tgindex
S

Shaykh AMJ Dhivehi

Статистика
@ShaykhAMJdhivehiанглийский

މިއީ، ޝައިޚް އަޙްމަދް މޫސާ ޖިބްރީލް حفظه الله ގެނެސްދެއްވާ ދަރުސްތަކުގެ ދިވެހި ތަރުޖަމާ إن شاء الله ގެނެސްދިނުމަށް ޚާއްޞަކުރެވިފައިވާ ޗެނަލްއެކެވެ. ކުށެއް ފާހަގަވެއްޖެނަމަ މެއިލްކޮށްދެއްވުން އެދެމެވެ. Shaykhamjmv@gmail.com

Последний пост
15 авг.
Последнее чтение
ещё не заходили
Постов за неделю
1
Всего постов
32
Тип
открытый
Язык
английский
В каталоге с
13 авг.
Подписчики
1 300
+7 за 5 дн.
Сутки
−1
−0,08%
Неделя
 
Месяц
 
Просмотров на пост
2 107
32 постов
Вовлечённость
162,1%
к подписчикам
Постов в день
0,1
всего 32
Упоминаний
5
каналов
Охват размещения
оценка
1/24сутки в ленте
1 187
1/48двое суток
1 360
1/72трое суток
1 467

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 15 авг.1 3391415

    ކުޑަކުދިން ފަސާދަވުމުގެ މައިގަނޑު އެއް ސަބަބު ❞ ތުއްތުކުދިން ގިނަފަހަރު ފަސާދަވަނީ އެކުދިންގެ ބެލެނިވެރިން އަމިއްލައަށް ތަޥްޙީދު އުނގެނުމަށް އިހުމާލުވެފައިވާތީއެވެ. ދަރީންނަށް ޅަޢުމުރުގައި ތަޥްޙީދު އުނގަންނައިދިނުމަށް އިހުމާލުވުމުގެ ސަބަބުންނެވެ. ❝ ‏༺•••• ──────── ••••༻ އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله ) [ ނެގިފައިވަނީ ]

  • 1 авг.1 0821411

    ނަފްސުގެ ހަމަޖެހުން ބިނާވަނީ ތަޥްޙީދުގެ މައްޗަށެވެ. ❞ ނަފްސުގެ ހަމަޖެހުން ހޯދުމުގެ މައިގަނޑު ތަޅުދަނޑިއަކީ ކޮބައިކަން އަހަރެންނަށް އެއް ލަފުޒުން ޚުލާޞާކޮށްލެވިދާނެއެވެ. އެއީ "ތަޥްޙީދު" އެވެ. ތަޥްޙީދަކީ މި ދުނިޔޭގެ ޖަންނަތެވެ. އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ؛ “أَهْلُ السَّعَادَةِ هُمْ أَهْلُ التَّوْحِيْدِ” މާނައީ؛ “އުފާވެރިކަމުގެ އަހުލުވެރިންނަކީ ތަޥްޙީދުގެ އަހުލުވެރިންނެވެ.” އެއީ ތަޥްޙީދުގެ މަތީގައިވާ މީހުންނެވެ. އެމީހުންނަށް ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަން ލިބިދެއެވެ. މި ދުނިޔޭގައި ތިބާގެ ހިތަށް ވެރިވާ ހަމަޖެހުމާއި، ހިތް ފަސޭހަކަމާއި، އުފާވެރިކަމުގެ މިންވަރު ބިނާވަނީ، ތިބާގެ ތަޥްޙީދުގެ ދަރަޖައާއި އޭގެ ގަދަކަމުގެ މައްޗަށެވެ. މިއީ ޤުރްއާނީ އުޞޫލެކެވެ.❝ ‏༺•••• ──────── ••••༻ އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله ) [ނެގިފައިވަނީ]

