް އަޤްޞާގެ ފޮޓޮއެއް ބަހައްޓާށެވެ. އަދި އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަކަމާއި ، އަދި މާތް ނަބިއްޔާ ﷺ އިސްރާއުކުރެވުނު މިސްކިތްކޮޅުކަން ލިޔެފައި ބަހައްޓާށެވެ. ދެން އެއަށްފަހު ، ޢާންމު ދިރިއުޅުމުގައި އުޅޭއިރު ، އެކުދިންކުރެ ، އެއީ ކޮން މިސްކިތް ކޮޅެއްތޯ ސުވާލު ކުރާށެވެ. އަދި އޭގެ ޖަވާބު ދިނުމުގައި އެކުދިންގެ ވިސްނުމާއި ފިކުރު ހުރިނެތްގޮތް ރަނގަޅަށް ބަލާށެވެ. ލިޔުންތެރިން ތުއްތު ކުދިންނާއި ގުޅޭނެ އުސްލޫބުން ، ޠޫފާނުލް އަޤްޞާގެ މުޖާހިދު ބަޠަލުންގެ ވާހަކަތައް ފޮތެއްގެ ގޮތުގައި އެކުލަވާލާށެވެ. އަދި ފުރިހަމަ މާނައެއް ދޭހަވާނެހެން ، ފަރުމާކޮށްލާށެވެ. އަދި ކިޔުންތެރިން އެވާހަކަތަކަށް އޯޑިއޯހަދައި ، އޭތި ތުއްތު ކުދިންނަށް ގަޔާވާނެހެން ހުށއަޅައިދޭށެވެ.އެއީ އެކުދިންގެ ދުރުހަނދާނުގައި އެމަޢުލޫމާތު ރަނގަޅަށް ހަރުލައްވާލުމަށެވެ. ސްކޫލްތަކާއި ، އެނޫންވެސް ޖަމިއްޔާ އިވެންޓުތަކުގައި ، ތޫފާނުލް ޢަޤްސާގެ މުޖާހިދުން ތަމްޘީލުކުރުން ގިނަކުރާށެވެ. ދޭދޭ ކުދިންގެ މެދުގައި މުޚާޠަބު ކުރާއިރު ، އެކުއްޖާއަކީ ، ޣައްޒާގެ މިވެނި މުޖާހިދެކޭ ކިޔައި ، މުޖާހިދު ބަޠަލުންގެ ގޮތްތައް ކޮޕީކުރުވާށެވެ. އަދި އެއީ ތުއްތު ކުދިންގެތެރޭގައި އާދައަކަށް ހަދާށެވެ. މިކަމުގައި އެންމެ މުހިއްމު އެއްކަމަކީ ބައްޕަގެ މަޤާމުގައި ހުންނަމީހާ ، އޭނާގެ ދަރިފުޅަށް އެފަދަ ލަޤަބަކުން ގޮވާލުމެވެ. އަދި އެނަމަކަށް ނުވަތަ ލަޤަބަކަށް ބައްޕަ އުފާވެ ފަޚުރުވެރިވާކަން ދެއްކުމެވެ. އަދި ބައްޕަގެ ދުލުން އެމުޖާހިދުންގެ ޛިކްރާތައް ދަރިންނަށް އާކޮށްލަދިނުމެވެ. އެމުޖާހިދުންގެ ބަޔޮގްރަފީ ކުރުކޮށްނަމަވެސް ކިޔާލަދިނުމެވެ. އެކުދިންނާ މިވާހަކަތަައް ޙިއްސާކޮށްލައި ، ބައްޕައާއި އެކު އުއްމަތުގެ އުނދަގޫތަކާއިމެދު ފިކުރުކޮށްލުމުގައި އެދަރިފުޅުވެސް ބައިވެރި ކޮށްލުމެވެ. https://t.me/AlManarMv

  • 📌 ކަތާއިބުލް ޤައްސާމްގެ ތަރުޖަމާނު ، އަބޫ ޢުބައިދާ ، ޝަހީދުވުމާއި ދިރިހުރުމާއި ދެމެދުގައި ވާއިރު ، އުއްމަތުގެ މީސްތަކުން ވަނީ އޭގެ ޖަވާބަކަށް ކެތްމަދުވެފައެވެ. ނަމަވެސް އުއްމަތުގެ ކޮންމެ ފަރުދެއް އެނަފްސެއް ، އޭގެ އަޖަލާއި ، އޭގެ މަރާއި ދެމެދުގައިވާކަން ދެނެހުރެ ، އުއްމަތަށްޓަކައި ކޮށްދެވޭނެ ކަމެއް ނުވަތަ ވެވޭނެ ޤުރުބާނީއެއް އޮތްތޯ ބެލުމެއް ނުވޭ ހެއްޔެވެ؟ ފަހެ އަބޫ ޢުބައިދާއަކީ އިސްލާމީ އުއްމަތުގެ ބަޠަލެކެވެ. އަދި އެމުޖާހިދުގެ އަޑަކީ ، ކުފުރުގެ ބޯތައް ނިކަމެތިކޮށްލާ އަޑެކެވެ. އެމުޖާހިދު މީޑިޔާގައި ފެނިލުންވެސް ކުފުރުގެ ބޯތަކަށްވަނީ ، ޠޫފާނަކަށެވެ. އެއީ އެމުޖާހިދުގެ އަގެވެ. އެހެންކަމުން އެމުޖާހިދު ޝަހީދުކޮށްލެވޭތޯ އެތައް ޙަމަލާއެއްދީ ، އެތައް ޢަމަލެއް ޔަހޫދީން ވަނީ ހިންގާފައެވެ. ނަމަވެސް ، އޭ މުސްލިމެވެ. ތިބާއަށް އެ ކާފިރުން އެހާ ސަމާލުކަން ނުދެނީ ކީއްވެ ހެއްޔެވެ؟ ތިބާވަނީ އެބައިމީހުންގެ މުށުތެރޭގައެވެ. ތިބާގެ އަގު ، ޑަސްބިނަށް އެއްލައިލެވޭ ޓިޝޫއަކަށްވުރެ ދަށްވެގެންދިޔައީ ކީއްވެހެއްޔެވެ؟ އެއީ ތިބާއާއި ، އިސްލާމީ އުއްމަތުގެ ދިފާޢުގައި ނިކުމެ ހަނގުރާމަކުރާ މުޖާހިދަކާއި ހުރި ފަރަޤެވެ. އެމުޖާހިދެއްގެ މުޅި ޙަޔާތްވަނީ ، ކުފުރު ނައްތާލުމުގައެވެ. އަދި އެ ކުފުރު ނިކަމެތި ކޮށްލުމުގައެވެ. ނަމަވެސް އަހަރެމެންގެ ޙަޔާތްމިވަނީ ދުނިޔޭގެ ޒީނަތުގައި ތަތްތެޅިފައެވެ. މިއީ އަހަރެމެންނާއި އެމުޖާހިދުންނާއި ދެމެދު ހުރި ފަރަޤެވެ. އަދި ކާފިރުންވެސް އެކަން ފަރަޤުކުރުމުގައި މިނެކިރާ މިންގަނޑެވެ. ވީއިރު ﷲ އަށްޓަކއި އޭނާގެ ފުރާނަ ޤުރުބާންކޮށްލާ މީހަކާއި ، އެއިލާހުގެ ނިޢުމަތުގައި ، ދުނިޔޭގެ ލައްޒަތުގައި ، ޣާފިލުކަމުގައި ޙަޔާތް ހޭދަކޮށްލާ މީހަކާއި އެއްވަރުވާނީ ކިހިނެއް ހެއްޔެވެ؟ ފަހެ އަހަރެމެން ޣައްޒާގެ އެމުޖާހިދުންގެ ކިބައިން ނަމޫނާ ނެގުން ނުވޭ ހެއްޔެވެ؟ ނުވަތަ މިހިތްތައް ނިފާޤުކަމުގެ ބަލިމަޑުކަމުގައި ތަތްތެޅުނީ ހެއްޔެވެ؟ އޭ އުއްމަތުގެ ބަފައިންނޭވެ! ތިޔަބައިމީހުން އަބޫ ޢުބައިދާ ޝަހީދުވެގެން ކަންބޮޑުވާނަމަ ތިޔަބައިމީހުންގެ ފިރިހެންދަރީން ، އަބޫ ޢުބައިދާފަދައިން ވޭތޯ މަސައްކަތްކުރާށެވެ. އެދަރިންގެ ކިބައިގައި އަބޫ ޢުބައިދާގެ ރިވެތި އަޚުލާޤާއި ހަނގުރާމައިގެ ޝުޖާޢު އަށަގަންނުވާށެވެ. އަދި ތިޔަބައިމީހުންގެ އަންހެންދަރިން އަބޫ ޢުބައިދާގެ އަނބިކަނބަލުން ( އުއްމު އިބްރާހީމް) ފަދައިން ތަރުބިއްޔަތު ކުރާށެވެ. ގެދޮރުގެއްލި ޙާލުގައިޖެހި ، ފިރިމީހާގެ ޚަބަރެއް ނުލިބި އެތައް މަސްތަކެއް ވީއިރު ، ދަރިން ބަނޑަށްޖެހި ކާނެ އެއްޗެއް ނުލިބުނު ހިނދު ، ޤުރުއާނުގެ އާޔަތްތަކުން އެކުދިންނަށް ކެތްތެރިވުމަށް ދަސްކޮށްދިނީއެވެ. ދަތި ޙާލުގައިއުޅެމުންވެސް ދަރިފުޅު ، "މިންނަތު ﷲ" އަށް ޤުރުއާން ހިތުދަސްކޮށްދިނީއެވެ . ވީއިރު އުއްމަތުގެ ދަރިން މިފަދައިން ވުމަށް ޢަޒުމްކަނޑައަޅާށެވެ. ކޮންމެ ފިރިހެންދަރިއަކީ އަބޫ ޢުބައިދާއަށް ވާށެވެ. ގޭތެރޭގައި އެކުދިންނަށް އެނަމުން ގޮވާށެވެ. އެއީ ކެރޭ ވަރުގަދަ ޝަޚުޞިއްޔަތެއްކަން އެދަރިންނަށް އަންގައިދޭށެވެ. އުއްމަތުގެ މައްޗަށް އޯގާވެރި ، ކާފަރުންގެ މައްޗަށް ގަދަފަދަ ބަޠަލެއްކަން ބަޔާންކޮށްދޭށެވެ. ފަހަރުގައި ތިޔަބައިމީހުންގެ ދަރިންގެ ތެރޭގައި އެމުޖާހިދުގެ އަޘަރުތައް ދިރިގެންއަންނަ ޞާލިޙު ދަރިއަކު ލައްވަފާނެއެވެ. https://t.me/AlManarMv

  • 📌 ޤުރުއާނުގެ އާޔަތްތައް ތިބާއާއި މުޚާޠަބުކުރާކަން އެނގޭހެއްޔެވެ؟ { لَتَرَوُنَّ ٱلۡجَحِیمَ (6) ثُمَّ لَتَرَوُنَّهَا عَیۡنَ ٱلۡیَقِینِ (7) ثُمَّ لَتُسۡـَٔلُنَّ یَوۡمَىِٕذٍ عَنِ ٱلنَّعِیمِ (8) } ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ. ދެންއެއަށްފަހު ޔަޤީންކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ. ދެންފަހެ ހަމަކަށަވަރުން އެދުވަހުން  (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) ނިޢުމަތްތަކާމެދު ތިޔަބައިމީހުންނާ ސުވާލު ކުރައްވާނެކަން ކަށަވަރެވެ. [ސޫރަތުއްތަކާޘުރު 6,7,8] { فَمَن یَعۡمَلۡ مِثۡقَالَ ذَرَّةٍ خَیۡرࣰا یَرَهُۥ } [ސޫރަތުއްޒަލްޒަލާ 7] 📌 ނޯޓް : ތަޞްވީރުގައި އެފެންނަނީ ޣައްޒާގެ ތުއްތު ދަރިއެކެވެ. މިއަދު ޣައްޒާގެ އެ ތުއްތުފުރާނަތައް ބުނާކަހަލައެވެ. ފަހެ އަހަރެމެން މިޙާލަށް މަރުވާންދޫކޮށްލާށެވެ. ތިޔަ ދިރިއުޅުމުގެ އުފާވެރިކަމަށް ހުރި ހުރަހަކަށްވުމަށް އަހަރެމެން ނޭދެމެވެ. https://t.me/AlManarMv