  • 15 июл.1 2231417

    الله سبحانه وتعالىގެ ގަޟާޤަދަރަށް ރުހިގެންވުން ❞ތިބާއަށް ދަތިތަކާއި ކުރިމަތިވެއްޖެނަމަ ނުވަތަ ތިބާގެ ދިރިއުޅުމުގައި ހިނގާ ކަމަކާއިމެދު ތިބާ ނުރުހޭނަމަ، ތިބާގެ ތަޤްދީރު ބަދަލުކުރުމުގެ ބާރު ތިބާއަށް ލިބި، ޣައިބު ދުށުމުގެ ޤާބިލުކަން ތިބާއަށް ލިބުނު ނަމަވެސް، ތިބާއަށް (މިންވަރުކުރެވުނު ގޮތް) ނޫން ތަފާތުގޮތެއް ޚީޔާރު ނުކުރާނެއެވެ. ތިބާއަށް އެއަށްވުރެ ރަނގަޅު ގޮތެއް ޚިޔާރެއް ނުކުރެވޭނެއެވެ. ތިބާ އެހެންގޮތެއް ވުމަށް ޚިޔާރުކޮށްފިނަމަ، އާޚިރުގައި ތިބާއަށް ޚިޔާރުކުރެވޭނީ ތިބާއަށް ގެއްލުންހުރި ގޮތެވެ. އެއީ الله سبحانه وتعالى ގެ ރޭއްވެވުންތަކަކީ ތިބާއަށްޓަކައި އަބަދުވެސް އެންމެ ހެޔޮ ގޮތްތަކެވެ. ތިބާއަށް ކުޅަދާނަވެގެންވާނަމަ، އެކަން ބަދަލުކުރަން މަސައްކަތްކުރުމުން، އެންމެ ފަހުން އެކަންވެގެންދާނީ ތިބާއަށް ގެއްލުން ލިބިދެނިވި ކަމަކަށެވެ.❝ ‏༺•••• ──────── ••••༻ އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله ) [ނެގިފައިވަނީ]

  • 14 июл.1 175814

    ނަފްސު ތަޒްކިޔާކުރުން | 12- الله سبحانه وتعالىގެ ޤަޟާޤަދަރަށް ރުހިގެންވުން. #Ramadan1446 ޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله) الحمد لله الذي بنعمته تتم الصالحات އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރާއި ހެޔޮ ދުޢާ ދަންނަވަމެވެ. جزاكم الله خيرا

  • 3 июл.6 1051216

    އިޚްލާޞްތެރި އެއްވެސް ޢަމަލަކީ ބޭކާރުވެގެން ދާނޭ އެއްޗެއް ނޫނެވެ. ❞ އަސީރުވެފައިވާ އަހަރެމެންގެ އަޚުން މިނިވަންކުރުމަށް އެހީތެރިވުމަށްޓަކައި ޝަރުޢީގޮތުން ހުއްދަ އެއްވެސް ވަޞީލަތެއް (އެއީ ކިތަންމެ ކުޑަ ކަމެއްކަމުގައި ވިޔަސް) ކުޑައިމީސް ނުކުރާށެވެ. އެއީ އާދައިގެ ގޮތަކަށް އަޑުއުފުލުން ކަމުގައިވިޔަސް ނުވަތަ ހޭލުންތެރިކަން ފެތުރުން ކަމުގައި ވިޔަސްމެއެވެ. އެކަންކަމީ، ތަފާތު ނެރެވިދާނެފަދަ ކަންކަމެވެ. ބައެއް މީހުންނަށް އެކަން އެއީ ވަރަށް ކުޑަ ކަމެއްގެ ގޮތުގައި ފެނިދާނެއެވެ. ނަމަވެސް އެއީ އެއްވެސް ބާރެއް ނެތް މީހާގެ ހަމައެކަނި އޮތް ވަޞީލަތް ކަމުގައިވެސް ވެދާނެވެ. މާ ބޮޑު ކަމެއް ކުރުމުގެ ކުޅަދާނަކަން ނެތް މީހާއަށް އޮތް ހަމައެކަނި އޮތް ގޮތް ކަމުގައި ވެދާނެއެވެ. ތިބާއަށް އެއީ ވަރަށް ކުޑަ ކަމެއްގެ ގޮތުގައި ފެނިދާނެއެވެ. ނަމަވެސް ކޮންމެ މަސައްކަތަކީވެސް الله سبحانه وتعالى ގެ ޙަޟްރަތުގައި ވަރަށް ބޮޑު ކަމެކެވެ. ކޮންމެ ޢަމަލަކީވެސް އޭގައި ބަރުދަނެއްވާ ޢަމަލެކެވެ. އިޚްލާޞްތެރި އެއްވެސް ޢަމަލަކީ ބޭކާރުވެގެން ދާނޭ އެއްޗެއް ނޫނެވެ.❝ ‏༺•••• ──────── ••••༻ އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله ) [ނެގިފައިވަނީ]