  • 📌 ޔަހޫދީންގެ އަނިޔާވެރިކަން ކުއްވެރިކުރަން ، ނުވަތަ ޔަހޫދީންނާއި ދެކޮޅަށް ޙައްޤުބަސް ބުނެލަން ، ޙައްޤު ދީނުގެ މަތީގައި ތިބި 2 ބިލިއަނެއްހާ މުސްލިމުން ފަސްޖެހިފައިވާއިރު ، ހުޅަނގުގެ ޤައުމުތަކުގައި ، ﷲ ގެ އެއްކައުވަންތަކަމަށް އީމާންނުވާ ބަޔަކު ، ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުޤައި އަޑު އުފުލަނީއެވެ. އެމީހުންގެ ވެރިންނަށް ފާޑުކިޔައި ، ބަދުބަސްވެސް ބުނަނީއެވެ. އަދި އިޒްރޭލާއި ގުޅުން އޮންނަ ބޮޑެތި ވިޔަފާރިތަކާއި ދެކޮޅަށް ފާޅުގައި ތެދުވަނީއެވެ. އަދި ފަލަސްތީނުގެ ދިފާޢުގައި އެކާފިރުންގެ އެތައްބަޔަކު ހައްޔަރުވެ ޖަލަށްލެވި ޙައްޤުތަކުން މަޙުރޫމްކުރެވެނީއެވެ. އޭ މުސްލިމެވެ! ތިބާ ލޯހުޅުވާލާފައި ﷲ ގެ މިއާޔަތް ކިޔަވައިލާށެވެ. ދެން އެއަށްފަހު އެ އާޔަތާއިމެދު ތަދައްބުރު ކޮށްލާށެވެ. ފަހެ އެއާޔަތުގައި އަހަރެންނާއި ތިބާއަށް މުޚާޠަބުވެގެން ދެއެވެ. ތިބާގެ ކިބައިގައި ދޭނެ ޖަވާބެއް ވޭ ހެއްޔެވެ؟ { هَـٰۤأَنتُمۡ هَـٰۤؤُلَاۤءِ تُدۡعَوۡنَ لِتُنفِقُوا۟ فِی سَبِیلِ ٱللَّهِ فَمِنكُم مَّن یَبۡخَلُۖ وَمَن یَبۡخَلۡ فَإِنَّمَا یَبۡخَلُ عَن نَّفۡسِهِۦۚ وَٱللَّهُ ٱلۡغَنِیُّ وَأَنتُمُ ٱلۡفُقَرَاۤءُۚ وَإِن تَتَوَلَّوۡا۟ یَسۡتَبۡدِلۡ قَوۡمًا غَیۡرَكُمۡ ثُمَّ لَا یَكُونُوۤا۟ أَمۡثَـٰلَكُم } އޭ މިތިބަމީހުންނޭވެ! ތިޔަބައިމީހުން ތިޔަތިބީއެވެ. اللَّه ގެ މަގުގައި ހޭދަކުރުމަށް ތިޔަބައިމީހުންނަށް ގޮވައިލެވެއެވެ. އެހިނދު، ދަހިވެތިވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި، ދަހިވެތިވާ މީހާ ދަންނާށެވެ!  ފަހެ، އޭނާ ދަހިވެތިވާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށެވެ. اللَّه ތަޢާލާއީ، ފުދިވޮޑިގެންވާ އިލާހެވެ. އަދި ފަޤީރުންނަކީ ތިޔަބައިމީހުންނެވެ.    އަދި ތިޔަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުން ނޫންބަޔަކު، އެކަލާނގެ ގެންނަވާހުށްޓެވެ. ދެން، ތިޔަބައިމީހުންފަދަ ބަޔަކު ކަމުގައި އެބައިމީހުން ނުވާނެތެވެ. [ސޫރަތު މުޙައްމަދު 38] ނޯޓް : މިތާނގައި ގޮވާލެވެނީ ، ހޭދަކުރުމަށެވެ. އެއީ ނަޞްރުދިނުމުގެ ( މަދަދުވެރިވުން ) ވައްތަރެކެވެ. ވީއިރު އަދި ޙަޤީޤީ ނަޞްރުދިނުމުން މޫނު އަނބުރާލާމީހުންގެ ޙާލަތަކީ ކޮބައިހެއްޔެވެ؟ https://t.me/AlManarMv