  • 2 июл.1 065163

    ތަބައްތުލްގެ މަޤާމު ❞މުތަބައްތިލަކު އޭނާގެ އަޅުކަމުން އުފާ ލިބިގަނެއެވެ. އަދި އަޅުކަމުގައި ހޭދަކުރެވިދާނެ ވަޤުތު ގެއްލިއްޖެނަމަ ހިތާމަކުރެއެވެ. އެމީހުންގެ އަބަދުގެ މަސައްކަތަކީ ﷲ سبحانه وتعالىގެ ޙަޟްރަތުން ރައްކާތެރިކަން ހޯދުމެވެ. އެމީހުންގެ ވާހަކަތަކާއި ޝައުޤުވެރިކަން ހުންނަނީ ﷲ سبحانه وتعالى އާއި ބެހޭގޮތުންނެވެ. އަދި ތަބައްތުލްގެ މަޤާމަކީ މީހެއްގެ ޙަޔާތުގައި އަބަދުމެ ދެމިއޮންނަ އެއްޗެކެވެ.❝ ‏༺•••• ──────── ••••༻ އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله ) [ނެގިފައިވަނީ]

  • 1 июл.1 0061

    Please follow and share our INSTAGRAM account. جزاكم الله خيرا

  • 26 июн.1 41888

    ނަފްސު ތަޒްކިޔާކުރުން | 11- ތަބައްތުލް #Ramadan1446 ޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله) الحمد لله الذي بنعمته تتم الصالحات އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރާއި ހެޔޮ ދުޢާ ދަންނަވަމެވެ. جزاكم الله خيرا

  • 17 июн.2 0602019

    ބިރުވެތިވުން އެންމެ ޙައްޤުވެގެންވާ ފަރާތަކީ الله سبحانه وتعالى ނޫންހެއްޔެވެ؟ ❞ތިބާއަށް ދެއްވާފައިވާ الله سبحانه تعالىގެ ނިޢުމަތްތައް މަތިން ހަނދާންކުރާށެވެ. ތިބާއަށް ގެއަކާއި، ހިޔާވަހިކަމާއި، ކޮޓަރިއެއް ދެއްވާފައިވެއެވެ. އެހެނަސް ތިބާ އެތަން ބޭނުންކުރަނީ الله سبحانه وتعالى އަށް އުރެދުމަށެވެ. الله سبحانه وتعالى ތިބާއަށް ދެއްވާ ކާނާއިން ލިބޭ ބާރުން ތިބާ ކުރަނީ ފޮރުވިގެންވާ ފާފަތަކެވެ. الله سبحانه وتعالىދެއްވާފައިވާ ފޯނު ބޭނުންކުރަނީ ފާފަ ކުރުމަށެވެ. ތިބާއަށް ދެއްވާފައިވާ އިނގިލިތަކާއި، ލޮލާއި، ދޫ ބޭނުންކުރަނީ ފާފަ ކުރުމަށެވެ. ފޮރުވިގެންވާ ފާފަތައް ކުރުމުގެ ކުރިން ހިނދުކޮޅަކަށް މަޑުކޮށްލާށެވެ. އަދި ފޮރުވިގެންވާ ފާފަތަކުގެ ނަތީޖާއާއި އޭގެ ނޭދެވޭ އަސަރުތައް އަބަދުވެސް ތިބާގެ ނަފްސަށް ހަނދާންކޮށްދޭށެވެ. އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ. މިކަން ކުރުމަކީ ހަމަ އެހާ ފައިދާހުރި ކަމެއް ހެއްޔެވެ؟ އެކަން ހަމަ އެހާ މުހިންމު ހެއްޔެވެ؟ ތިބާއަށް ފެންނަ ފަރާތްތަކުގެ  ތެރެއިން އެންމެ މުހިންމު ނޫން ފަރާތެއްގެ ގޮތުގައި الله سبحانه وتعالى ދެކުން އެކަށީގެންވޭހެއްޔެވެ؟❝ ‏༺•••• ──────── ••••༻ އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله ) [ނެގިފައިވަނީ]

  • 17 июн.1 27678

    ނަފްސު ތަޒްކިޔާކުރުން | 10- ސިއްރު ފާފަތައް. #Ramadan1446 ޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله) الحمد لله الذي بنعمته تتم الصالحات އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރާއި ހެޔޮ ދުޢާ ދަންނަވަމެވެ. جزاكم الله خيرا

  • 16 июн.6 008613

    ނަފްސު ތަޒްކިޔާކުރުން | 9- ތިބާއާއި الله سبحانه وتعالى އާއި ދެމެދުގައިވާ ސިއްރު ހެޔޮޢަމަލުތައް. #Ramadan1446 ޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله) الحمد لله الذي بنعمته تتم الصالحات އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރާއި ހެޔޮ ދުޢާ ދަންނަވަމެވެ. جزاكم الله خيرا

  • 13 июн.1 73466

    ނަފްސު ތަޒްކިޔާކުރުން | 8- ޒުހުދުވެރިކަން. #Ramadan1446 ޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله) الحمد لله الذي بنعمته تتم الصالحات އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރާއި ހެޔޮ ދުޢާ ދަންނަވަމެވެ. جزاكم الله خيرا

  • 11 июн.1 38696

    ނަފްސު ތަޒްކިޔާކުރުން | 7- ވަރަޢަވެރިކަން ޙާޞިލްކުރުން. #Ramadan1446 ޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله) الحمد لله الذي بنعمته تتم الصالحات އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރާއި ހެޔޮ ދުޢާ ދަންނަވަމެވެ. جزاكم الله خيرا

  • 7 июн.2 092206

    ސަލަފުންގެ ވަރަޢަވެރިކަން ❞ސަލަފުއްޞާލިޙުން ވަނީ ހައިރާންކުރުވަނިވި މިސާލުތައް ދައްކަވާފައެވެ. އޮޅިގެން ގެނެވުނު ޤަލަމެއް ރައްދުކުރަން ޝާމުން ޚުރާސާނަށް ދަތުރުކުރުމާއި، ސަރުކާރުގެ ބައްތީގެ އަލިން މަސައްކަތްކުރުމަށް ޖެހިލުންވުމަކީ އެބޭކަލުންގެ ދީންވެރިކަމެވެ.❝ ‏༺•••• ──────── ••••༻ އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله ) [ނެގިފައިވަނީ]