  • 📌އިއްޔެގެ އަނަސް އާއި ، މިއަދުގެ އަނަސް އާއި ދެމެދު ޒަމާނުގެ ފަރަޤު ބޮޑުވިއެއްކަމަކު ، ބަސްބުނުމުގައި އެއްގޮތް ވެއްޖެއެވެ. އީމާންކަން ހިތްތަކުގައި ބީހިލުމުން ދެން އެތަޢުބީރުވާ ބަސްތަކަކީ ، ނޫރެއްފަދަ އެއްޗެކެވެ. އޭ ﷲ ގެ އަޅާއެވެ. ތިބާ ބުއްދިކުރުމެއް ނުވޭހެއްޔެވެ. އިއްޔެ އުޙުދުގެ އަނަސް ( ރަޟިޔަﷲ ޢަންހު) ގެ ބަސްކޮޅާއި ، މިއަދު ޠޫފާނުލް އަޤްޞާގެ ، އަނަސްގެ ބަސްކޮޅަށް ބަލާލުމެއް ނުވޭހެއްޔެވެ؟ އެބަސްކޮޅުތައް ތާރީޚުގެ ތެރެއަށް ލިޔެވިގެންދަނީ ، އޭގެ އަހުލުންގެ އިޢުތިޤާދުގެ މަތީގައި ޤުރުބާން ވުމުންނެވެ. އަދި އެފަދަބަސްކޮޅު ދުލުން ބޭރުވަނީ ، ދަތި އުނދަގޫވަގުތު ، މީސްތަކުން އިމްތިޙާނުވެގެންދާ ހިނދުގައެވެ. ދެކޭށެވެ. އުޙުދުގެ ދުވަހުގައި މުސްލިމުންގެ ލަޝްކަރުތެރެ ހައިޖާނުވެ ، ޞަޙާބީންތައް ކޮޅުކޮޅަށް ދުވަންފެށި ވަގުތު ، އަނަސްބިން ނަޡަރު ރަޟިޔަﷲ ޢަންހުއަށް ، ސަޢުދު ބިން މުޢާޛް ރަޟިޔަﷲ ފެނިވަޑައިގެން ދެންނެވިއެވެ. : ((އޭ ސަޢުދެވެ. ކޮންތާކަށް ހެއްޔެވެ؟ ހަމަކަށަވަރުން ތިމަންނާއަށް އުޙުދުގެ އަނެއްފަރާތުން ، ޖަންނަތުގެ ވަސްއެބަ ދުވައެވެ.)) މިފަދައިން ބުނުމަށްފަހު ، މުޝްރިކުންގެ ސަފުތެރެއަށް ވަދެގަނެގެން ދިޔައީއެވެ. އަދި އެކަލޭގެފާނުވީ އެދުވަހުގައި ޝަހީދުވި ބޭކަލުންގެ ތެރޭގައެވެ. މިއަދު މުޖާހިދުންގެ ޚަބަރުތައް ގެނެސްދޭ މުޖާހިދު ، އަނަސް އައްޝަރީފުގެ ބަސްކޮޅަށް ބަލާށެވެ. : (( ޖަންނަތަށްމެނުވީ  ، އަހަރެން ޣައްޒާ ދޫކޮށް ނުނިކުންނާނަމެވެ. )) އެހެންކަމުން އުޙުދުގެ ދުވަހު އަނަސްގެފާނާއި އަދި އެނޫންވެސް ބޭކަލުންގެ ވާހަކަ ސިފަކުރައްވަމުން ޤުރުއާނުގައި ﷲ ތަޢާލާ މަދަޙަކުރެއްވި މުއުމިނުބައެއްގެ ވާހަކަ ވެއެވެ. { مِّنَ ٱلۡمُؤۡمِنِینَ رِجَالࣱ صَدَقُوا۟ مَا عَـٰهَدُوا۟ ٱللَّهَ عَلَیۡهِۖ فَمِنۡهُم مَّن قَضَىٰ نَحۡبَهُۥ وَمِنۡهُم مَّن یَنتَظِرُۖ وَمَا بَدَّلُوا۟ تَبۡدِیلࣰا } اللَّه އަށް އެބައިމީހުން ޢަހްދުވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް މުއުމިނުންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން އެގޮތުގައި ޝަހީދުވެ ދިޔަބަޔަކު ވެއެވެ. އަދި (ޝަހީދުވުމަށް) އިންތިޒާރުކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ ޢަހްދަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ. [އަލް އަޙްޒާބު 23] މިއާޔަތުގައި ﷲ ތަޢާލާ ، އެފަދަ މުއުމިނުން ވަކިޒަމާނަކަށް ޚާއްޞަކުރައްވާފަައި ނުވެއެވެ. އެހެންކަމުން އެފަދަ ފިރިހެނުން އުއްމަތުގައި ޤިޔާމަތަށް ދާންދެން ތިބޭނެއެވެ. ޖިހާދު ބިންމަތީގައި އޮތްހައި ހިނދަކުއެވެ. ފަހެ އަހަރެމެންގެ ފިރިހެންވަންތަކަމާއި ، ތެދުވެރިކަން ކޮބައި ހެއްޔެވެ؟ އަދި ﷲ އާއި ވީ ޢަހްދު ކޮބައި ހެއްޔެވެ؟ https://t.me/AlManarMv

  • 📌 އޭ ލޮބުވެތި އަޚުންނޭވެ! ތިޔައަޚުން ކުރި ހޭދަ އެވަނީ ، އޭގެ ޙައްޤުވެރިންނާއި ހަމައަށް ފޯރުކޮށްދެވިފައެވެ. މި މަޝްރޫޢު ފުރިހަމަކުރުމުގައި ތިޔަ އަޚުންގެ ބައިވެރިވުން ހިމެނިގެން ދިޔުން އެއީ ތިބާގެ އިޚްތިޔާރެއް ނޫނެވެ. އެހެނެއްކަމަކު އެތައްމިލިއަން މީހުންގެ ތެރެއިން ﷲ ތަޢާލާ ތިބާ ހޮއްވެވީއެވެ. އަދި ތިބާއަށް ﷲ ގެ މަގުގައި ހޭދަކުރުމަށް މަގުދެއްކެވީއެވެ. ފަހެ ﷲ އަށް ޝުކުރު ކުރާށެވެ. އެތައްބަޔަކު އުއްމަތް ނިކަމެތިކޮށްލަމުންދާ ދުވަސްވަރެއްގައި ތިބާއަށް އުއްމަތަށް ނަޞްރުދިނުމަށް މަގެއް ފަހިކޮށްދެއްވީތީއެވެ. ﷲ ތަޢާލާ ތިޔައަޚުންގެ މުދަލުގައި ބަރަކާތްލައްވާށިއެވެ. އަދި ތިޔަހޭދަކުރިވަރަށްވުރެ އިތުރަށް ތިޔައަޚުންނަށް ދެއްވާށިއެވެ. ތިޔައަޚުންގެ ދިރިއުޅުން ފަސޭހަކޮށްދެއްވާ ، ﷲ އާއި ކުއްތަން ކުރައްވާށިއެވެ. اللهم آمين . 📌 ދަންނާށެވެ! ކަދުރުފަޅިއެއް ބޮޑު ހެއްޔެވެ؟ ގިނަހެއްޔެވެ؟ އެހެނަސް އެއީ އަޅަކު ޖަންނަތަށް ވައްދަައިދޭނެ ކަދުރުފަޅިއެއްނަމަ ، އެއީ ޙަޤީޤަތުގައި ވަރަށް އަގުބޮޑު ކަދުރުފަޅިއެކެވެ. https://t.me/AlManarMv

  • без подписи

  • 📌 ތިޔަފެންނަނީ ޣައްޒާގެ ތުއްތު ޅަދަރިން ބަނޑަށްޖެހިފައިވާ ތަނެވެ. ހައިކަން ކިޔައިދޭން އެކުޑަކުޑަ ނަފްސަށް ނޭނގުނެއްކަމަކު އެދަރިފުޅުގެ މަންމައަށް އެކަން އިޙްސާސްވާނެވަރަށް ރޮއެލުމަށް އެކުއްޖާއަަށް އެނގޭނެއެވެ. އެއީ ކުޑަ ދަރިފުޅާއި މައިވަންތަ ކުލުނާއި ދެމެދުގައިވާ ދުލުން ހާމަކުރަން ދަތި އޭގެ އިޙްސާސްވުން ބޮޑު ބަހުރުވައެކެވެ. ފަހެ އެތުއްތު ކުޑަކުއްޖާގެ ހައިކަމުގެ ސުވާލަށް އެމަންމައަށް ޖަވާބު ނުދެވި އެއްދެވަސް ، 2 ދުވަސްވާއިރު އެނަފްސުގެ ޝުޢޫރުތައް އަހަރެމެންނަށް އެނގޭބާއެވެ. އިޙްސާސްވޭބާއެވެ. ވީއިރު އުއްމަތުގެ ޢިލްމުވެރިން މިރުއިމުގެ އަޑަށް ބީރުވެ ، މިމަންޒަރުތަކަށް ކަނުވެއްޖެނަމަ އެބައިމީހުން، ތިމަންނާއީ ، ނަބިއްޔުންގެ ވާރިޘުންނޭ  ނުބުނާށެވެ ބަޔާންނެރުމަކަށް ﷲ ތަޢާލާ އެކަލޭގެފާނަކަށް ނާންގަވައެވެ. އެހެނެއްކަމަކު  އަމުރުވެވުނީ ، އެކަލޭގެފާނުގެ ވާޖިބު އަދާކުރެއްވުމަށެވެ. { فَقَـٰتِلۡ فِی سَبِیلِ ٱللَّهِ لَا تُكَلَّفُ إِلَّا نَفۡسَكَۚ وَحَرِّضِ ٱلۡمُؤۡمِنِینَۖ عَسَى ٱللَّهُ أَن یَكُفَّ بَأۡسَ ٱلَّذِینَ كَفَرُوا۟ۚ وَٱللَّهُ أَشَدُّ بَأۡسࣰا وَأَشَدُّ تَنكِیلࣰا } [އައްނިސާ 84] https://t.me/AlManarMv

  • ނަމަވެސް އަހަރެން ބުނަމެވެ. އޭ ﷲ ގެ އަޅާއެވެ. ތިބާވަނީ އެ ކާފިރުންގެ ކަސްތޮޅުގައި ބަންދުވެފައިކަމަށް ދެކިއްޖެނަމަ ތިބާ ވަނީ އެކަސްތޮޅުގައެވެ. އަދި ތިބާވަނީ އެކަސްތޮޅުން މިނިވަންވެފައި ކަމުގައި ދެކޭނަމަ ، ތިބާއަށް މިދީނަށް ނަޞްރުދޭނެ އެތައްގޮތެއް ، އެތައްކަމެއް ފެނިގެން ދާނެއެވެ. އެފަދަމީހާއަށް އުނިވަނީ ޢަޒްމެވެ. އަދި އޭނާ ފިނޑިކުރަނީ ޠޯޣޫތީ އަޢުވާނުންދެކެ ގަންނަ ބިރެވެ. އެފަދަމީހާ ﷲ އަށް ބިރުވެތިވުން އައުލާވެގެން ވެއެވެ. https://t.me/AlManarMv