  • 12 апр.2 066197

    ⚠️ދީނަށް އަލަށް ރުޖޫޢަވާ މީހުންނާއި ބޮޑެތި މަގުފުރެދުންތަކުން ތަޥްބާވެ އެނބުރި އަންނަ މީހުން، ދަޢުވަތުގެ މައިދާނާއި ދީނުގެ އިސް ސަފުތަކަށް އަވަސްވެނުގަތުން ❞ ކުފުރުން ނުވަތަ ބިދުޢައިން މީހަކު ހެޔޮމަގަށް ހިދާޔަތް ލިބޭތާ ދާދި އައުކޮޅުނަމަ، ދަޢުވަތު ދިނުގެ މައިދާނާއި (މުސްލިމުތަކުންގެ ޖަމާޢަތުގެ) ޢާންމު މަޤާމުތަކަށް ތަޢައްޔަނު ވުމުގައި އަވަސް އަރުވައި ނުލައި، ހެޔޮވަރުގެ ވަޤުތަކަށް ފަހަތު ސީޓުގައި މަޑަުޖަހައިލަން ޖެހޭނެއެވެ. އަދިކިއެއްތަ؟ އެވެރިންގެ އަމާޒު ބަހައްޓަންވީ؛ ކުރިން ހުރި މަގުފުރެދުމުން ﷲ އަށް ތަޥްބާވުމުގެ ކަންތަކަށެވެ. އަދި އެވެރިން ގަދައަޅަންވީ އިހުގެ މަގުފުރެދުމުން އެވެރިންގެ ފިކުރުތައް ތަޣައްޔަރުކުރުވި ތަކެތިން ބާކީ ހުރެއްޖެ އެންމެހާ ކިލަނބެއް ސާފުކުޅައުމަށް ޢިލްމު އުނގެނުމުގެ ކަންތަކަށެވެ. އަދި އެވެރިންގެ ޢަމާޒަކަށް ވާންވީ އެއްރެއިން ޖަމާޢަތުގެ ކުރީސަފަށް ނަފްސު ހުށަހެޅުމުގެ ބަދަލުގައި ހަމަމަގުގައި ޢަޤީދާ ހަރުދަނާ ކުރުމަށެވެ. އެނގިބަޔާން ވެގެންވާ ފަދައިން، މުރުތައްދުންނާއި ދެކޮޅަށް އަބޫ ބަކްރުއް ޞިއްދީޤާއި ޢުމުރު ބުނުލް ޚައްޠާބު (رضي الله عنهما) ހަނގުރާމަ ކުރެއްވިހިނދުގައި، އެމުރުތައްދު ކަމުން އެނބުރި ރުޖޫޢަވީ މީސްތަކުން އަސްތަކަށް ސަވާރު ވުމާއި ހަތިޔާރު އުފުލުމުން އެދެބޭކަލުން މަނަޢުކުރެއްވިއެވެ. އެއީ އެވެރިންވެ ތަޥްބާ ފާޅުވެ ސާފުވުމަށް ދާންދެނެވެ. އަދިކިއެއްތަ؟ ޢުމަރުގެފާނު އެކަލޭގެފާނުގެ ޢިރާޤު ކަރައިގެ ގަވަރުނަރު، ސަޢްދު ބުނު ޢަބީ ވައްޤާޞް އަށް ފަތްކޮޅު ލިޔުއްވައި އެންގެވިއެވެ: ”ޚަބަރުދާރެވެ. އެއިގެ ތެރެއިން އެއްވެސް މީހަކު، އެއްވެސް މަޤާމަކަށް އިސް ނުކުރާހުށިކަމެވެ. އަދި ހަނގުރާމައިގެ ކަންތަކުގައި އެވެރިންގޭ މީހެއްގެ ލަފައެއްވެސް ނުހޯދާހުށި ކަމެވެ.“ ❝ — އައްޝެއިޚް އަޙްމަދު މޫސާ ޖިބްރީލް (މަޞްދަރު) ~ ގަލަންދާނު 🖋 ــــــــــــــــــــــ 📝އަހަރެން ބުނަމެވެ: އަދި މީގެ ދަށުން ޞާލިޙުންނާއި ތަޤުވާވެރިންގެ ފުށުން ނޫނީ އެދެވިގެން ނުވާ މަޤާމުތަކަށް ހުށަނޭޅުން ހިމެނެއެވެ. އެއީ އިމާމުވެރި ވުމާއި ރުޤިޔާ ވެެރިވުން ފަދަ ކަންކަމެވެ.

  • 17 мар.1 964152

    ❞ އޭގައި ޘާބިތުވާށެވެ! އެންމެ ފަހު މިނެޓާއި ޖެހެންދެން ފައިދާ ނަގާށެވެ! އިރުއޮއްސިއްޖެއުމަށް ދާންދެން ރަމަޟާން މަސް ނުނިމޭނެއެވެ. ❝ އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލު حفظه الله (ބަސްކޮޅު) #Ramadan #Quran #Dhikr #Dua @Tazkirat_Nufoos

  • 9 мар.2 184914

    ނަފްސު ތަޒްކިޔާ ކުރުން 1446 🔉🔉 6.ކުދި ފާފަތައް ކުޑައިމީސް ނުކޮށްލާށެވެ. ޝައިޚް އަޙްމަދު މޫސާ ޖިބްރީލް حفظه الله

  • 9 мар.2 329513

    ނަފްސު ތަޒްކިޔާކުރުން | 6- ކުދިފާފަތައް ކުޑައިމީސް ނުކޮށްލާށެވެ. #Ramadan1446 ޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله) الحمد لله الذي بنعمته تتم الصالحات އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރާއި ހެޔޮ ދުޢާ ދަންނަވަމެވެ. جزاكم الله خيرا

  • 3 мар.2 327613

    ނަފްސު ތަޒްކިޔާ ކުރުން 1446 🔉🔉 5.ނަފްސުގެ ހަމަޖެހުން ޙާޞިލްކުރުން ޝައިޚް އަޙްމަދު މޫސާ ޖިބްރީލް حفظه الله

  • 3 мар.2 307412

    без подписи