  • 📌 ހުޅަނގުން އަންނަނީ ޓުއަރިސްޓުންނެއް ނޫނެވެ. އެއީ ޓެރަރިސްޓުންނެވެ. އޭ އިސްލާމީ އުއްމަތަށް ނިސްބަތްވާ އެމީހެއްގެ ދަތްދޮޅިދަށުން ތުނބުޅި ރަމްޒުކޮށްދިނުމުން ފިރިހެންކަމަށް ބުނާ މީހާއެވެ. ތިބާގެ ކިބާގައި ޒައްރެއްގެ މިންވަރު ފިރިހެންވަންތަކަން ހުރިނަމަވެސް ތެދުވެލާށެވެ. ޣައްޒާގެ ބަނޑުހައިހޫނުކަން އިންތިހާވެއްޖެއެވެ. މީސްތަކުންގެ އަޑުބެދޭހިސާބަށް ހިނގައްޖެއެވެ. ދަންނާށެވެ. ކާފިރުންނެއް ޣައްޒާއަކަށް އެންމެ ކާއެތިކޮޅެއްވެސް ރުހުމުގައި ނުވައްދާނެއެވެ. ފަހެ ޒުވާނުންކުރެ 3 ނުވަތަ 4 މީހުންގެ ގްރޫޕްތައް ހަދައި ފާޅުގައި ޔޫރަޕްމީހުނާއި ދެކޮޅަށް ނިކުންނާށެވެ. ޔަހޫދީއަކު އަތު ނުޖެހޭނަމަ ، އެމެރިކާއާއި ، އިނގިރޭސިވިލާތުގެ ރައްޔިތުން އަސީރުކުރާށެވެ. އަދި އެބައިމީހުންގެ ދިރިހުރުމަކީ ޣައްޒާއަށް ކާބޯތަކެތި ވެއްދުންކަމުގައި ހަދާށެވެ. އެ ސަރުކާރުތަކަށް މަޖުބޫރުކުރާށެވެ. ނުވަތަ އެބައިމީހުންގެ ފުރާނަ ޣައްޒާގެ ރައްޔިތުން ދުނިޔެ ދޫކުރާފަދައިން ، މިދުނިޔެއިން ނެރެލާށެވެ. ދަންނާށެވެ. އެމެރިކާގައި ، އެބައިމީހުންގެ ރައްޔިތެއްގެ އަމާންކަމާއި ، ރައްކާތެރިކަން ކަށަވަރުކުރުމީ އެމީހުންގެ ޤާނޫނުގެ އެންމެ އިސްކަންދޭ އެއްކަމެވެ. އަދި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ޚާއްސަކަމެއް ދޭންޖެހޭބައެއްގެ ގޮތުގައި ދެކިގެން އުޅޭ ބޮޑާބައެކެވެ. އޭ އުއްމަތުގެ ޒުވާނުންނޭވެ . ނުވާނޭ ކިޔައި އަތްއުރާލައިގެންނުތިބޭށޭވެ. ﷲ ގެ ދީނަށްޓަކައި ވާ ޤުރުބާނީއަކީ ގެއްލުމެއް ނޫނެވެ. އެންމެކުޑަމިނުން ، ޣައްޒާ ނިކަމެތިކޮށްލުމުން ކޯފާއެއް އަތުވެއްޖެނަމަ ، އެފަދަމީހާ ސަލާމަތްވުން ގާތްވެގެން ވެއެވެ. ވީއިރު ހިތްވަރުކޮށްފައި ނިކުންނާށެވެ. ދަންނާށެވެ. މިއަދު ޣައްޒާއަށް އަނިޔާކުރާ ސަރުކާރުތައް ހިމާޔަތްކުރަން ފުލުހުން ނިކުންނަނަމަ ތިޔަބައިމީހުން އެބައިގަނޑާ ކުރިމަތިލުމަށް ފަސްނުޖެހޭށެވެ. އެހެނީ އެބައިގަނޑު އެންމެ ފަހުވަގުތުވެސް އެރުހުނީ ، އިޒްރޭލަށް ވާގިވެރިވާ ޝައިޠާނާގެ ބައިގަނޑުގެ އުނގަށް ފުންމާލުމަށެވެ. އެބައިމީހުން ދެކޭގޮތުގައި ނަޖާވަނީ އޭރުންނެވެ. އޭ މުސްލިމެވެ! ތިބާ ﷲ އަށް ވަކީލުކުރާށެވެ. އަދި ތިބާ ޢަޒުމް ކުރުމަށްފަހު ދެން ފުރަގަހަށް ނުބަލާށެވެ. ޝައިޠާނާގެ ބައިގަނޑާއި ކުރިމަތިލާއިރު ، ތިބާ ތިޔަދަނީ ﷲ ގެ ރުއްސެވުން ހޯދަންކަން ހަނދުމަކުރާށެވެ. އެއިލާހުގެ އައުލިޔާއިންނަކަށް ދެރަ އެއްގޮތެއްވެސް ނެތެވެ. ޤަތުލުކޮށްލައިފިނަމަ ޝަހާދަތެވެ. ހައްޔަރުކޮށްފިނަމަ ﷲ ގެ ދަރުބާރުގައި ތިބާއަށް ޢުޒުރުލިބިގެން ވެއެވެ. އަދި ކާމިޔާބުވެއްޖެނަމަ ވަނީ ނަޞްރެވެ. އޭ ދިވެހި ޒުވާނުންނޭވެ. ޣައްޒާގެ އެންމެބޮޑު ޚާއިނު ، އަދި އިޒްރޭލުގެ އެންމެ ވަފާތެރި ޑޯގްއަކީ މިސްރުގެ ސަރުކާރެވެ. ވީއިރު މިޞްރުގެ އެމްބެސެޑަރ މިޤައުމުގެ ރީތިކަމާއި އަރާމުކަމުން ހިތްއުފާކުރަން ނުބަހައްޓާށެވެ. ރައްޔިތުން ނިކުމެ އެޚާއިނުން ހައްޔަރު ކުރާށެވެ. އެފަދަ ސަރުކާރުތަކާއި ، އެސަރުކާރު ތަމްސީލުކުރާ މަމްދޫބުންނަކީ އެމީހުންގެ ތެރެއިން ވާބައެކެވެ. ތަފާތަކީ ޢަރަބި ނަމެއް ކިޔާކަމެވެ. އޭ މުސްލިމެވެ. ފަސްނުޖެހޭށެވެ. ޚާލިދްބިން ވަލީދު ހަނގުރާމައިގައި މަޝްހޫރުވީ ކަނޑި ހޫރާތީއެއް ނޫނެވެ. އެހެނެއްކަމަކު ، އެތަނެއްގައި އެންމެ ނުރައްކާތަނަށް ، ދެންމަރުވެދާނޭ ހީވާފަދަ ތަންތަނަށް އެކަނިމާއެކަނި ވަދެގަންނާތީއެވެ. އަދި ﷲ ގެ ވާގިފުޅާއެކު ދެއްވާފައިވާ ކެރުމާއި ޝުޖާޢުން ކާފިރުންގެމައްޗަށް ގަދަކަން ހޯދާތީއެވެ. އެހެނަސް އެކަން ، ހަށިގަނޑުގެ ގުނަވަންތައް ޒަޚަމްވުން މަނާނުކުރެއެވެ. ނަމަވެސް އެ ޢަޒުމުގަައި ކެތްތެރިކަން އިސްކުރާތީއެވެ. ޞަޙާބީންގެ އިސްތިޝްހާދީ ބޭކަލެއްކަމުގައިވާ ، ބަރާއުބިން މާލިކް ރަޟިޔަﷲ ޢަންހު މަޝްހޫރުވީ ހަމަހުރެފައެއް ނޫނެވެ. އެހެނަސް ހަނގުރާމައިގައި މުސްލިމުންނަށް އެތަނެއް ފަތަޙަކުރަން އެންމެ އުނދަގޫވާ ވަގުތު ކާފަރުންގެ ތެރެއަށް ވަދެގަންނާތީއެވެ. ކާފަރުން އެބައިމީހުންގެ ކިއްލާގެ ބޮޑެތި ގޭޓްތައްލެއްޕުމުން އަމާންވާނެކަމަށް ހީކޮށްގެން ތިބޭއިރު ސާޅަނގައަށްލާފައި ، ކިއްލާތެރެއަށް އެއްލައިލެވޭ ބޭކަލެއްކަމުގައިވީ ، ބަރާއުބިން މާލިކެވެ. އެކަނިމާއެކަނި ، ކާފިރުންނާއި ކުރިމަތިލުމަށްފަހު ކާމިޔާބު ހޯދައި މުސްލިމުންނަށް ގޭޓް ހުޅުވައިދިނީތީއެވެ. ޔަހޫދީ ބޮޑު ޠާޣޫތެއް ކަމުގައިވާ ، ކަޢުބް ބިން އަޝްރަފްގެ ތުރާ މާތްނަބިއްޔާ އަށް ޖެހުނުހިނދު ، އޭނާއާއި ދިމާލަށް ދިޔައީ މުޙައްމަދުބިން މަސްލަމާއާއި ، އަދި ދެތިން ޞަޙާބީންނެވެ. ކަޢުބުބިން އަޝްރަފުގެ ކިއްލާގެތެރޭ އޭނާގެ ކަންތައް ނިންމާލިއެވެ. ދަންނާށެވެ. ކާފިރުންގެ ތުރާ މިއަދު މުސްލިމުންނަށް އިންތިހާ ބޮޑުވެއްޖެއެވެ. ޞަލީބީ ލަޝްކަރާއި އެބައިމީހުންނަށް ވަފާތެރި ޠޯޣޫތުވެރިންގެ ނިވަލުގައި ، އިސްލާމްދީނުގެ ރައްޔިތުންތައް ކަސްތޮޅު އަޅުވައިފިއެވެ.

  • 📌 اللهم إني أعوذبك من الكفر وأهله ، وأعوذ بك من الشرك وأهله އޭ މުސްލިމުންނޭވެ! ހުޅަނގުގެ ދެފުއްކެހެރި ސިޔާސަތު ފެނޭހެއްޔެވެ؟ ޣައްޒާގައި ޙާލުގައި އުޅެންޖެހެނީ ، މުސްލިމުންނަށެވެ. ކާއެއްޗެހި މަޙުރޫމްވެފައިވަނީ މުސްލިމުންނަށެވެ. ޣައްޒާގައިތިބި ނަޞާރާއިންގެ ޙާލަތު ފެނޭހެއްޔެވެ؟ އެބައިމީހުންގެ ހަށިގަނޑުން ޣައްޒާގެ މުސްލިމުންގެ ހަށިތަކުން ފާޅުވާ އަނަރޫފަކަމާއި ނިކަމެތިކަން ނުފެންނަނީ ކީއްވެ ހެއްޔެވެ؟ ތިޔަފެންނީ ޣައްޒާގެ ކަނީސާއަކަށް އިޒްރޭލޫގެ ޙަމަލާއެއް އިހަށްދުވަހު އަމާޒުވުމުން ، އިޒްރޭލުން ، ފޮނުވި ނަޞާރާއިންގެ ފާދިރީންގެ ޓީމް ޙަރަކާތްތެރިވާ މަންޒަރެވެ. އެމެރިކާއާއި ، އިޓަލީ ، އަދި ފްރާންސަށް ކަންބޮޑުވީ ނަޞާރާއިންގެ މީހުނާއި ، އެމީހުންގެ ފައްޅިތަކެވެ. އޭ މުސްލިމެވެ. ތިބާއަށް ބުއްދިއެއް ވޭހެއްޔެވެ؟ https://t.me/AlManarMv

  • 📌 އުއްމަތުގެ ދިފާޢުގައި : އަހަރެން މިއަދު ދިވެހިފަސްގަނޑުގަ ތިބި އިސްލާމީ އުއްމަތްދެކެ ލޯބިވާ ފިރިހެނުންނަށް މި މުޚާތަބުކުރަނީ ، ނަމަވެސް އެބައިމީހުންގެތެރޭގައި އިޖާބަދޭނެ މީހަކުވޭބާއެވެ. ޣައްޒާގެ މުސްލިމް އަޚުންނާއި އުޚްތުން ޅަދަރިން ބަނޑަށްޖެހުނީއެއް ނޫނެވެ. ބަނޑަށް މަރުވަނީއެވެ. ހަށިތައް އެއްފުށް އަނެއްފުށާއި ތަތްލަނީއެވެ. ހަނގުރާމައިގެ ޙިޞޯރުގައި 2 އަހަރުވާއިރު ، އެއްވެސްމިންވަރަކަށް އެއްވެސް އެއްޗެއް ވެއްދުން މަނާކޮށްގެން އުޅޭތާ 5 މަސްވަނީއެވެ. މީސްތަކުންކުރެ ގިނަމީހުން 3 ހަތަރުދުވަސްވާއިރު އެއްފަހަރު ހައިފިލުވާލަން ނުލިބެއެވެ. އޭ އިސްލާމީ އުއްމަތެވެ. އަހަރެމެންގެ މި ޤައުމުގައި މުޢާހަދާތައް ހަދައި މިނިވަން މުއައްސަސާތައް ހަދާފައި މިހުރީ ކީއްކުރަން ހެއްޔެވެ؟ ޔޫ.އެން ގެ މުޢާހަދާތަކުގެދަށުން ހަދާފައިވާ ހިޔުމަން ރައިޓްސް ކޮމިޝަން މިއީ ކީއްކުރާތަނެއް ހެއްޔެވެ؟ އެ ކޮމިޝަން ހެދުވިމީހުން ( އެމެރިކާއާއި ހުޅަނގު) ކައިރީގައި އިންސާނާގެ ދަރަޖަ އެދަނީ ޣައްޒާގައި ފާޅުވަމުންނެވެ. ސީރިޔާގެ ސުވެއިދާގައި ފާޅުވަމުންނެވެ. ދާދިފަހުން ޣައްޒާގެ ކަނީސާއަަކަށް އިޒްރޭލުގެ ޙަމަލާ އަމާޒުވުމުން ، އެމެރިކާއާއި ، ފްރާންސް ، އިޓަލީ ކަންބޮޑުވުން ފާޅުކުރުމުން ވަގުތުން އިޒްރޭލުގެ ނަޞާރައިންގެ ވަފްދެއް ޣައްޒާއަށް ގޮސް ލިބުނު ގެއްލުމާއި އެއްޗެހި ބެލިއެވެ. އަދިވެސް ހުޅަނގުގެ ހުރިހާ ސަރުކާރެއްހެން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުމުގައިދަނީ އެހީތެރިވަމުންނެވެ. ވީއިރު މިއަނިޔާއަކީ ރޭވިގެން ، އެއްބަސްވެގެން ހިންގޭ ޖަރީމާއެކެވެ. އެހެންކަމުން ، އަހަރެމެންގެ މިޤައުމުގައި އެފަދަ ޖަމާޢަތްތައް ބަހައްޓަންޖެހޭ ސަބަބެއް ނެތެވެ. ޣައްޒާއަށް ނަޞްރުދޭން އެދޭކަމުގައިވާނަމަ ، މިފަދަ ތަންތަން އުވާލަންޖެހެއެވެ. އަދި "ޔޫ.އެން" އާއި ، ހުޅަނގުގެ އިސްތިޢުމާރީ އެމްބަސީތައް ބަންދުކޮށް ، މިކުފުރުގެ ލަޝްކަރު މިޤައުމުން ބޭރުކުރަންޖެހެއެވެ. މިކަމަށް ރައްޔިތުންނިކުމެ އެއްވާންޖެހެއެވެ. އެމީހަކަށް ވެވުނުގޮތަކުން އެތަންތަނަށް ހުރަސްއަޅައި ، މިޤައުމުން އިސްތިޢުމާރީން ބޭރުކުރަންވެއްޖެއެވެ. އިއްޔެ ޢަސްކަރީ ޔުނިފޯމްގައި ޤައުމުތައް އަޅުވެތިކުރިމީހުން މިއަދު ، ޤައުމުތަކުގައި ބަނޑަހަޖަހއިގެންތިބީ ، ކޯޓުފަޓްލޫނުގައި އައިހެވެ. ތަފާތަކީ ލިބާހެވެ. ކުރަނީ އެއްކަމެކެވެ. އޭ ދިވެހި ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ކިބައިގައި ޒައްރެއްގެ އީމާންހުރިނަމަވެސް އުއްމަތައިގެން ތެދުވެލާށެވެ. އެއްބައިވެލާށެވެ. ބައިބައިވެ ވަކިވުމުގެ ބަދަލުގައި އެންމެން އެއްބަސްވާ ލަނޑުދަނޑިތަކަށް ޖަމާވެލާށެވެ. އެގޮތް އަހަރެމެންނަށާއި އުއްމަތަށްވެސް ހެޔޮކަންބޮޑެވެ. އަހަރެމެން ޚިލާފުވެ ދެބަސްވާ ކަންކަމަށްވުރެ ، އެއްބަސްވެ އެއްބައިކުރުވާ ކަންކަން މި އިސްލާމްދީނުގައި މާގިނައެވެ. ވީއިރު ބައިބައިވެ ވަކިވެގަތުން ، ކާފިރުންނަށް ފަސޭހަކޮށްދިނުންމެނުވީ ޙާސިލްނުވެއެވެ. ފަހެ އަނެކާގެ ޚިޔާލުތަފާތުވުން ތަޙައްމަލުކުރަން ދަސްކުރާށެވެ. އެކުވެރިވެލާށެވެ. އަދި އެކުގައި ތެދުވެލާށެވެ. ﷲ ގެ މަގުގައި ހަނގުރާމަކުރާ މުޖާހިދުންވެސް ބިނާތަކެއްފަދައިން އެކަތިގަނޑެއްހެން ގުޅިލާމެހުމަށް އެއިލާހު ލޯބިކުރައްވައެވެ. ވީއިރު ހަނގުރާމައަށްވުރެ ، އަމާން ފަސޭހަ މައިދާންތަކުގައި އެފަދައިން ތިބުން މާއައުލާކަންބޮޑެވެ. އަދި އެގޮތް ލޮބުވެތިވެސް މެއެވެ. https://t.me/AlManarMv